މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކައިވެންޏެއްކޮށް، ބޮޑެތި ދަރިން ވެސް ތިބި ފިރިހެނަކު އޭނާގެ ދަރިންގެ އުމުރާ އެއްވަރުގެ ޒުވާން އަންހެނަކާ ބާއްވާ ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ މަޖާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" ގެ ޓްރެއިލާ ދައްކާލައި އެވެ.

އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑް ތަރިންނަކީ އަޖޭ ދޭވްގަން އާއި ތައްބޫގެ އިތުރުން ރަކުލް ޕްރީތު ސިންގެވެ. ފިލްމުގެ ޓްރެއިލާ އިން ފެންނަ ގޮތުގައި "ދޭ ދޭ ޕިޔާރު ދޭ" ގެ މައިގަނޑު ވާހަކަ އެނބުރެނީ 50 އަހަރުގެ އަޖޭ އާއި ޒުވާން ބަތަލާ ރަކުލްގެ ވަށައިގެންނެވެ. ތައްބޫ ފިލްމުގައި ފެނިގެން ދާނީ އަޖޭގެ އަންހެނުންގެ ރޯލުންނެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ "ދޭ ދޭ ޕިޔާރު ދޭ" ގެ ކާސްޓުންގެ ތެރޭގައި ޖާވިދު ޖެފްރީ، ޖިމީ ޝެރްގިލް އަދި ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި ބޮލީވުޑުން އެކަހެރިކޮށްފައިވާ ދުވަސްވީ އެކްޓަރު އަލޯކް ނާތު ހިމެނެ އެވެ.

"ދޭ ދޭ ޕިޔާރު ދޭ" އަކީ މިދިޔަ އަހަރު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެނެސް ދިން ޑައިރެކްޓަރު ލަވް ރަންޖަން އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންދޭ ފިލްމެކެވެ.

އިރުފާން ފެންނަނީ ވަރަށް ފިޓްކޮށް

މީގެ އަހަރެއް ކުރިން ނާދިރު ބައްޔަކަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯދަމުން ދިޔަ އެކްޓަރު އިރްފާން ހާން މުމްބާއީ އަށް ހިނގައްޖެ އެވެ.

އޭނާ މުމްބާއީ އެއާޕޯޓުން ނުކުންނަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް މީޑިއާތަކުގައި ވަނީ އާންމުވެފަ އެވެ. އޭގައި ފެންނަނީ ސްކާފަކުން އަނގަމަތި ނިވާކޮށްގެން ހުރި އިރުފާން ވަކި ހިސާބަކުން ސްކާފް ވެސް ނަގާލައި، މީޑިއާތަކަށް ވަރަށް ރީތިކޮށް ފެންނަހެން މޫނު ދައްކާލައި ހިނގާލާފައި ދާ ތަނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އިރުފާން ހުރީ ވަރަށް ފިޓްކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާ މުމްބާއީ އަށް ގޮސްފައި ވަނީ 2017 ގައި ރިލީޒް ކުރި ފިލްމު "ހިންދީ މީޑިއަމް" ގެ ސީކްއެލް "އިންގްލިޝް މީޑިއަމް" ގެ މަސައްކަތް ފެށުމުގެ ތައްޔާރީތައްވާށެވެ. އެ ފިލްމުގައި ބޮޑު ބައި ޝޫޓް ކުރަން ހަމަޖެހިފައި ވަނީ އެމެރިކާގައި ކަމަށްވެ އެވެ.

ކެންސަރުގެ ނާދިރު ވައްތަރެއް ކަމަށްވާ ނިއުރޯއެންޑޮކްރިން ޓިއުމާ (ނެޓްސް) ޖެހިފައިވާ ވާހަކަ އިރުފާން ހިއްސާ ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ގެންދިޔައީ ފިލްމީ މަސައްކަތްތަކާ ދުރުވެ، އިނގިރޭސިވިލާތުގައި ފަރުވާ ހޯދަމުންނެވެ.

ހީނާ އަނެއްކާ ވެސް ރާއްޖޭގައި

ސްޓާ ޕްލަސްގެ ސިލްސިލާ "ކަސޯޓީ" ގައި ކޮމަލިކާގެ ރޯލް ކުޅެމުން އަންނަ ބަތަލާ ހީނާ ހާން އަނެއްކާ ވެސް ޗުއްޓީ ރާއްޖެ އަތުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް އޭނާ ރާއްޖެ އައެވެ. އެ ފަހަރު އެކީގައި އައީ ލޯބިވެރިޔާ ރޮކީ ޖެއިސްވާލެވެ. އެކަމަކު މި ފަހަރު ހީނާއާ އެކު ރާއްޖެ އައީ އޭނާގެ އާއިލާގެ މީހުންނެވެ. އޭގެ ތެރޭގައި މަންމަ އާއި ބައްޕަ ހިމެނެ އެވެ.

ޗުއްޓީ ހޭދަ ކުރަމުން އަންނަ ތާޖް މޯލްޑިވްސްގައި ނަގާ ފޮޓޯތައް ހީނާ އަންނަނީ އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.

އިންޑިއާގެ އެންމެ މަޝްހޫރު ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ހީނާ މިހާރު އަންނަނީ "ލައިންސް" ކިޔާ ފިލްމަކުން ބޮލީވުޑަށް ވެސް ނުކުންނަން ތައްޔާރުވަމުންނެވެ. އަދި ބޮލީވުޑުން ފުރުސަތުތައް ލިބޭތީ އޭނާ ކޮމަލިކާގެ ރޯލް ވެސް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.

ޑައިރެކްޓަރު ވިކްރަމް ބަޓްގެ ފިލްމަކުން ވެސް ހީނާ އަށް ފުރުސަތު ލިބިފައިވެ އެވެ.

ކަރަންގެ "ބްލޭންކް" ގެ ޓީޒާ ދައްކާލައިފި

ކުރީގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ އަށް ބޮޑުދައިތަ ކިޔާ ކަރަން ކަޕާޑިއާ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ބްލޭންކް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

މި ފިލްމަކީ ބެހްޒާދު ކަމްބާޓާ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. ކަރަންއާ އެކު ފިލްމުގެ ހާއްސަ ރޯލަކުން ޑިމްޕަލްގެ ކުރީގެ ލޯބިވެރިޔާ ސަނީ ޑިއޯލް ވެސް ފެނިގެން ދާނެ އެވެ.

"ބްލޭންކް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 3 ގަ އެވެ. މީގެ ޓްރެއިލާ މި މަހުގެ 4 ވަނަ ދުވަހު ދައްކައިލާނެ އެވެ. "ބްލޭންކް" ގެ ޓީޒާ ކަރަންގެ ކަޒިން ޓްވިންކަލް ކަންނާ ވެސް ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.

ކަރަންއަކީ ޑިމްޕަލްގެ ކޮއްކޮ ސިމްޕަލް ކަޕާޑިއާގެ ދަރިއެކެވެ. އޭނާ ވަނީ 2009 ގައި މަރުވެފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454