21 މެއި 2019 - 08:38
ސްޓާ ޕްލަސް އިން މިހާރު ދައްކާ އެކްތާ ކަޕޫރުގެ ސިލްސިލާ "ކަސޯޓީ" ގެ ދެވަނަ ސީޒަނުގެ ބަތަލާގެ ރޯލް ކުޅެން ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ބުނި އެރިކާ ފެނަންޑޭޒް ވެސް އެ ސިލްސިލާ ދޫކޮށްލަން ނިންމައިފި އެވެ.
ސިލްސިލާގައި ޕްރޭނާގެ ރޯލް ކުޅޭ ބަތަލާ އެ ދޫކޮށްލާ ވާހަކަ މީޑިއާތަކުގައި ފެތުރެން ފެށީ ކޮމަލިކާގެ ރޯލް ކުޅޭ ހީނާ ހާން ވެސް މިދިޔަ ހަފުތާގެ ތެރޭގައި "ކަސޯޓީ" ގެ ޓީމަށް އަލްވަދާއު ކިޔާފައި ވަނިކޮށެވެ.
މި ވަގުތު ކާންސް ފިލްމު ފެސްޓިވަލަށް ގޮސް ހުރި ހީނާ ފްރާންސަށް ފުރައިގެން ދިޔައީ، "ކަސޯޓީ" އިން އޭނާ ފެންނާނެ އެންމެ ފަހުގެ އެޕިސޯޑްތައް ޝޫޓްކޮށް ނިންމައިފަ އެވެ.
އެރިކާ ސިލްސިލާ ދޫކޮށްލާ ވާހަކަ ދެކެވުނަސް މިކަމާ ބެހޭ ގޮތުން އޭނާ އާއި އެކްތާ ވެސް އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި އެރިކާ "ކަސޯޓީ" ދޫކޮށްލާ ސަބަބެއް ވެސް ސާފެއް ނުވެ އެވެ.
ބައެއް ނޫސްތަކުން ބުނި ގޮތުގައި ޕްރޭނާގެ ގޮތުގައި އެރިކާ ފެންނާނެ ކުރިއަށް ހުރި މަދު އެޕިސޯޑްތަކަކާ އެކު މީގެ ލިޔުންތެރިން އަންނަނީ އޭނާގެ ރޯލަށް ނިމުން ގެންނާނެ ހަމަޖެހޭ ގޮތެއް ހޯދަމުންނެވެ.
"ކަސޯޓީ" ގެ އާ ސީޒަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ދައްކަން ފެށި ފަހުން، އެ ސިލްސިލާގެ 160 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ވަނީ ގެނެސް ދީފަ އެވެ. މި ފަހަރު އަނޫރާގްގެ ރޯލް ކުޅެނީ ޕާތު ސަމްތާނެވެ. އަދި ބަޖާޖްގެ ކެރެކްޓާ ވަރަށް އަވަހަށް ވާހަކައިގެ ތެރެއަށް އަންނާތީ އެ ރޯލް ކުޅޭނެ އެކްޓަރަކު މިހާރު އަންނަނީ ހޯދަމުންނެވެ.
"ކަސޯޓީ" ގެ ފުރަތަމަ ސީޒަން ޝްވޭތާ ތިވާރީ (ޕްރޭނާ)، ސިޒާން ހާން (އަނޫރާގް) އަދި ރޯނިތު ރޯއި (ބަޖާޖް) އާ އެކު ގެނެސް ދިނީ 2001-2008 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަނަމަނަ
22 May 2019
އިންޑިއާ ރައްޔުތުންގެ ކަމަކީ ޑްރާމާ ބެލުމާއި ފިލްމު ބެލުން ބާއެވެ. އެހެންނާ ފަހެ މި އުފައްދާ ހުރިހާ ފިލްމު ތަކާއި ޑްރާމާ ތަށް ބަލާފައި އިންޑިއާގެ އަންހެނުން އެހެން ކަމެއް ކުރާނެ ވަޤުތު ލިބޭނެ ބާއެވެ. އެ ޑްރާމާ ތަކާ ފިލްމުތަށް ނުބަލާވެސް ވާކަށް ނެތެވެ.ސަބަބަކީ އިންޑަސްޓްރީ ބަގުރޫޓް ވެދާނެ ތީއެވެ.
ނާއީ
21 May 2019
އެޕީސޯޑަކަށް ލައްކައިން ރުފިޔާ ލިބޭ އިރު ކާކު ދޫކޮއްލާނީ..ޢެހާވަރުން އެކަހަލަ ވަރުގަދަ ރޯލެއް ލިބޭއިރު ދޫކޮއްލާނެތަ
ނާއީ
21 May 2019
ދޮގު ހަބަރެއް ތީ