05 ޖުލައި 2019 - 08:05
ސަލްމާން ހާން މިހާރު ކުޅެމުން އަންނަ ފިލްމު "ދަބަންގް 3" އަކީ އޭނާގެ ވަރަށް ޒުވާން އުމުރުގެ ދުވަސްތަކެއް ވެސް ފެންނާނެ ފިލްމެކެވެ. އެހެންވެ އެންމެ ޒުވާން ދައުރުގެ ދުވަސްތައް ދައްކުވައިދޭން އޭނާ މިހާރު އަންނަނީ ބަރުދަން ލުއި ކުރަމުންވެ.
ކުރިއަށް އޮތީ މި މަހުގެ ތެރޭގައި ފަށާ "ދަބަންގް 3" ގެ ފަހު ޝޫޓިން ޝެޑިއުލް ކަމަށްވާތީ ސަލްމާން މިހާރު އަންނަނީ ވަރަށް ގަދައަށް ޓްރޭނިންތަކެއް ވެސް ހަދަމުންނެވެ. އެގޮތުން ޖިމް ސެޝަންތަކުގެ ބައެއް ވީޑިއޯތައް ވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ބައެއް ނޫސްތަކުން ބުނި ގޮތުގައި ސަލްމާން މަދުވެގެން 7 ކިލޯ މި ފަހަރު ލުއި ކުރާނެ އެވެ.
It’s not only about being strong but being flexible too . . Being strong equipment now installed in over 100 gyms in last 2 months pic.twitter.com/YnbWPHZlUO
— Salman Khan (@BeingSalmanKhan) June 18, 2019
މިކަހަލަ ބަދަލެއް ގެންނާކަށް ސަލްމާނަށް މާ ބޮޑު ކަމަކަށް ވެސް ނުވާނެ އެވެ.
After experiencing the highs and lows my security has finally realised how secure dey r wid me .. ha ha pic.twitter.com/DVAG0dbjzy
— Salman Khan (@BeingSalmanKhan) June 17, 2019
ސަބަބަކީ 53 އަހަރުގެ އެކްޓަރަކީ ފިޓްނެސް ފްރީކަކަށްވުމެވެ. އަދި އަބަދުވެސް ސަލްމާނަކީ ކުޅެން ޖެހޭ ކެރެކްޓާއަކާ ގުޅޭ ގޮތަށް ހަށިގަނޑަށް ބަދަލުތައް ގެންނަން ފަރިތަ އެކްޓަރެކެވެ. އެގޮތުން 2015 ގައި "ސުލްތާން" ގައި ރެސްލިން ތެޅުންތެރިއެއްގެ ރޯލް ކުޅެން ހަށިގަނޑަށް ގެނައި ބަދަލު ފާހަގަ ކުރެެވޭނެ އެވެ.
ސަލްމާން ފުލުހެއްގެ ރޯލުން ފެނިގެންދާ "ދަބަންގް" ސީރީޒްގެ ތިން ވަނަ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ 20 ގަ އެވެ. މި ފިލްމުގައި ވެސް އޭނާއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ސޮނާކްޝީ ސިންހާ އެވެ.
"ދަބަންގް 3" މި ފަހަރު ޑައިރެކްޓް ކުރަނީ މަޝްހޫރު ނެށުންތެރިޔާ ޕްރަބޫދޭވާ އެވެ. އޭނާއަކީ ސަލްމާން 2009 ގައި ކުޅުނު "ވޯންޓެޑް" ގެ ވެސް ޑައިރެކްޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy