02 ޖުލައި 2019 - 07:00
ޒުވާން އެކްޓަރު އަރުޖުން ކަޕޫރާ އޮތް ލޯބީގެ ގުޅުން މިހާރު އެންމެންނަށް ވެސް އެނގޭ ކަމަށާއި އެ ގުޅުމާ ގާތް އެންމެން ބެސް ގަބޫލު ކަމަށް މަލައިކާ އަރޯރާ ބުނެފި އެވެެ.
ހިންދުސްޓާން ޓައިމްސް (އެޗްޓީ) ބްރަންޗަށް އޭނާ ދިން ކަވާ އިންޓަވިއުއެއްގައި އޭނާ ވަނީ ލޯބީގެ އާ ގުޅުމާ ބެހޭ ގޮތުން ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި އެ އިންޓަވިއުގައި އަރުޖުންއާ ރައްޓެހިވެގެން އުޅޭކަން ރަސްމީކޮށް ކަށަވަރުކޮށް ދިނުމުގެ ކުރިން މަލައިކާ ވަނީ ޖޫން މަހުގެ 26 ވަނަ ދުވަހު ފާހަގަކުރި އަރުޖުންގެ 34 ވަނަ އުފަން ދުވަހާ ދިމާކޮށް، ދެ މީހުން އެކީގައި ނަގާފައިވާ ގައިގޯޅި ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ފުރަތަމަ ފަހަރަށް ހިއްސާކޮށްފަ އެވެ.
އެ ފޮޓޯއަކީ ދާދި ފަހުން ރާއްޖޭގައި އެކީގައި ޗުއްޓީ ހޭދަކުރަން އައިސް ނަގާފައިވާ ފޮޓޯއެކެވެ. އަރުޖުން އާއި މަލައިކާ މި ވަގުތު ތިބީ ޗުއްޓީއެއްގައި ނިއު ޔޯކްގަ އެވެ.
އެ ދަތުރުގެ ތެރޭގައި ނަގާފައިވާ މަލައިކާގެ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކުރަމުން އަރުޖުން ބުނީ "އަހަރެން ހިތް އޮތީ އޭނާގެ އަތުގައި" ކަމަށެވެ. އެ ފޮޓޯގައި މަލައިކާ އިންނަނީ ހިތެއްގެ ބައްޓަމަށް އޮތް ރަތް ކުލައިގެ ފޮއްޓެއް ހިފައިގެންނެވެ.
އެޗްޓީ ބްރަންޗަށް ދިން އިންޓަވިއުއެއްގައި 45 އަހަރުގެ މަލައިކާ ބުނީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާނާއި އޭނާގެ ކައިވެނި ރޫޅައިލުމާ އެކު، އަލުން ލޯބީގެ ގުޅުމެއް ފެށުމާ ދޭތެރޭ ސުވާލު އުފެދުނު ކަމަށެވެ.
In an exclusive to @HTBrunch, Malaika Arora opens up defiantly about her forthcoming marriage to Arjun Kapoor and says that love doesn't come with an age limit! @ananya1281 @htshowbiz #AgeWith❤️ pic.twitter.com/QtU758TvQY
— HT Brunch (@HTBrunch) June 30, 2019
"ކުރިއަކުން އުންމީދެއް ނުކުރަން އެހާ އަވަހަކަށް އިތުރު ގުޅުމަކަށް ދާން ވެސް. އަދި އެކަހަލަ ގުޅުމަކަށް އަލުން ދާނެތޯ ސުވާލު މާކެއްގެ ތެރޭގައި އަހަރެން ހުރީ،" 16 އަހަރުގެ ދަރިއަކު ވެސް ހުރި މަލައިކާ ބުންޏެވެ. "އެކަމަކު ކޮންމެ މީހަކު ވެސް ލޯބި ބޭނުން ވާނެ. އަދި ލޯބިވާ މީހަކު ހަޔާތުގައި ހުންނަން ބޭނުން ވާނެ. އަހަންނަކީ އަމިއްލަ ނަފުސު ދެކެ ލޯބިވާ، އަމިއްލަ ނަފުސަށް އިތުބާރު ކުރާ މީހެއް."
މަލައިކާ ބުނި ގޮތުގައި އާއިލާގެ މީހުންނާއި ގާތް އެންމެން ވެސް އަރުޖުން އާއި އޭނާގެ ގުޅުމާ ދޭތެރޭ ސުވާލެއް ނުއުފައްދަ އެވެ. އަދި އެންމެން ވެސް އެކަމާ ވަރަށް ގަބޫލު ކަމަށް ބުންޏެވެ. ދަރިފުޅު އަރްހާން ހާން ވެސް ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށް ބުންޏެވެ.
މަލައިކާގެ ކުރީގެ ފިރިމީހާ އާއި ދަރިފުޅު.
"އަހަރެން ވަރަށް ސާފުކޮށް ދަރިފުޅަށް ހާލަތު ކިޔައި ދިނިން. އޭނާ އެކަން ހިތުން ރުހުމުން ގަބޫލު ކުރި. އަހަރެން ގަބޫލު ކުރަން އިހުލާސްތެރި ނިޔަތަކާ އެކު ކުރާ ކަމަކުން ގޯހެއް ނުނިކުންނާނެކަން،" މަލައިކާ ބުންޏެވެ. "ކައިރީގައި ތިބޭ އެންމެންނަށް ވާނުވާ އަންގައިގެން އުޅުނީމަ އެންމެންގެ އެހީ އާއި ސަޕޯޓް ވެސް ލިބޭނެ."
ނަމަވެސް އަރުޖުންއާ ކައިވެނި ކުރާނެ އިރަކާ ބެހޭ ގޮތުން މަލައިކާ ވާހަކައެއް ނުދައްކަ އެވެ. އިންޓަވިއުގައި އޭނާ ބުނީ އުމުރުގައި ތަފާތެއް ހުރުމަކީ މައްސަލައެއް ކަމަކަށް މިހާރު ގިނަ ބަޔަކު ގަބޫލު ނުކުރާ ކަމަށެވެ.އަދި އަރުޖުން އޭނާއަށް ވުރެ ހަގުވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ބުންޏެވެ.
މިދިޔަ އެޕްރީލް މަހު އެ ދެ މީހުން ކައިވެނި ކުރާނެ ކަމުގެ ވާހަކަތައް ވަރަށް ގަދައަށް މީޑިއާތަކުގައި ދެކެވުނެވެ. މަލައިކާ ބުނި ގޮތުގައި ކައިވެންޏަކީ އެކަމެއް ވާނެ ވަގުތު ޖެހުމުން ވާނެ ކަމެކެވެ.
އަރުޖުން ދާދި ފަހުން ބުނި ގޮތުގައި ކައިވެންޏެއް އަދި އޭނާ ތައްޔާރެއް ނޫނެވެ. އެހެންވެ އެހާ އަވަހަކަށް ކައިވެނި ކުރުމުގެ ވިސްނުމެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީއިޔާޒު
03 July 2019
ރަފީޢާ އި ގޯޕީ އަކީ ވެސް މީގެ މިސާލެއް
އަރުޕިތާ
02 July 2019
އަރުޖުން ބޮޑުވީވެސް މަލައިކާގެ އަތް މައްޗަށް ސަލްމާނުގެ ކޮއްކޮ އަރުޕިތާ އާ ރައްޓެހިވެގެން އެގެއަށް ގޮސްއުޅުނު އިރު މަލައިކާ އެކުޅި ފަށައިފި ކަމަށް ވަނީ ދުވަސްވީ އަންހެނަކަށް ޒުވާން ޅައުމުރުގެ ކުއްޖަކު އަތު އަޅުވާލަން ވަރަށް ފަސޭހަވާނެ
އަވާމެންދުރު
02 July 2019
ގުއި ނުދެކޭ ކާޅަށް ގުއި ފެނުނީމާ ވާނީ އެހެން. ކަނޑުވެ ކާނެ އެއްޗެއް ނުލިބިވާ މީހަކަށްވެސް ވާނީ އެހެން. ވާނުވާ ނޭނގޭ ހާލުގާ ވަނިކޮށް ދިރޭރަހަ ކޯދުލާ އަރަމުންދާތަން ފެނި އޭގެ ބޭނުން ކުރެވުނީމާވެސް ވާނީ އެހެން. ވާނުވާނޭނގޭ އެއްޗަކާ ފުރަތަމަ ކުޅެން ފެށި ވާނުވާ ދަސްވެ އެއަށް ހިތްޖެހުނީމާވެސް ވާނީ އެހެން. އަސްލު ދައްކަނީ ދަޅަ. ފެންނަމުން އެދަނީ އަވާމެންދުރެއް.
ވާލުސޮރު
02 July 2019
އުމުރުން ދޮށީ ފިރިހެނުން ދެކެ އުމުރުން ހަގު އަންހެން ކުދިން ހިތް ކިިއުމާއި ހަމަ އެގޮތަށް ކުޑަ ފިރިހެން ސޮރުން ބޮޑެތި އަންހެނުންނަށް ހިތް ކިޔުމަކީ މިހާރު ވަރަށް އާއްމުކަމެއް، ދިވެހި ރާއްޖޭގައިވެސް
ވިސްނާލާފާ
02 July 2019
މީހުނާއިނދެ ދަރީންލިބި އެދަރީން ބޮޑެތިވެ މީހާގެ އުމުރުން 46 އަހަރު ފުރުމުން އާ ކައިވެންޏެއް އާސޮރަކައެކު ކުރުމަކީ މަލައިކާއަށް މައްސަލައެއްނޫން. އަދި މަލައިކާއާ މޮޔަވެފާ އަރުޖުން ކަޕޫރަށްވެސް އެއީކީ މިވަގުތަށް މައްސަލައެއްނުވެދާނެ. އެކަމަކު ހަގީގީ ތިޔަ ގުޅުމުގާ މައްސަލަ ކުރިމަތިވާން ފަށާނީ ކައިވެނިކޮށް ދުވަސްތައް ގުނަން ފަށާ ހަމައިން. އަންހެންމީހާގެ އުމުރު ފިރިހެންމީހާއަށްވުރެ ދޮށީވުމުން ހަމަ ވަރަށް ގިނަފަހަރަށް އަލުން ކައިވެނި ރުޅޭ.
ބަހޫބަލީ
02 July 2019
ދުނިޔޭގެ އެންމެ ވަރިގިނަ ގައުމުގެ ޕޮއިންޓް އޮފް ވިއު ނުވިސްނަބަލަ ބްރޯ. ރާއްޖޭގެއި އެބަހުރި ވަރިކޮށްފަ އަނބިމީހާ ހިގާގޮތް ކަމުނުގޮސްގެންވެސް
މިސާލަކައް
02 July 2019
ސައިފު އަލީ ޙާން އާއި އަމްރިތާ
އެކްހަސްބެންޑް
03 July 2019
ފިރިމީހާ ނިދާއިރު ގުގުރި ދަމާ ކިޔާފަ ފިރިމިހާއާއި އެއްކޮށް އެންދުގައި ނުނިދައި ހީލޭ ފިރިހެނުން ގެއަށް ވައްދާފައި ވެސް އެބަހަރު މިޤައުމުގައި. ހަމަ އެހާ ހަޔާތްކުަޑަމީހުން އުޅޭ ޤައުމެއްމީ.
މަރޭ
02 July 2019
ސަޅި