17 ޖޫން 2019 - 07:32
ރިތިކް ރޯޝަންގެ އާ ފިލްމު "ސުޕަ 30" ގެ ޑައިރެކްޓަރު ވިކާސް ބާލްގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ މައްސަލަތަކާ އެކު ފިލްމު ރިލީޒް ނުކުރެވި، ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި ވަނިކޮށް، އަނެއްކާ ވެސް ފިލްމަށް އިތުރު މައްސަލައަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އަންނަ މަހުގެ 12 ގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމާ ދެކޮޅަށް މި ފަހަރު ނުކުމެފައި ވަނީ އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ) ގެ ދަރިވަރުންތަކެކެވެ. އެ މީހުން ވަނީ "ސުޕަ 30" ރިލީޒްކުރުން ހުއްޓުވައި ދޭން ކޯޓަށް ހުށަޅައިފަ އެވެ.
ހަތަރު ދަރިވަރަކު ހުށަހަޅާފައިވާ މައްސަލާގައި ބުނަނީ އެ ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ އިންޑިއާގެ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރަކީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުތަކެއް ކުރެވި މިހާރު ވެސް ކޯޓްގައި މައްސަލައެއް ހިނގަމުންދާ މީހެއް ކަމަށެވެ. އޭގެ ތެރޭގައި ނަހަމަ ބާރު ބޭނުންކޮށްގެން އައިއައިޓީން 26 ދަރިވަރަކަށް މިދިޔަ އަހަރު އެޑްމިޝަން ހޯދައި ދިން މައްސަލަ ހިމެނެ އެވެ. އަދި އެކަން އޭނާ ކުރީ ދަރިވަރުންގެ އަތުން ރިޝްވަތު ނަގައިގެން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
Not all Superheroes wear capes.
— Hrithik Roshan (@iHrithik) June 4, 2019
It’s the ideas that make a nation. It's the people who empower it. Presenting one such story from the heartland of India #Super30Trailerhttps://t.co/d7XZPJNvMV
އެހެންވެ އެފަދަ މީހެއްގެ ވާހަކަ މާ ބޮޑުކޮށްލައިގެން ފިލްމެއް ހަދައިގެން ގެނެސްދީ، މުޖުތަމައަށް ނަމޫނާ މީހެއްގެ ގޮތުގައި ދައްކަން އުޅުމަކީ "ސުޕަ 30" ގެ އޯތެންސިޓީއާ ދޭތެރޭ ސުވާލު އުފެދޭނެ ކަމެއް ކަމަށް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ. އަދި އޭނާގެ އާނަންދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއްގެ މައްސަލަތަކެއް އޮއްވައި ފިލްމު ރިލީޒް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ ހުއްދަ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީން) ދިނުމަކީ ވެސް ބަލައި ގަންނަން އުނދަގޫ ކަމެއް ކަމަށް ބުނެފައިވެ ވެ.
މިކަމާ ބެހޭ ގޮތުން ހަތަރު ދަރިވަރުންގެ ވަކީލު އަމިތު ގޯޔަލް ވިދާޅުވީ "ސުޕަ 30" އާ ދެކޮޅަށް ނުކުތީ އެއްގޮތަކަށް ވެސް ފިލްމަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ނޫން ކަމަށެވެ.
އާނަންދު (މ) ރިތިކާއި ވިކާސްއާ އެކު.
"އާނަންދުގެ މައްޗަށް ތުހުމަތު ކުރެވޭ މަކަރާއި ހީލަތުގެ މައްސަލަތަކެއް ކޯޓްގައި އޮތީމަ ފިލްމުގެ އޯތެންސިޓީއާ ދޭތެރޭ އަހަރެމެން ސުވާލު އުފައްދަނީ. އޭނަގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދާކަން އެނގުނު ހިސާބުން ފެށިގެން ވެސް ވަރަށް ގިނަ ދަރިވަރުންތަކެއް ވަނީ އާނަންދު ފަތިފުށާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކާފައި،" ވަކީލު ވިދާޅުވި އެވެ. "އެހެންވެ އޭނާއާ ދެކޮޅަށް ހުރި މައްސަލަތަކެއް ކޮޅެއްގައި ނުޖެހެނީސް ސުޕަ 30 ރިލީޒް ކުރުމަކީ އެ ފިލްމުގެ ފެކްޓް ވެސް ރަނގަޅު ނޫންކަން ދައްކުވައި ދޭނެ ކަމެއް."
ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ ބައޮގްރަފިކަލް ޑްރާމާގައި އާނަންދުގެ ރޯލް ކުޅެފައި ވަނީ ރިތިކް ރޯޝަނެވެ.
ކުރިން މިދިޔަ ޖެނުއަރީ މަހުގެ 25 ގައި ރިލީޒް ކުރަން އުޅުނު ފިލްމު އެ ތާރީހުގައި ރިލީޒް ނުކުރެވުނީ ޑައިރެކްޓަރުގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެންނެވެ. އަދި އެއާ އެކު އޭނާ އަށް ފިލްމުގެ ޑައިރެކްޓަރުގެ ކްރެޑިޓް ނުދޭން ވެސް "ސުޕަ 30" އެ ފިލްމުގެ ޕްރޮޑިއުސް ކުރާ ކުންފުނިތަކުން ނިންމި އެވެ.
Director Vikas Bhal ah kuri jinsee thuhumath thakun salaamaiy vejje
The most trusted news source in the Maldives
Mihaaru
ވިކާސްގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުން ސަލާމަތްވީ މިދިޔަ މަހު.
އެކަމަކު އެ މައްސަލަ ބެލި ރިލަޔަންސް އެންޓަޓައިންމަންޓްގެ އިންޓާނަލް ކޮމިޓީން ވަނީ ވިކާސްގެ މައްޗަށް އެފަދަ އެއްވެސް ކަމެއްގެ ހެއްކެއް ފެނިފައި ނުވާ ކަމަށް ބުނެ، އޭނާ އަށް ފިލްމު ކްރެޑިޓް ދޭން މިދިޔަ މަހު ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy