ޑައިރެކްޓަރު ވިކާސް ބާލް.
02 ޖޫން 2019 - 08:30
ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން މިދިޔަ އަހަރު ފިލްމު "ސުޕަ 30" ގެ މަސައްކަތްތަކުން އެކަހެރި ކުރި ޑައިރެކްޓަރު ވިކާސް ބާލްގެ މައްޗަށް އެފަދަ އެއްވެސް މައްސަލައެއް ސާބިތުވާން ނެތް ކަމަށް އެކަމާ ގުޅިގެން ތަހުހީގެއް ހިންގި އެ ފިލްމުގެ ޕްރޮޑަކްޝަން ހައުސް ރިލަޔަންސް އެންޓަޓައިމަންޓުން ބުނެފި އެވެ.
ކުރިން މި އަހަރުގެ ޖެނުއަރީ މަހުގެ 25 ގައި ރިލީޒްކުރަން ތާވަލު އަދި ރިތިކް ރޯޝަން ލީޑް ރޯލް ކުޅެފައިވާ "ސުޕަ 30" ގެ މަސައްކަތް ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮއްވައި، ވިކާސްގެ މައްޗަށް ކުރި ތުހުމަތުތަކާ އެކު އޭނާ މަސައްކަތުން އެކަހެރިކޮށް، ފިލްމުގެ ޑައިރެކްޓަރުގެ ކްރެޑިޓް ނުދޭން ވެސް އޮތީ ނިންމައިފަ އެވެ.
އަދި މި މައްސަލަގަނޑުގެ ތެރޭގައި އޭނާގެ ހިއްސާ ވެސް އޮތް ފެންޓަމް ފިލްމްސްގެ އަނެއް ތިން ހިއްސާދާރުން ވަނީ މިދިޔަ އަހަރު އެ ކުންފުނި ވެސް އުވާލައިފަ އެވެ. އެ ތިން ހިއްސާރުންނަކީ އަނޫރާގް ކެޝަޕަނާއި މަދޫ މަންޓޭނާގެ އިތުރުން ވިކްރަމަދިތިޔާ މޮޓްވާނޭ އެވެ.
ވިކާސްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ފުރަތަމަ ކުރީ އޭނާއާ އެކު މަސައްކަތް އަންހެނެކެވެ. އޭނާ ބުނެފައިވާ ގޮތުގައި 2015 ގެ ތެރޭގައި ތަކުރާރުކޮށް، އެކި ގޮތްގޮތަށް ވިކާސްގެ ފަރާތުން ގޯނާއާ ކުރިމަތިލާން ޖެހުނެވެ. އަދި މި މައްސަލަ މިދިޔަ އަހަރު ހޫނުވުމާ އެކު ވިކާސް 2014 ގައި ގެނެސް ދިން ފިލްމު "ކްއީން" ބަތަލާ ކަންގަނާ ވެސް ވަނީ އޭނާ އަށް ވެސް ވިކާސްގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެފަ އެވެ.
ނަމަވެސް މި ތުހުމަތުތަކުން މިހާރު އޭނާ ބަރީއަވެފައި ވާތީ، ޖުލައި މަހުގެ 12 އަށް ތާވަލުކޮށްފައިވާ "ސުޕަ 30" ގެ ޑައިރެކްޓަރުގެ ކްރެޑިޓް ވެސް ދޭން ވަނީ ނިންމައިފަ އެވެ. ވިކާސް މަސައްކަތުން އެކަހެރި ކުރުމުން އެ ފިލްމުގެ ނިންމުމުގެ މަސައްކަތާ ފަހުން ހަވާލުވީ އަނޫރާގެވެ.
Phantom Films gai bandu board alhuvaifi
The most trusted news source in the Maldives
Mihaaru
ފެންޓަމް ފިލްމްސް އުވައިލީ މިދިޔަ އޮކްޓޯބަރުގައި.
މިކަމާ ބެހޭ ގޮތުން ރިޔަލަޔަންސް އެންޓަޓައިންމަންޓްގެ ސީއީއޯ ސިބާސިޝް ސަރުކާރު މުމްބާއީ މިރާ އަށް ބުނީ ވިކާސްގެ މައްސަލަ ބެލި ކޮމީޓީ އަށް އޭނާގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތު ކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.
"އެހެންވެ ކޮމިޓީން ވަނީ އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ނިންމާފައި. އަދި ސުޕަ 30 ގެ ޑައިރެކްޓަރުގެ ކްރެޑިޓް ވެސް ވިކާސް އަށް ދޭނެ،" އޭނާ ބުންޏެވެ.
2 hissaadhaarakaa dhekolha Vikas Bhal courtah
The most trusted news source in the Maldives
Mihaaru
ވިކާސް ބަދަލު ހޯދަން ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރު.
ވިކާސް މިހާރު ވަނީ އޭނާއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކައި ފެންޓަމް ވެސް އުވާލި ހިއްސާދަރުންގެ އަތުން ބަދަލު ހޯދަން އަލުން އަނެއްކާ ވެސް މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. ލިބުނު ގެއްލުމުގެ ބަދަލަށް ހިއްސާދާރުންގެ އަތުން 10 ކްރޯޑް ރުޕީސް ނަގައި ދޭން އެދި އޭނާ އެންމެ ފުރަތަމަ މައްސަލަ ކޯޓަށް ވެއްދީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ވިކާސް، 48، ޑައިރެކްޓްކޮށްފައިވާ "ސުޕަ 30" އަކީ އިންޑިއާގެ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ އެވެ. މި ފިލްމުގެ ޓްރެއިލާ އަންނަ ހަފުތާގެ ތެރޭގައި ރިލީޒް ކުރަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy