"ބަވަތި" ގެ ޓްރެއިލާ ދައްކާލައިފި

އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރާ ފިލްމު "ބަވަތި" ގެ ރަސްމީ ޓްރެއިލާ ދައްކާލައިިފި އެވެ.


މުޅިން އަލަށް ފީޗާ ފިލްމެއް ޑައިރެކްޓް ކުރާ އިލްޔާސް ވަހީދުގެ އަމިއްލަ ސްކްރީންޕްލޭއަކަށް ގެނެސްދޭ މި ފިލްމަކީ ކައިވެންޏެއްކޮށް، ފިރިމީހާއާ އެކު މާލެ އަށް ދިރިއުޅުން ބަދަލު ކުރާ އަންހެނަކަށް ދިމާވާ އާދަޔާހިލާފު ހާދިސާތަކެއް ކިޔައި ދޭނެ ފިލްމެކެވެ.

"ބަވަތި" ގެ ލީޑް ރޯލުން ފެނިގެން ދާނީ ފިލްމީ ދާއިރާގައި މިހާރު ފިޔަޖަހަމުން އަންނަ ޒުވާން ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބާއި އަލަށް ތައާރަފުވާ އިހުމަދު އިފްނާޒް ފިރާގެވެ.

ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކައިލުމުގެ ކުރިން މީގެ ދެ ޓީޒާއަކާއި ޕްރޮމޯޝަނަލް ލަވަ ވެސް ކުރިން ވަނީ ދައްކާލައިފަ އެވެ.

"ބަވަތި" ސިނަމާ އަށް ގެންނަން ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 2 ގަ އެވެ.