13 މެއި 2019 - 08:36
ސަރޮގޭޓްކޮށްގެން ދަރިން ހޯދާ މީހުންގެ އަދަދު ބޮލީވުޑްގައި އަންނަނީ އިތުރުވަމުންނެެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން ހާން ވެސް އެގޮތަށް ދަރިއަކު ހޯދަން ވަނީ ނިންމައިފަ އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މިހާތަނަށް އަދި ކައިވެންޏެއްކޮށްފައި ނުވާ އަދި މި އަހަރު 54 އަހަރު ފުރޭ އެކްޓަރު ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދުމާ ދޭތެރޭ ވަރަށް ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށެވެ. އަދި އެކަމަށް އާއިލާ އާއި ގާތް ރައްޓެހިންގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީއެއް ލިބެމުން އަންނަ ކަމަށް ބުންޏެވެ.
ސަލްމާން ކައިވެނި ނުކުރި ނަމަވެސް އެކި ބަތަލާއިންނާ އެކި ދުވަސްވަރު ވަރަށް ސީރިއަސް ލޯބީގެ ގުޅުންތަކެއް ބާއްވާފައިވެ އެވެ. އޭގެ ތެރޭގައި ސަންގީތާ ބިޖިލާނީ، ސޯމީ އަލީ، އައިޝްވާރިޔާ ރާއީ އަދި ކެޓްރީނާ ކެއިފް ހިމެނެ އެވެ.
ސަލްމާން، ކޮއްކޮ އަރުޕިތާގެ ދަރިފުޅު އާހިލްއާ އެކު.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން ކައިވެނި ކުރަން ބޭނުން ނުވަނީ މައިންބަފައިން ދެކެ އިންތިހާ އަށް ލޯބިވާތީ، ކައިވެނިކޮށްފި ނަމަ އެ މީހުންނަށް ދެވޭ ލޯތްބާއި ވަގުތަށް އުނިކަމެއް އަތުވެދާނެތީ އެވެ.
ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ސަރޮގޭޓް ދަރިން ތިބި މީހުންގެ ތެރޭގައި ޝާހްރުކް ހާން، އާމިރު ހާން، ތުޝާރު ކަޕޫރް އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިޝްވާރިއާ
15 May 2019
ހޯދާނެ ގޮތަކަށް ހޯދަން ބަހަށްޓަބަލަ.
ސަލްމާން
14 May 2019
އަހަރެންގެ ވާހަކަ ނުދައްކާ މިޙައްޖު ގުރޫޕް ތައް މިކުރާ ކަންކަން ލިޔެދީބާ! ބިޑުއަށް ހުޝައަޅާފަ އިންނަ ވަރަށް ވުރެ އިތުރުއަށް ފައިސާނަގެނާއި އެއާލައިން ބުނެފައިން ވަރަށް ވުރެ ލަގެޖް ކޯޓާ ކުޑަކޮށް ގެން މިވެރިން ކުރާ ވިޔަފާރިތަކާއި އިސްލާމިކް މިނިސްޓްރީ ހަރުދަނާ ކުރުވާ ގުރޫޕްތަކައް މިީހުން ދަކާވަރު މިނިސްޓްރީ އިން މޮނީޓާ ކުރަން ބަރުއަޅާދުން މުހިންމު. އަޅުކަމުގަވެސް ކޮރަޕްސްއަށް ގޮސް މިގައުމު ނެތިދަނީ.މީއެންމެއަށް އިނގޭ ސިޢްރު ކޮއްދޭނެ ބައެއް ނެތީ!
އެނގޭ
14 May 2019
ތި ހައްޖު ކޯޕަރޭޝަނުންވެސް ގަންނަނީ އެގަނޑު. ހޮޓާ ހިފަނީ ޑިސްކައުންޓަށް އެއްބަސްވެގެން ޑިސްކައުންޓް ރޭޓްގައި. ބިލްހަދަނީ އޮރިޖިނަލް ރޭޓުގައި. ބިލަށް ފައިސާ ދެއްކުމުން ބަޚުޝީޝްގެ ބައި ޖަމާކުރަނީ އަންބޮޑިޔަށް.
ތަޞައްވަރު
14 May 2019
އެއީ ރަޙިމު ކުއްޔަށް ދީގެން ހޯދާ ދަރިން. ދަރީގެ ބަފާ ރަޙިމަށް ކުލި ދައްކާނެ 9 މަސް ވަންދެން.
އެދެބެންގެ ބޭބެ
14 May 2019
ހެޔޮނުވާނެ! ކާވެނީގެ ގުޅުމުން ނޫންގޮތަކަށް ދަރިން ހޯދަން ހުއްދައީ ކޮންދީނެއްގައިތޯ؟
ހަނިމާދޫބެއްޔާ
14 May 2019
ސަރޮގޭޓް އެއީ ކާކު؟؟؟
ކެނެޑީ
14 May 2019
ހެހެހެ އެއީ އިންގްލިޝް ޕްރިމިއާރ ލީގުގަ ވަރަށް މަޝްހޫރު ކުޅުންތެރިއެއް ކެކެކެ
ދޮންވެލި
14 May 2019
ސަރޮގޭޓް އެއީ ކޮން އެއްޗެއް ކަމެއް ނޭގުނެވެ. އޭގެ ދިވެހި ބަހަކީ ކޮބާތޯ ނޫނީ އޭގެ މާނަ ބުނެލަބަލާށެވެ.
ކަޅުކަޅު ދޮނޭ
14 May 2019
ދަރި ވިހާފަ އެއްބަސްވުމެއްގެ ދަށުން އެހެންމީހަކަށް އެއްކޮށް ދޭ ދަރި..
މަ ސީހު
14 May 2019
އެއްބަސްވުމެއްގެ ދަށުން މީހަކު ޕްރެގްނެޓް ކުރުވާ، އެދަރި އަމިއްލަ ކުރުން..
ބަބުރަންޖީ ހާޖީ
13 May 2019
ބޮލީވުޑުގައި އޮންނަގަތަކީ އެކަކު ކުރަންޏާ އަނެކަކުވެސް ކުރާނެ.
ފުންއަސަރު
13 May 2019
ބައެއްގެ ފިރިހެންވަންތަކަން ނެތީމާ ވާނީ ތިހެން. ތިފަދަމީހުން މުޅިންވެސް ދައްކަނީ ގަބޫލުނުކުރެވޭ ޒާތުގެ ވާހަކަ. މީހަކާ އިނދެގެން ދަރިން ހޯދީމާ މާބޮޑަށްވެސް ރަނގަޅުވާނެ. ކެރުންހުރި ފޯރުންތެރިންގެ ގޮތަކީ އެއީ. މިހާރު ތިވާގޮތަކީ އަތުގާ ފައިސާހުރެފާ، އެއްވެސް ކަމެއްގާ ތިމާއަށް ބަސްކިޔާނެ މީހަކު ހުންނަން ބޭނުން ނުވަނީ. ހަލާލު ކައިވެންޏެއްކޮށްގެން އުޅެންފެށުމުން އެހެރަލިބޭ ހިތްހަމަޖެހުން ނިކަން ތަޖުރިބާ ކޮށްލަބަލަ.
ފުންއަސަރު ކޮއްކޮ
13 May 2019
ދިވެހި ބަހުން ބުންޏަކަސް ނޭންގޭނެ، ނިކަން ހިންދީ ބަހުން ތަޅާލަބަލަ
ފުންއަސަރު
13 May 2019
ފުންއަސަރުގެ ކޮއްކޮއަށް އިޚްލާސްތެރިކަމާއެކު ބުނަމެވެ. ކޮއްކޮއަށްވެސް އެނގޭނޭ ފަދައިން މި ބޭބެއަކަށް ހިންދީބަހުން ހަމަ އެކައްޗެއްވެސް ބުނާކަށް، އަދި ލިޔާކަށްވެސް ނޭނގެ އެވެ. މިކަން އެނގިހުރެމެ ބޭބެ ފަލީހަތްކޮށްލާން ކޮއްކޮ މަސައްކަތް ފެށީދޯއެވެ.
ކެނެޑީ
14 May 2019
ހިންދީ ބަހުން ލިޔުނަސް ސަލްމާން ތިކޮމެންޓް ކިޔާކަށް މިސައިޓަކަށް ނުވަންނާނެ :ޕ