އެންޖެލީނާ ޖޮލީ: މާވެލްގެ "ދި އެޓާނަލްސް" ވަނީ އޭނާ އަށް ހުށަހަޅާފައި.
31 މާޗް 2019 - 07:37
މާވެލް ސްޓޫޑިއޯސް އިން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ދި އެޓާނަލްސް" މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ އަށް ހުށަހަޅައިފި އެވެ.
ވެރައިޓީން ބުނި ގޮތުގައި އެ ފިލްމު އެކްޓަރު ބްރެޑް ޕިޓްގެ ކުރީގެ އަންހެނުންނަށް ހުށަހެޅި ނަމަވެސް އޭނާ އަދި ފިލްމަށް ސޮއިކުރިކަން ކަށަވަރެއް ނޫނެވެ. "ދި އެޓާނަލްސް" އަށް ޖޮލީ ސޮއިކޮށްފި ނަމަ މި ފިލްމުވެ ވާނީ އޭނާ މާވެލްގެ ސުޕަހީރޯއިންގެ ދުނިޔެ އަށް ހިޖުރަކުރާ ފުރަތަމަ ފަހަރަށެވެ.
މެތިއު އާއި ރަޔަން ފާޕޯގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ 2017 ގެ "ދަ ރައިޑާ" އާއި 2015 ގެ "ސޯންގްސް މައި ބްރަދާޒް ޓޯޓް މީ" ފަދަ ފިލްމުތައް ގެނެސްދިން ކްލޯއީ ޒާއޯ އެވެ.
ނަމަވެސް "ދި އެޓާނަލްސް" ގެ މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޖޮލީގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 18 ގައި ރިލީޒް ކުރާ "މެލަފިޝަންޓް 2" އެވެ. އޭނާ ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި އެނިމޭޝަން/ލައިވް-އެކްޝަން ހައިބްރިޑް ފިލްމު "ދި ވަން އެންޑް އޮންލީ އައިވަން" އާއި "ކަމް އަވޭ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy