16 ޖުލައި 2019 - 07:29
ދުނިޔެއާ މެދު އިންސާނުން އަމަލުކުރަނީ ޒަމާނުންސުރެ އަންހެނުންނާ މެދު އަމަލުކުރަމުން އަންނަ ގޮތަށް ކަމަށާއި އެކަން ބަދަލުވި ދުވަހަކު ނޫނީ ދަރިން ނުހޯދާނެ ކަމަށް، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ބުނެފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހޮލީވުޑްގެ އެކްޓަރު ލިއަމް ހެމްސްވޯތުއާ ކައިވެނި ކުރި 26 އަހަރުގެ ލަވަކިޔުންތެރިޔާ "އެލް" އަށް ދިން އިންޓަވިއުއްގައި ބުނީ ދުނިޔެ މިހާރު އޮތީ ބަޔަކު ދަރިން ހޯދައިގެން އުޅެން އެކަށީގެންވާ ވަރުގެ ހާލަތެއްގައި ނޫން ކަމަށެވެ.
ދުނިޔެ އޮތީ "ރުޅި އައިސްފައި" ކަމަށް ސިފަކުރަމުން މައިލީ ބުނީ އަންހެނުންނަކީ ހަމައެކަނި ވިހަން ތިބި ބައެއް ކަމަށް ދެކެމުން އަައި ގޮތަށް ދުނިޔޭން ވެސް ހައްދެއް ނެތި އުފައްދަމުން ދާނެ ކަމަށް އިންސާނުން ހީކުރާ ކަމަށެވެ.
"އަހަރެން ދަރިން ހޯދައިގެން އެ ދަރިންނަށް ދައްކަން ބޭނުން ދުނިޔެ އަކީ ސުލްހަވެރިކަމާއި އަމާންކަމާއި އެއްބައިވައިތަންތަމާއިކު ލޯތްބާއި އެކަކު އަނެކަކަށް އިހުތިރާމާއި އަޅާލުން އޮންނަ ތަނެއްގެ ގޮތުގައި،" މަގުބޫލު ލަވަތަކެއް ގެނެސް ދިން މައިލީ ބުންޏެވެ. "އެކަމަކު ދުނިޔޭގެ ހާލަތު މި ވަގުތު އޮތް ގޮތަށް ބަލާ އިރު މިއީ އިތުރު ފުރާނައެއް ދުނިޔެ އަށް ގެންނަން އެންމެ ރަނގަޅު ހާލަތެއް ނޫން."
އޭނާ ބުނި ގޮތުގައި ދަރިން ހޯދާނީ ހިތްއެދޭ ކަހަލަ ދުނިޔެ އަށް އޮތްކަން އިހުސާސްވި އިރަކުންނެވެ. ދުނިޔެ މިހާރު އޮތީ އިތުރު ފުރާނައަކަށް މަރުހަބާ ކިޔޭ ވަރުގެ ހާލަތެއް ނޫން ކަމަށް މި ޖީލުގެ ގިނަ ބަޔަކު ދެކޭ ކަމަށް ވެސް މައިލީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޫނީ
19 July 2019
މީނަ ދައްކާފަހުރި ވާހަކަތަކުން އެނގެނީ އަސްލުގަ މީނައަށް ދަރިން ބަލަން ނޭނގޭކަން.. ދަރިން ލިބުނީމަ މިހާރު މީނަ އުޅެގޮތަށް އުޅެން ވަގުތު ނޯންނާނެކަން މީނައަށް އެނގޭ.. ސުވާލަކީ މިވަރުގެ ދުނިޔެއަކަށް މީނަ ދަރިން އުފަންކުރަން ބޭނުން ނުވާއިރު މީނަ މި ދުނިޔޭގަ ކީއްކުރަން އަޗާތަޅަން ތިއުޅެނީ... ގަމާރު
ޙުއްތު
16 July 2019
ދެން ކަލޭ މާސްއަށް ދާންވީނުން
ންންންން
16 July 2019
ކީއްކުރަންތަ ދަރިން ހޯދަނީ އަސްލު؟
ބޮޑުމީހާ
16 July 2019
ތިހާވަރުގެ މީހަކު ދިނިޔޭގައި އުޅެނީ ކިޢްވެ
ވިސްނަންޖެހޭނެއޭ
16 July 2019
މިހާތަނަށް ދަރިން ހޯދަން ބޭނުން ނޫނޭ ބުނި އަންހެނުންނަށް ދަރިން ލިބިފައި ނެތް ކަން އެއީ މަމެންގެ ރަށްޓެހި ރިޗް އަންހެން ކުދިންނަށް ދިމާވެފައިވާ ކޭސް ތައް އަންފޯލްޑް ކޮށްލުމުން ފެންނަ ހަގީގަތޭ އެމެން މިހާރު ދަރިއަކު ލިބޭތޯ ދުނިޔޭގައި ނުދާ ހޮސްޕިޓަލެއް ނެތޭ އެކަން ނުވިއޭ އެންމެ ފަހުން ފިރިމީހާ ކުރި ކަމަކީ ދަރިން ނުލިބޭ އަންހެނަކާއި އިނދެގެން އުޅުމުގެ ބޭނުމެއް ނެތް ކަަމަށް ބުނެ ވަރިކޮށް ނަގާ އެއްލާލީއޭ މީ އަންހެން ކުދިން ސްޕެޝަލީ ރިޗް ގާރލްސް އިން
ވާލުސޮރު
16 July 2019
ރަނގަޅު ވާހަކައެއް ހާއްސަކޮށް ޕާކިސްތާނާއި އަފްގާނިސްތާނުގެ ގަބީލާ ވިސްނުމުގެ މީހުންނަށް ދުނިޔެ މިއީ އަނިޔާވެރި ކުލުނެއް ލޯތްބެއް ނެތް ތަނެއް. އަބަދު ހަނގުރާމަ ނޫނީ ތިމާ ބޭނުން ނުވާގޮތަކަށް އުޅޭ މީހާ ދުވަސް ދުއްވާލުން
އަހްމަދު
16 July 2019
އެކިމީހުނަށް ދުނިޔެ ފެންނާނީ އެކިގޮތަށް.
ނެތީމޭ
16 July 2019
ތިޔާ ގޮތަށް ހީކުރުން އެއީ ތަމެން މެޓީރިއަލް ވޯލްޑާއި މެދު ދަހިވެތިވާ ކަމުގެ އަލާމާތް ތަކޭ މަމެން ބުނަން ނެތީމޭ...
އު ދާސް
16 July 2019
އަހަރެންވެސް ތިވިސްނުމުގަ.ގެ ހަދައިގެން ލިބުނީ އަލިފާންފޮއްޓެއްވަރު ތަންކޮޅެއް. ދުއްވާނެ ތަނެއްނެތް. ޕާކުކުރާނެ ތަނެއްނެތް. ބަލިމަޑުކަން އެހާބޮޑު ޑެންގޫ ބޭރަށް ހިގުން. މަގަށް ނިކުތީމަށް މޫނުމައްޗަށް ދުންބުރުވާ މީހުން ގިނައީ. ކަމެއް ދިމާވެގެން ޓެކްސީއަކަށް ގުޅީމަ ހުރިހާތަނެއް އެންގޭޖު ބަނޑުގެ މައްސަލައަށް އޮޕަރޭޝަން ޑޮކްޓަރެއްގެ އެޕޮއިންޓް މަންޓް ހެދިތާ މިހާރު ހަފުތާއަކަށްވުރެ ގިނަދުވަސް ވެއްޖެ އެކަމު އަދިވެސް އައިޖީއެމްއެޗުން ޚަބައެއްނުވޭ.
މީނަ
16 July 2019
އެކްސްކިއުޒަސް ލެވެލް 100