އަނޫރާގް، ވިކާސް އަދި ވިކްރަމަދިތިޔާ.
20 އޮކްޓޯބަރ 2018 - 07:12
ފެންޓަމް ފިލްމްސްގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް، އެ ކުންފުނި އުވާލައި ކުންފުނީގެ ދެ ހިއްސާދާރަކު އޭނާއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އަނޫރާގް ކެޝަޕާއި ވިކްރަމަދިތިޔާ މޮޓްވާނޭގެ އަތުން 10 ކްރޯޑް ރުޕީސް ނަގައި ދިނުމަށް، ޑައިރެކްޓަރު ވިކާސް ބާލް ބުދަ ދުވަހު ކޯޓްގައި އެދިއްޖެ އެވެ.
ކޯޓަށް އަންގާރަ ދުވަހު ހުށަހެޅި މައްސަލައާ ގުޅިގެން ބޭއްވި އަޑު އެހުމުހައި ވިކާސް ވަނީ އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މުވައްޒަފު ވެސް ކޯޓަށް ހާޒިރުކޮށް، އޭނާގެ ބަޔާން ނަގަން އެދިފަ އެވެ.
ފެންޓަމް ފިލްމްސްއަކީ އަނޫރާގާއި ވިކްރަމިދިތިޔާ އާއި ވިކާސްގެ އިތުރުން މަދޫ މަންޓޭނާ ހިއްސާވާ ގޮތަށް މީގެ ހަތް އަހަރު ކުރިން އުފެއްދި ކުންފުންޏެވެ.
ނަމަވެސް ވިކާސްގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކުގެ ޕްރެޝަރުގައި ކަމަށް ބުނެ، ކުންފުނި ބަންދު ކުރަން ނިންމިކަން އިއުލާންކޮށްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހު ވަކިވަކިން ހިއްސާދާރުން ކުރި ޓްވީޓްތަކެއްގަ އެވެ.
ވިކާސް އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ 2015 ގަ އެވެ. މި ފަހަރު މި މައްސަލަގަނޑު އިތުރަށް ހޫނުވުމުން، އަނޫރާގާއި ވިކްރަމަދިތިޔާ ވަނީ ވިކާސްއާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް މީޑިއާތަކުގައި ހިއްސާކޮށްފަ އެވެ. އަދި ވިކާސް 2014 ގައި ގެނެސް ދިން ފިލްމު "ކްއީން" ގެ ލީޑް ބަތަލާ ކަންގަނާ ރަނާވަތާއި އެ ފިލްމުގެ ސަޕޯޓިން ރޯލެއް ކުޅުނު ނަޔާނީ ޑިކްސިޓް ވެސް ވަނީ ވިކާސްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެ އެ ވާހަކަތައް މީޑިތަކަށް ކިޔައި ދީފަ އެވެ.
Phantom Films gai bandu board alhuvaifi
The most trusted news source in the Maldives
Mihaaru
ފެންޓަމް އުވައިލީ ވިކާސްއަށް ކުރާ ތުހުމަތުތަކާ ހެދި ކަމަށް ބުނޭ.
ކޯޓްގައި ވިކާސް ބުނީ އޭނާއާ ބެހޭ ގޮތުން އަނޫރާގާއި ވިކްރަމަދިތިޔާ ދައްކާފައި ވަނީ މުޅިން ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ފެންޓަމް ބަންދު ކުރަން ޖެހުމުގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވައި، އެ ދެ މީހުން އުޅެނީ ދަނޑިވަޅުގެ ނާޖާއީޒު ނަގައިގެން ރެކެން ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރު އެސްޖޭ ކަތަވައްލާ ވަނީ ހުކުރު ދުވަހު އޮންނަ އަޑު އެހުމަށް އަނޫރާގާއި ވިިކްރަމަދިތިޔާ އާއި ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ފެންޓަމްގެ އަންހެން މުވައްޒަފު ކޯޓަށް ހާޒިރުވާން އަންގައިފަ އެވެ.
ވިކާސްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖެނުއަރީ، 25، 2019 ގައި ރިލީޒް ކުރަން އޮތް އޭނާ ޑައިރެކްޓްކޮށްފައިވާ އާ ފިލްމު "ސުޕަ 30" ގެ އެއްވެސް ކްރެޑިޓެއް ވިކާސް އަށް ނުދޭން ނިންމާފައިވާ ކަމުގެ އަޑުތަކެއް ވެސް ފެތުރުފައިވެ އެވެ. އަދި ގޯނާ ލިބުނު ކަމަށް ބުނާ މީހުން ވަނީ ރިތިކް ރޯޝަން ކުޅެފައިވާ އެ ފިލްމު ރިލީޒް ވެސްކޮށްގެން ނުވާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy