އަޖޭ: އޭނާގެ އަތުގައި ގިނަ ފިލްމުތަކެއް އެބަހުރި.
20 މާޗް 2019 - 07:15
މިހާރު ވެސް "ތާނަޖީ: ދި އަންސަންގް ވޮރިއާ" ކިޔާ ތާރީހީ ހަނގުރާމައިގެ ފިލްމެއް ކުޅެމުން އަންނަ އެކްޓަރު އަޖޭ ދޭވްގަން އަނެއްކާ ވެސް މިކަހަލަ ފިލްމަކަށް ސޮއިކޮށްފި އެވެ.
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރުންގެ ތެރެއިން މިހާރު އެންމެ ބުރަކޮށް އުޅޭ އެއް ތަރީގެ ގޮތުގައި ފާހަގަކޮށްލެވޭ 49 އަހަރުގެ އެކްޓަރު މި ފަހަރު ސޮއިކޮށްފައި ވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ ދިފާއުގައި އިންޑިއަން އެއާ ފޯސް (އައިއޭއެފް) ސްކޮޑްރަންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރި ވިޖޭ ކަރްނިކު ކުރި ހިތްވަރުގަދަ މަސައްކަތަށް ބިނާކޮށް ހަދާ ފިލްމަކަށެވެ.
ބުޝަން ކުމާރުގެ ޓީ ސީޒީރާއި ގިއްނީ ހަނޫޖާގެ މީޑިއާ ހޯލްޑީ އެލްއެލްޕީ ގުޅިގެން ހަދާ މި ފިލްމަށް ދީފައިވާ ނަމަކީ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.
މީގައި ކިޔައިދެނީ 1971 ގެ އިންޑޯ-ޕާކް ހަނގުރާމައިގެ ތެރޭގައި ބޫޖްގައި ގާއިމުކޮށްފައިވާ އެއާފޯސް އެއާސްޓްރިޕް ހަލާކުކޮށްލުމުން، ކަރްނިކް އިސްކޮށް ހުރެގެން ބޫޖާއި އެ އަވަށާ ކައިރީގައި ހުރި އަވަށްތަކުގެ 300 އެއްހާ އަންހެނުންގެ ވެސް އެހީއާ އެކު އަލުން އެއާސްޓްރިޕް ގާއިމުކުރަން ކުރި މަސައްކަތެވެ.
.@ajaydevgn to play IAF braveheart, squadron leader #VijayKarnik in #BhujThePrideOfIndia produced by @itsBhushanKumar, Krishan Kumar, Ginny Khanuja, @vajir & Abhishek Dudhaiya.
— TSeries (@TSeries) March 19, 2019
Written-directed by Abhishek Dudhaiya.
Read more📰:🔻#SelectMediaHoldingsLLP pic.twitter.com/ZDX1LYOoUZ
މި ހާދިސާ ކިޔައިދޭ ފިލްމު ލިޔެ، ޑައިރެކްޓް ކުރާނީ އަބީޝެކް ދުދައްޔާ އެވެ. ނަމަވެސް "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ އިތުރު ކާސްޓުންނާއި ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ސިނަމާތަކަށް ފިލްމު ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އަޖޭ "ތާނަޖީ" ގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ފިލްމުގެ ޝޫޓިން މެއި މަހު ނިންމައިލުމަށް ފަހު، ޖޫންގައި ފަށާނީ އިންޑިއާގެ ކުރީގެ ފުޓްބޯޅަ ކޯޗް ސައިދު އަބްދުލް ރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމުގެ މަސައްކަތެވެ. ބޯނީ ކަޕޫރް ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޑައިރެކްޓަރަކީ އަމިތު ޝަރުމާ އެވެ.
މިދިޔަ މަހު ރިލީޒް ކުރި ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" އަށް ފަހު، އަޖޭ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ މެއި 17 ގައި ރިލީޒް ކުރާ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" އިންނެވެ. "ތާނަޖީ" މި އަހަރުގެ ޑިސެމްބަރު 27 ގައި ސިނަމާތަކަށް ގެންނާނެ އެވެ.
އޭނާ ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ލަވް ރަންޖަންގެ އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމަކާއި އެސްއެސް ރާޖަމޯލީ އަންނަ އަހަރު ގެނެސްދޭ "އާރްއާރްއާރް" އާއި ހަތަރު ވަނަ ގަރުނުގެ އިލްމުވެރިޔާ ޗަނަކިއާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ ހިމެނެ އެވެ.
އެ ފިލްމުގެ ޑައިރެކްޓަރަކީ "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ގެނެސް ދިން ނީރަޖް ޕާންޑޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޭވަ
21 March 2019
ފޫލް އައުރް ކާންޓޭ، ދިލްވާލޭ، ދިލްޖަލޭ. މިއީ އަދިވެސް ބެލޭ އަޖޭގެ ފިލްމުތައް. ރީތި މިއުޒިކް ހިމެނޭ ލަވަތަކެއް. މިއީ 90ގެ ރަންޒަމާން. ސުނިލް، އަޖޭ އަދި އަކްޝޭ ވަރެއް ނުވާނެ އެހެން ބަޔަކު އެކްޝަން އަދި ރޮމޭންޓިކް ބަޔަށްވެސް. އަދި ނަދީމް ޝްރަވަން އުފައްދާފައިވާ ރީތި މިއުޒިކާއި ކައިރި ވެސް ނުވޭ މިހާރުގެ ރާގުތައް.