ކަވީތާ، ވިނޯދާ އެކު: ވިނޯދު ވަނީ 2017 ގައި މަރުވެފައި.
28 އެޕްރީލް 2019 - 07:34
އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީ އަށް މިދިޔަ ހަފުތާގައި ސޮއިކުރި ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލް އަށް، މިހާރު ކުރިއަށްދާ އާންމު އިންތިހާބުގައި ޕަންޖާބް ސްޓޭޓްގެ ގުރުދާސްޕޫރް ދާއިރާގެ ގޮނޑި އަށް ވާދަކުރަން ބީޖޭޕީގެ ޓިކެޓް ދިނުމުން، އެ ދާއިރާގެ ގޮނޑި އެކި ފަހަރު މަތިން ފުރި ކުރީގެ އެކްޓަރު ވިނޯދު ކަންނާގެ ހުވަފަތް އަންހެނުން ކަވީތާ ކަންނާ ފާޑުކިޔައިފި އެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް އޭނާ ބުނީ ފާއިތުވި ވިއްސަކަށް އަހަރު ޕާޓީ އަށް ހިދުމަތް ކުރުމުގައި ދެމިހުއްޓައި އަދި މި ފަހަރު އިންތިހާބުގައި ގުރުދާސްޕޫރްގެ ގޮނޑި އަށް ވާދަކުރަން ބީޖޭޕީގެ ޓިކެޓް ލިބޭނެ ކަމުގެ އުންމީދުގައި ހުއްޓައި އިހަކަށް ދުވަހު ޕާޓީ އަށް ފުންމައިލި މީހަކަށް ޓިކެޓް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެއީ ވަރަށް ބޭއިންސާފުން ކުރި ކަމެއް. އަދި އެއީ އަހަންނާއި ވިނޯދް ބީޖޭޕީ އަށް ކޮށް ދިން ހިދުމަތް ބަލައި ނުގަނެ، ބޮލާލައި ޖެހުން ކަހަލަ ކަމެއް،" ކަވީތާ ބުންޏެވެ. "އަދި ބީޖޭޕީގެ އެ ނިންމުމަކީ ހީލަތާއި މަކަރުގެ އަމަލެއް."
Thanks @kamalsharmabjp ji . https://t.co/MwOWgd6yLg
— Sunny Deol (@iamsunnydeol) April 24, 2019
ކަވީތާ ބުނި ގޮތުގައި ގުރުދާސްޕޫރުގެ ގިނަ ރައްޔިތުން ވެސް ބޭނުން ވަނީ އެ ދާއިރާ އަށް މި ފަހަރު އޭނާ ވާދަކުރާށެވެ. އަދި އެއިން އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް ސަނީ އަށް ޓިކެޓް ދިނުމަކީ ރައްޔިތުންނަށް ވެސް ޕާޓީންވި ހިޔާނާތެއް ކަމަށް ބުންޏެވެ.
"ވިނޯދު މަރުވި ހިސާބުން ފެށިގެން ވެސް އަހަރެން މި އަންނަނީ ބީޖޭޕީގެ މެމްބަރެއްގެ ގޮތުގައި ގުރުދާސްޕޫރުގެ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުން. އަދި ޕާޓީން ވަނީ އަހަންނަށް މި ފަހަރު ޓިކެޓް ވެސް ދޭނެ ކަމުގެ އިޝާރާތްތައް ވެސް ދީފައި،" އޭނާ ބުންޏެވެ. "އަނެއްކާ ރައްޔިތުން ތިބީ އަހަރެންގެ ފަހަތުގައި. އެކަން އެހެން އޮއްވައި އިހަކަށް ދުވަހު ޕާޓީއާ ގުޅުނު މީހަކަށް ޓިކެޓް ދިނުން ބަލައެއް ނުގަނެވޭނެ."
ދެހާސް ސަތާރައިގައި މަރުވި އަދި ކުރިން މިނިސްޓަރުކަން ވެސް އަދާކުރި ވިނޯދް ވަނީ ބީޖޭޕީގެ މެމްބަރެއްގެ ގޮތުގައި ގުރުދާސްޕޫރުގެ މެމްބަރުކަން ހަތަރު ދައުރެއްގައި އަދާކޮށްފަ އެވެ.
ބީޖޭޕީގެ ޓިކެޓް ކަވީތާ އަށް ނުދިނުމުން އަމިއްލަ ގޮތުން މި ފަހަރު ގުރުދާސްޕޫރަށް ވާދަ ކުރަން ނިންމާފައވާ ކަމަށް ބުނާ ވާހަކަ އޭނާ ވަނީ ދޮގުކޮށްފަ އެވެ.
"އަދި ވަކި ގޮތެއް ނުނިންމަން. ކުދިންނާއި އާއިލާއާ ވާހަކަ ދައްކާފައި ވަރަށް އަވަހަށް ވަކި ގޮތެއް ނިންމާނަން،" އެކްޓަރުން ކަމަށްވާ އަކްޝަޔޭ ކަންނާ އާއި ރާހުލް ކަންނާގެ ދޮންމަންމަ ބުންޏެވެ.
ސަނީ ބީޖޭޕީއާ ގުޅުނީ މިދިޔަ އަންގާރަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީން
30 April 2019
ނުރަ ތުބުޅީ ގަ ވެސް ވިނޯދު ރީތި! މީ ރީތި މީހުން ނަކީ.. ޒުވާން ގޮތެއް އެބަހުރި
ޚކކކ
30 April 2019
ދެން ވިނޯދް ކަންނާގެ ފޮޓޮއެއް ކީއްވެ އޯ މި ފެންނަނީ
ޢަދާރަން
29 April 2019
ޢެފެންނަނީ އިންޑިޔާގަ ޑިމޮކުރަސީއޮތްގޮތް މިތާމިއުޅޭ ރީންދޫ އުނގުޅިބަޔެކޭ އެއްގޮތް
ރައްޔިތުކަލޯ
29 April 2019
ބީޖޭޕީ ތިކަންތައްކުރީ ޖުމުހޫރީ ޕާޓީ އާއި ޕީޕީއެމް ކަންތައްކުރިގޮތައް. ނާތަހުޒީބު 3 ޕާޓީ .
ދިވެހި މީހާ
28 April 2019
އަނނވesް ރާއްޖެއަށް ތިއުޅެނީ މިކަހަލަ ބަދަލު ގެންނާކަށެއްނު... ދެންކޮން ވާހަކއެއް ދައްކާކަށް
އަންްނި
28 April 2019
ހާދަ ހެއްވާ އިލެކްޝަނެކޭ. އިލެކްޝަން ފެށިއްޖެ، އަދިވެސް ޓިކެޓް ބަހާ ނުނިމޭ. ކިހިނެއް މިމީހުން ކެމްޕެއިން ކުރަނީ؟