މުނިފޫހިފިލުވުން / ސަލްމާން ޚާން

ސަލްމާން ހާން އޭނާގެ ބޮޑީގާޑުގެ ދަރިފުޅު ބޮލީވުޑަށް ނެރެނީ

ސަލްމާނާ އެކު ޓައިގާ.

ހުކުރު ދުވަހު ރިލީޒް ކުރި ފިލްމު "ނޯޓްބުކް" އިން ޕްރަނޫޓާން ބޭލް އާއި ޒަހީރު އިގްބާލް ބޮލީވުޑަށް ނެރުމަށް ފަހު، ސަލްމާން ހާން އަނެއްކާ ވެސް އާ އެކްޓަރަކު ބޮލީވުޑަށް ނެރުމުގެ ތައްޔާރީތައް ވާން ފަށައިފަ އެވެ.

މި ފަހަރު އޭނާގެ ފޯކަސް ހުއްޓިފައި ވަނީ ބޮޑީގާޑެއްގެ ގޮތުގައި ސަލްމާނާ އެކު މަސައްކަތް ކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޝޭރާގެ ފިރިހެން ދަރިފުޅު ޓައިގާ އެވެ. ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ސަލްމާން ބުނީ ޓައިގާ ބޮލީވުޑަށް ނެރުމަކީ އޭނާގެ ވައުދެއް ކަމަށާއި އެހެންވެ ވަރުގަދަ ސްކްރިޕްޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޓައިގާ އެކްޓިން އަށް ނުކުންނަ އިރު، 2016 ގައި ރިލީޒް ކުރި ސަލްމާންގެ "ސުލްތާން" އާއި 2017 ގެ "ޓައިގާ ޒިންދާ ހޭ" ގެ އެސިސްޓަންޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ޓައިގާ ބޮލީވުޑަށް ސަލްމާންގެ ބެލުމުގެ ދަށުން ނެރެން އުޅޭ ވާހަކައަކީ ވަރަށް ގަދައަށް ދެކެވެމުން އަންނަ ވާހަކަ އެވެ.

އެގޮތުން މިހާރު ވަކިން ހާއްސަކޮށް ޓައިގާގެ ފިޒިކް ވަރުގަދަކުރަން ހާއްސަ ޓްރޭނިންތަކެއް ހަދަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.

"ވަރަށް ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވެސް އެބަހުރި ޓައިގާ ލޯންޗް ކުރާ ފިލްމުގައި ހިއްސާވާން ޝައުގުވެރިކަން ފާޅުކޮށްފައި. އަހަރެން މިހާރު މި އަތްފުނާ އަޅަނީ ރަނގަޅު ސްކްރިޕްޓަކަށް،" މީގެ ކުރިން ވެސް ގިނަ ތަރިންތަކެއް ބޮލީވުޑަށް ނެރުނު އެކްޓަރު ބުންޏެވެ. "އަހަރެން ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓެއް ލިބުނުހާ އަވަހަކަށް ޓައިގާގެ ފިލްމު މަސައްކަތް ފަށާނަން."

އާއިލާ އަށް ނިސްބަތްވާ މީހުންނާއި ގާތް ރައްޓެހިންނާއި ފިލްމީ އާއިލާތަކަށް ނިސްބަތްވާ ޒުވާނުންނަށް ފުރުސަތުދޭތީ އަމާޒުވާ ފާޑުކިޔުންތަަކަށް ރައްދު ދެމުން ސަލްމާން ބުނީ އޭނާއަކީ ހަމަ ކޮންމެ މީހަކަށް ފުރުސަތު ދޭ މީހެއް ނޫން ކަމަށެވެ.

"ފެންނަހާ މީހަކަށް އަހަރެން ފުރުސަތު ފަހިކޮށެއް ނުދެން. އެކްޓް ކުރުމުގެ ހުނަރު ހުރެފައި ސްޓާ ކޮލިޓީ ހުރި މީހުންނަށް އަހަރެން ފުރުސަތު ދެނީ،" މިދިޔަ އަހަރު ޅިޔަނު އާޔޫޝް ޝަރުމާ އާއި ވަރީނާ ހުސައިން ފިލްމު "ލަވް ޔާތުރީ" އިން ބޮލީވުޑަށް ނެރުނު ސަލްމާން ބުންޏެވެ.

"ނޯޓްބުކް" އިން ބޮލީވުޑަށް ނެރުނު ދެ ތަރިންނަކީ ސަލްމާނާ އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އަދި އެކުވެރިއެއް ކަމަށްވާ މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ޕްރަނޫޓާން އާއި ޒަމާންވީ ގާތް އެކުވެރިއެއް ކަމަށްވާ އިގްބާލް ރަތަންސީގެ ދަރިފުޅު ޒަހީރެވެ.

އޭނާ ބޮލީވުޑަށް ނެރުނު އިތުރު ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހާ (ދަބަންގް)، ޒަރީން ހާން (ވީރް)، ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ އާއި އެކްޓަރު އަދިތިޔާ ޕަންޗޯލީގެ ދަރިފުޅު ސޫރަޖް ޕަންޗޯލީ (ހީރޯ) އަދި ޑެއިޒީ ޝާހް (ޖެއި ހޯ) ފާހަގަކޮށްލެވެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454