04 މާޗް 2019 - 07:20
ހަޔާތުގައި މިހާރު ވަރަށް ހާއްސަ ބައިވެރިޔަކު އެބަހުރި ކަމަށާއި ކޮންމެވެސް ދުވަހަކުން ކައިވެނިކޮށްގެން އާއިލާއެއް ވެސް ފަށަން ބޭނުންވާ ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.
ނިއު ދިއްލީގައި މިހާރު ކުރިއަށްދާ "އިންޑިއާ ޓުޑޭ ކޮންކްލޭވް 2019" ގެ ސެޝަނެއްގައި ހޮނިހިރު ދުވަހު މީޑިއާތަކާ ވާހަކަ ދައްކަމުން، 31 އަހަރުގެ ބަތަލާ ބުނީ އޭނާ ހުރީ "ޑޭޓިން" މަރުހަލާގައި ނޫން ކަމަށާއި ބައިވެރިޔަކު އެބަހުރި ކަމަށެވެ. ނަމަވެސް އެއީ ކާކު ކަމެއް ނުބުނެ އެވެ.
"އަހަރެން މިހާރު މިހުރީ ހަޔާތުގައި ސީރިއަސް ބައިވެރިޔަކު ބޭނުންވާ އުމުރަށް އައިސްފައި. އަދި އެކަހަލަ ބައިވެރިޔަކު އެބަހުރި ވެސް މެ. ބޭނުންވޭ ކޮންމެވެސް ދުވަހަކުން ކައިވެނިކޮށްގެން ދަރިން ހޯދައިގެން ހަމަޖެހިލައިގެން އުޅެން،" ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުންޏެވެ.
ކަންގަނާ ބުނި ގޮތުގައި ލޯތްބާ ދޭތެރޭ ކުރިން އޭނާ ދެކެމުން އައި ގޮތް މިހާރު ވަނީ އެއްކޮށް ބަދަލުވެފަ އެވެ. އަދި ކޮންމެ މީހަކަށް ވެސް ލޯބިވާ މީހަކު ބޭނުންވާނެ ކަމަށާއި އޭނާއަކީ ވެސް ވަރަށް ރޮމޭންޓިކް މީހެއް ކަމަށް ބުންޏެވެ.
#LetsConclave19
— India Today (@IndiaToday) March 2, 2019
Kangana Ranaut talked about someone special in her life. Listen in.
Full Coverage: https://t.co/d03xPxVC10 pic.twitter.com/NClmq7NVUE
"ރިލޭޝަންޝިޕެއްގެ ތެރެއިން އަހަރެން އުންމީދުކުރާ ކަންތައްތައް ވެސް މިހާރު ކުރިއާ ތަފާތު. އަހަރެން އެންމެ ބޭނުން ވަނީ އެކީގައި އެއްކޮށް އުޅެވޭ ކަހަލަ އަދި އަހަރެން ދެކެ ވަރަށް ތެދުވެރި ލޯބިވާ މީހެއް،" އޭނާ ބުންޏެވެ. "ހަގީގަތުގައި އަހަންނަކީ ވެސް ވަރަށް ރޮމޭންޓިކް މީހެއް. ލޯބި އަހަރެން ސިފަކުރާނީ ވަރަށް ވެސް އުފާވެރި އިހުސާސެއްގެ ގޮތުގައި. އެކަމަކު ކުރިން އެބަހުރި ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރެވިފައި."
It is so important to be aroused with life, says #KanganaRanaut as she talks about her romantic life#LetsConclave19 @Sushant_IToday
— India Today (@IndiaToday) March 2, 2019
Watch LIVE: https://t.co/d03xPxVC10 pic.twitter.com/zm9WCdKRua
ކަންގަނާ ބުނީ އޭނާ މިހާރު ބައިވެރިޔަކު ހޯދައި، ކައިވެންޏާ ދޭތެރޭ ވިސްނަން ފަށާފައި ވަނީ ބަތަލާއިން ކަމަށްވާ ދީޕިކާ ޕަދްކޯނާއި އަނުޝްކާ ޝަރުމާ ކަހަލަ ބަތަލާއިން މިހާރު ޒަވާޖީ ހަޔާތް ފަށައިގެން އުޅޭތީއެއް ނޫނެވެ.
ޖެނުއަރީ މަހު ރިލީޒް ކުރި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިން ޑައިރެކްޝަނަށް ވެސް ނުކުތް ހުނަރުވެރި ބަތަލާ ވަނީ ކުރިން ރިތިކް ރޯޝަން، 45، އާއި އަދިތިޔާ ޕަންޗޯލީ، 54، ކަހަލަ އޭނާ އަށް ވުރެ އުމުރުން ދުވަސްވީ މީހުންނާ އެކު ނާކާމިޔާބު ލޯބީގެ ގުޅުންތަކެއް ބާއްވައިފަ އެވެ. ކަންގަނާ އަދި ވަނީ 2009 ގައި އޭނާއާ އެކު "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުޒް" ކުޅުނު 31 އަހަރުގެ އެކްޓަރު އަދިޔަމަން ސުމަންއާ ވެސް ރައްޓެހިވެގެން ދުވަސްތަކެއް ވަންދެން އުޅެފަ އެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގެ ޑޮކްޓަރަކާ ވެސް ރައްޓެހިވި ކަމަށް ކަންގަނާ ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy