ރިޝީ "ކަރުޒް" ބަތަލާ ޓިނާ އާއި އޭނާގެ ފިރިމީހާ އަނިލް އަމްބާނީއާ އެކު.
01 ޖޫން 2019 - 08:49
ކުރީގެ މަޝްހޫރު އެކްޓަރު އަމްރިޝް ޕޫރީގެ ކާފަ ދަރި ވަރުދާން ޕޫރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޕާގަލް" ޖުލައި 26 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.
މި ފިލްމަކީ އަމްރިޝް ޕޫރީ ފިލްމްސް އާއި ޑރ. ޖަޔަންތިލާލް ގާޅާގެ ޕެންއިން ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ވަރުދާންއާ އެކު "ޕާގަލް" ގެ ބަތަލާ" ގެ ރޯލުން ފެނިގެން ދާމީ ޝިވަލީކާ އޮބެރޯއި އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ޗެރާގް ރުޕަރެލް އެވެ.
ވަރުދާންގެ އަލަތު ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަ ނުކުރި ނަމަވެސް، އޭނާ ކުރިން ބުނެފައިވާ ގޮތުގައި ކާފަގެ ލެގަސީ ދަމަހައްޓަން ލެވުނުހާ ހިތްވަރެއް ލާނެ އެވެ.
އަދި އެކްޓަރަކަށްވުމަކީ އަބަދުވެސް ދެކެމުން އައި ހުވަފަނެއް ކަމަށާއި ކާފަ ފަދައިން، ބެލުންތެރިން ބަލައިގަންނަ އެކްޓަރަކަށް ވާން ބޭނުންވާ ކަމަށް ވަރުދާން ބުންޏެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެމެރިކާގެ ނިއު ޔޯކްގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރު މުމްބާއީ މަތިން ވަރަށް ހަނދާންވާ ކަމަށް ދޭހަވާ ގޮތަށް ޓްވީޓެއްކޮށްފި އެވެ.
Today I complete eight months here in New York. When will l ever get home?
— Rishi Kapoor (@chintskap) May 30, 2019
އޭނާ ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނީ ފަރުވާ އަށް އެމެރިކާ އަށް ދިޔަތާ މިހާރު އަށް މަސްވެއްޖެ ކަމަށެވެ. އަދި އެނބުރި މުމްބާއީ ދެވޭނީ ކޮން އިރަކުތޯ ސުވާލުކޮށްފައިވެ އެވެ.
ފަރުވާ ހޯދަނީ ކެންސަރަށްކަން މި މަހުގެ ކުރީކޮޅާ ހަމައަށް ސިއްރުކޮށްގެން އުޅުމަށް ފަހު، އެކަން ކަށަވަރުކޮށް ދެމުން ރިޝީ ދާދި ފަހުން ބުނީ އޭނާ މިހާރު ހުރީ ކެންސަރުން ސަލާމަތްވެފައި ކަމަށެވެ. އެކަމަކު އަދި ބޯންމެރޯ ޓްރާންސްޕްލާންޓެއް ހަދަން ޖެހޭ ކަމަށާއި ފަރުވާ ނިމުނުހާ އަވަހަކަށް އިންޑިއާ އަށް އެނބުރި ދާނެ ކަމަށް ބުންޏެވެ.
މަޝްހޫރު ޓީވީ އެކްޓަރު ކަރަންވީރު ބޯރާގެ އަލަތު ބޮލީވުޑް ފިލްމު "ހަމޭ ތުމްސޭ ޕިޔާރު ކިތުނާ" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.
Main Woh ashique nahi,Jise sirf tujhe chahana Hai,
— Hume Tumse Pyaar Kitna (@htpkthefilm) May 30, 2019
Meri mohabbat ki manzil toh har haal mein tujhe paana Hai.
How far will you go for love?
Here's the #teaser of #HumeTumsePyaarKitna, in theatres 28th June 2019https://t.co/Ej6YRT9y5F pic.twitter.com/cvwaIy7SkO
އެއިން ފެންނަ ގޮތުގައި މި ފިލްމަކީ އަނިޔާވެރި ލޯބީގެ ވާހަކައަކަށް ހަދާފައިވާ ފިލްމެކެވެ. މިއީ މީގެ ކުރިން ވެސް ބޮލީވުޑްގައި އެތައް ފިލްމެއް ހަދާފައިވާ ކޮންސެޕްޓެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޑަރް" އާއި "ދަރާރު" ހިމެނެ އެވެ.
"ހަމޭ ތުމްސޭ ޕިޔާރު ކިތުނާ" ގެ ތަރިންނަކީ ކަރަންވީރު އާއި ޕްރިޔާ ބެނަޖީ އަދި ސަމީރު ކޮޗާރެވެ. ލަލިތު މޯހަން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް އަންނާނީ މި މަހުގެ 28 ގަ އެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެން މިދިޔަ އަހަރު ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 10 އިން ވަކިކުރި މިއުޒިކް ޑައިރެކްޓަރު އައްނޫ މަލިކް އެ ޝޯގެ 11 ވަނަ ސީޒަން ފެންނާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "އިންޑިއަން އައިޑޮލް 11" އިން ފެންނާނީ ސީޒަންގެ 10 ގެ ވެސް ޖަޖުން ކަމަށްވާ އައްނޫ އާއި ނޭހާ ކައްކަރާއި ވިޝާލް ދަދުލާނީ އެވެ.
“Anu Malik lifted my skirt and dropped his pants, claims survivor” This is the pervert @sonytv & #IndianIdol season 11 want back around young girls & boys?? 👉🏾https://t.co/STZb9cYY4M
— SONA (@sonamohapatra) May 29, 2019
އައްނޫ އަލުން ޝޯ އަށް އަންނަ ވާހަކަތައް ތިލަވުމާ އެކު އޭނާއާ ދެކޮޅަށް މީގެ ކުރިން ވެސް އަޑު އުފުލާފައިވާ ލަވަކިޔުންތެރިޔާ ސޯނާ މަހާޕަޓްރާ ވަނީ ސޮނީގެ އެ ނިންމުމަކީ ވަރަށް ގޯސް ނިންމުމަކަށް ވާނެ ކަމަށް ބުނެފަ އެވެ. އަދި ޓްވީޓްގައި އޭނާ ވަނީ އައްނޫގެ މައްޗަށް ތުހުމަތު ކުރި މީހަކު ދެއްކި ވާހަކައިގެ އިބާރާތްކޮޅެއް ވެސް ހިމަނައިފަ އެވެ.
"އިންޑިއަން އައިޑޮލް 10" އިން އައްނޫ ވަކިކުރުމަށް ފަހު، ޝޯގެ ޖަޖެއްގެ ގޮތުގައި ފަހުން ހަމަޖެއްސީ ލަވަކިޔުންތެރިޔާ ޖާވިދު އަލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy