ސަލްމާނާއި އާލިއާ: ބަންސާލީގެ "އިންޝާﷲ" އިން އެކީގައި ފެންނާނެ.
21 މާޗް 2019 - 07:18
ސަންޖޭ ލީލާ ބަންސާލީ ސަލްމާން ހާނާ އެކު އުފައްދާ އާ ފިލްމުގެ ނަމަކީ "އިންޝާﷲ" ކަން ކަށަވަރުކޮށްދީ، އެ ފިލްމުގެ ބަތަލާއަކަށް، ޒުވާން ބަތަލާ އާލިއާ ބަޓް ހަމަޖައްސައިފި އެވެ.
އާލިއާ ކުރި ޓްވީޓެއްގައި ވެސް ވަނީ ބަންސާލީގެ ފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށް ދީފަ އެވެ. އޭނާ ބުނީ ހުވަފެން ދެކޭ މީހެއްގެ ހުވަފެން ހަގީގަތަކަށް ވާނެ ކަމަށާއި ބަންސާލީ އާއި ސަލްމާން ފަދަ ޖާދޫއެއް ކަހަލަ ދެ ފަންނާނުންނާ އެކު މަސައްކަތްކޮށް ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި "އިންޝާﷲ" ގެ މަސައްކަތް ފަށަން މިހާރު ވެސް ކެތްމަދުވެފައިވާ ކަމަށް ބުންޏެވެ.
Dream with your eyes wide open they say & I did. Sanjay Sir and Salman Khan are magical together & I can't wait to join them on this beautiful journey called “Inshallah” ❤#Inshallah #SLB @BeingSalmanKhan @bhansali_produc @SKFilmsOfficial @prerna982
— Alia Bhatt (@aliaa08) March 19, 2019
އާލިއާ އިތުރު ޓްވީޓެއްގައި ބުނީ ބަންސާލީގެ އޮފީހަށް އޭނާ އެންމެ ފުރަތަމަ ދިޔައީ އުމުރުން އެންމެ 9 އަހަރުގައި ކަމަށާއި އޭރުއްސުރެ ބަންސާލީގެ ފިލްމެއް ކުޅެން ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދިޔަ ކަމަށެވެ. އަދި ދުވަސްވީ އެ އުންމީދު މިހާރު ހާސިލުވެއްޖެ ކަމަށް ވެސް ބުންޏެވެ.
I was 9 when I first walked into Sanjay Leela Bhansali's office, all nervous and hoping and praying that I would be in his next film. It's been a long wait.
— Alia Bhatt (@aliaa08) March 19, 2019
ލޯބީގެ އަސަރު ގަދަ ވާހަކައަކަށް ހަދާ "އިންޝާﷲ" އިން ސަލްމާނާއި އާލިއާ އެކީގައި ފެނުން ވާނީ ޝައުގުވެރި ކަމަކަށެވެ. އެއީ ލޯބީގެ ބައެއް ކުޅޭއިރު މި ދެ މީހުންގެ އުމުރުގެ ފަރަގު ބޮޑުވުމެވެ. ސަލްމާނަށް މި އަހަރު 54 އަހަރު ފުރޭ އިރު، އާލިއާ އަށް 26 އަހަރު ފުރުނީ މިދިޔަ ހުކުރު ދުވަހު އެވެ. ދެ ތަރިންގެ އުމުރުގައި 28 އަހަރުގެ ފަރަގު އެބަ ހުއްޓެވެ.
It’s been 20 years but I am glad Sanjay and I are finally back in his next film, Inshallah. Looking forward to work with Alia and inshallah we will all be blessed on this journey.#Inshallah #SLB @aliaa08 @bhansali_produc @SKFilmsOfficial
— Salman Khan (@BeingSalmanKhan) March 19, 2019
އާލިއާ ކުރިން ވަނީ ސަލްމާނާ ދާދި އެއް އުމުރެއްގެ ޝާހްރުކް ހާނާ އެކީގައި ފިލްމެއް ކުޅެފަ އެވެ. އެއީ 2016 ގެ "ޑިއާ ޒިންދަގީ" އެވެ.
"އިންޝާﷲ" ގެ މަސައްކަތް މާ ލަސްތަކެއް ނުވެ ފަށާނެ ކަމަށް ބެލެވެ އެވެ. އަދި ފިލްމު ސިނަމާތަކަށް އަންނާނީ އަހަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
#BreakingNews: All speculations come to an end... Salman Khan and Alia Bhatt in Sanjay Leela Bhansali's #Inshallah... Solo Salman Khan starrer.
— taran adarsh (@taran_adarsh) March 19, 2019
އާލިއާ އަށް އިންޑިއާގެ އެންމެ ވަރުގަދަ ޑައިރެކްޓަރުންގެ ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަ އިރު، ދާދި ފަހުން އޭނާ ވަނީ "ބާހްބަލީ" ގެނެސް ދިން އެސްއެސް ރާޖަމޯލީ އަންނަ އަހަރު ގެނެސްދޭ "އާރްއާރްއާރް" އަށް ވެސް ސޮއިކޮށްފަ އެވެ. އަދި އަންނަ އަހަރު ކަރަން ޖޯހަރުގެ "ތަހުތު" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.
މިދިޔަ މަހު ރިލީޒް ކުރި "ގަލީ ބޯއި" އަށް ފަހު އާލިއާ މި އަހަރު ފެންނާނެ އިތުރު ފިލްމުތަކުގެ ތެރޭގައި އަންނަ މަހުގެ 17 ގައި ރިލީޒް ކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް" އާއި ޑިސެމްބަރު 20 ގައި ރިލީޒް ކުރާ ފެންޓަސީ ޓްރިލޮޖީ "ބުރައްމަސްތުރާ" ހިމެނެ އެވެ.
މީގެ އިތުރުން ބައްޕަ މަހޭޝް ބަޓް 20 އަހަރު ފަހުން ޑައިރެކްޝަނަށް އެނބުރި އަންނަ ފިލްމު "ސަޅަކް 2" ގެ ބަތަލާއަކީ ވެސް އާލިއާ އެވެ.
މިދިޔަ އަހަރު "ޕަދުމާވަތު" ގެނެސް ދިން ބަންސާލީގެ އެންމެ ފަހުގެ ތިން ފިލްމުގައި ލީޑް ރޯލް ކުޅުނީ މިހާރު ކައިވެނިކޮށްގެން އުޅޭ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy