20 މެއި 2019 - 11:15
ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލް އޭނާގެ ލޯބިވެރިޔާ ގެބްރިއެލް ޑިމެޓްރިއެޑްސްއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދެ އެވެ.
ދެކުނު އެފްރިކާގެ ލޯބިވެރިޔާއާ އެކު އަރުޖުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ އަނަންތަރާ ވެލި ރިސޯޓްގަ އެވެ.
ދެ މީހުންގެ އިންސްޓަގްރާމްގައި ވަނީ ވެލި ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.
އަރުޖުން އާއި ކުރީގެ މޮޑެލް މެހެރް ޖެސިއާގެ 20 އަހަރުވީ ކައިވެނި މިދިޔަ އަހަރު ރަސްމީކޮށް ރޫޅައިލަ އިރު، އެ ކައިވެންޏަށް ލިބިފައިވާ ދެ އަންހެން ދަރިން މިހާރު ތިބީ ފުރާވަރަށް އަރައިފަ އެވެ. އެއީ 17 އަހަރުގެ މާހިކާ އާއި 13 އަހަރުގެ މީރާ ރާމްޕާލެވެ.
"ރާ.ވަން" އާއި "ރާޖްނީތީ" ފަދަ ފިލްމުތައް ކުޅުނު އަރުޖުން، 46، އެންމެ ފަހުން ފެނިފައި ވަނީ ޒީ5 އިން ސްޓްރީމް ކުރި ވެބް ސީރީޒް "ދަ ފައިނަލް ކޯލް" އިންނެވެ. އޭނާއަކީ ފިލްމުތަކުން މިހާރު އެހާ ރަނގަޅު ފުރުސަތުތައް ވެސް ލިބޭ އެކްޓަރެއް ނޫނެވެ.
އަރުޖުން އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ހަނގުރާމަ ފިލްމު "ޕަލްޓާން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި ދިވެހިން
21 May 2019
މިމީހުން މޭކަޕް ނުކޮށް ތިބޭއިރު އެ ހުންނަނީ މޫނުމަތި މިލާފައެއްނު.އއެވަރުންވެސް މި ރާއްޖެ އަންހެނުންނަށް ރީތި.
ކޯމަސް
21 May 2019
ދަރިން ބޮޑެތިވެ ތަންދޮރު އެގޭވަރު ވުމުން އެދަރިން އުމުރުގެ ކުދިން ނަގާގެން ކޮންފާޑަކަށް ތި އުޅެނީ؟
ފަރުމަސް_މިސްރާ
22 May 2019
ގަޓުްސް އެބަހުއްޓޭ ބްރޯ. އަދި ދެން ފަހަރަކުން މިއަށްވުރެ ވެސް ޒުވާން ކުއްޖަކާއެކު އަންނާނަން އަހަރެމެންގެ ސެކަންޑް ހޯމްއަށް. ޝުކުރިއްޔާ ދިވެހިރާއްޖެ
ނަޖްވާ
21 May 2019
ވަރަށް ގިނަ އަންހެން ކުދިން ހިތް ކިޔާ އެކްޓަރެއްނު މި އަރްޖުން ރާންޕާލަކީ!
އަސްލަށްވެސް
20 May 2019
އަހަރެމެން ރޯދައަށް ތިބޭއިރުވެސް މިމީހުން އުޅޭ ވައްތަރެއް ބަލާބަލަ..
ޢަރްޖީނާ
20 May 2019
ނުފޮށިބަ