މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރާޖް އަދި ޖާންވީ: "ރޫހް އަފްޒާ" އިން އެކީގައި ފެންނާނެ.

ރާޖްކުމާރު ރާއޯ އާއި ވަރުން ޝަރުމާ ހިމަނައިގެން ދާދި ފަހުން މެޑޮކް ފިލްމްސް އިން އިއުލާން ކުރި ހޮރޯ ކޮމެޑީ "ރޫހް-އަފްޒާ" ގެ ބަތަލާގެ ރޯލަށް ޖާންވީ ކަޕޫރް ސޮއިކޮށްފި އެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނި ގޮތުގައި އަންނަ ޖޫން މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމުގައި ޖާންވީ ފެނިގެން ދާނީ ޑަަބަލް ރޯލަކުންނެވެ. މިދިޔަ އަހަރު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވި ޖާންވީޑަބަލް ރޯލެއް ކުޅެން ސޮއި ކުރި އިރު، އޭނާގެ މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ ވެސް ވަނީ ފިލްމެއްގައި ޑަބަލް ރޯލް ކުޅެފަ އެވެ. އެއީ 1989 ގެ "ޗަލްބާޒް" ގަ އެވެ.

ޖާންވީ މިހާރު އަންނަނީ އިންޑިއަން އެއާ ފޯސްގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ވާހަކަ ކިޔައިދޭ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި އޭނާ ކަރަން ޖޯހަރު އަންނަ އަހަރު ގެނެސްދޭ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" އިން ވެސް ފެންނާނެ އެވެ.

މިދިޔަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި "އިސްތިރތީ" އަށް ފަހު ދިނޭޝް ހަދާ ދެވަނަ ހޮރޯ ކޮމެޑީ "ރޫހް-އަފްޒާ" ގެ ޑައިރެކްޓަރަކީ ހާޑިކް މެހެތާ އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ގޯތަމް މެހެރާ އާއި މިރްދީޕް ސިންގް ލާމްބާ އެވެ.

"ރޫހް-އަފްޒާ" ސިނަމާތަކަށް އަންނާނީ މާޗް، 20، 2020 ގަ އެވެ.

ރަންވީރުގެ ރިކޯޑް ލޭބަލްއެއް

ކާމިޔާބު ޒުވާން އެކްޓަރު އާ ފަންނާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި މިއުޒިކް ރިކޯޑް ލޭބަލްއެއް ލޯންޗްކޮށްފި އެވެ.

މަޝްހޫރު މިއުޒިޝަން ނަވްޒާރު އެރަނީއާ ގުޅިގެން ރަންވީރު ލޯންޗް ކުރި ރިކޯޑް ލޭބަލް އަށް ދީފައިވާ ނަމަކީ އިންކްއިންކް އެވެ.

ރަންވީރު ބުނި ގޮތުގައި މި ލޭބަލްގެ ދަށުން މަސައްކަތް ކުރާނީ ޒުވާން ހުނަރުވެރި ފަންނާނުންތަކެއް މިއުޒިކީ ދާއިރާ އަށް ނެރުމަށެވެ. ހާއްސަކޮށް ރެޕާއި ހިޕްހޮޕް މިއުޒިކަށެވެ. އޭނާ ވެސް އެންމެ ފަހުން ފެނިފައި ރެޕާއެއްގެ ރޯލް ކުޅެފައިވާ ފިލްމު "ގަލީ ބޯއި" އިންނެވެ.

އިންކްއިންކް ލޯންޗް ކުރުމާ އެކު ވަނީ އެ ލޭބަލްގެ ފުރަތަމަ ރެޕް ވީޑިއޯ ލަވަ ވެސް ދައްކާލައިފަ އެވެ. ލަވައިގެ ނަމަކީ "ޒެހެރް" އެވެ. އޭތި ލިޔެ، ކިޔާފައި ވަނީ ކާމް ބާރީ އެވެ.

"އެފް2" ގެ ހިންދީ ރިމެކެއް

ހިންދީ ފިލްމުތައް ކަމަށްވާ "ޕިންކް" އާއި "ބަދާއީ ހޯ" ފަދަ ފިލްމުތަކުގެ ރައިޓްސް ހޯދައިގެން އިންޑިއާގެ އެހެން ބަހުރުވަތަކުން ފިލްމުތައް މިހާރު ވެސް ހަދަމުން އަންނަ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ތެލެގޫ ފިލްމު "އެފް2: ފަން އެންޑް ފްރަސްޓްރޭޝަން" ގެ ހިންދީ ރިމެކެއް ހަދަން ނިންމައިފި އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ބޯނީ އަށް 2005 ގައި "ނޯ އެންޓްރީ" ހަދައި ދިން އަނީސް ބަޒްމީ އެވެ. އޭނާ މިހާރު އަންނަނީ "ޕާގަލްޕަންތީ" ކިޔާ ކޮމެޑީއެއްގެ މަސައްކަތް ކުރަމުންނެވެ.

"އެފް2" އަކީ މި އަހަރުގެ ޖެނުއަރީ މަހު ރިލީޒް ކުރި ކޮމެޑީއެކެވެ. އަނިލް ރަވީޕުޅީ ޑައިރެކްޓް ކުރި ފިލްމުގެ ތަރިންނަކީ ތަމަންނާ ބާޓިއާ، ވެންކަޓޭޝް، ވަރުން ތޭޖް އަދި މެހްރީން ޕިރްޒާދާ އެވެ.

މީގެ ހިންދީ ރިމެކްގެ ތަރިންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

"އެފް2" އަކީ ބޮކްސް އޮފީހުގައި 178 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ވަރަށް ކާމިޔާބު ފިލްމެކެވެ.

ރަންވީރު މި އަހަރު ކައިވެންޏެއް ނުކުރާނެ

މަގުބޫލު ޒުވާން އެކްޓަރު ވަރުން ދަވަން މި އަހަރު ކައިވެނި ކުރާނެ ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

ފިލްމުފެއާ އަށް ދިން އިންޓަވިއެއްގައި ވަރުން، 31، ބުނީ މާ ލަސްތަކެއް ނުކޮށް ކައިވެނި ކުރަން ނިންމާފައި އޮތް ނަމަވެސް މި އަހަރު ކައިވެނި ކުރަން ނިންމާފައި ނެތް ކަމަށެވެ. ވަރުންގެ ލޯބިވެރިޔާއަކީ އޭނާ ކުޑައިރުއްސުރެ ދަންނަ ނަތާޝާ ދަލާލެވެ.

View this post on Instagram

Happy diwali 👷‍♂️👩🏻‍⚕️

A post shared by Varun Dhawan (@varundvn) on

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ ދެ މީހުން ކައިވެނި ކުރާނެ އެވެ. ނަމަވެސް ވަރުން ބުނީ އޭނާ މި ވަގުތު ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެން ޖެހުމުން ކައިވެންޏަށް ވަގުތު ހުސްކުރެވެން ނެތް ކަމަށެވެ.

މި އަހަރު ރިލީޒް ވާނެ ވަރުން ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 17 ގައި ރިލީޒް ކުރާ "ކަލަންކް" އެވެ. އަދި ނޮވެމްބަރު 8 ގައި "ސްޓްރީޓް ޑާންސާ" ރިލީޒް ކުރާނެ އެވެ. މި އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ ސަލްމާން ހާންގެ "ބާރަތު" ގެ ހާއްސަ ފެނިލުމަކުން ވެސް ވަރުން ފެންނާނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454