20 ޖުލައި 2019 - 06:42
ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އެ ތުހުމަތުކުން މިހާރު ސަލާމަތްވެފައިވާ އަދި މި މަހުގެ 12 ގައި ރިިލީޒްކުރި ފިލްމު "ސުޕަ 30" ގެ ޑައިރެކްޓަރު ވިކާސް ބާލް ވެސް ހިމެނޭ ގޮތަށް މިދިޔަ އާދީއްތަ ދުވަހު ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ހާން މެންދުރު ކެއުމަކާ އެކު ޕާޓީ ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވެއްޖެ އެވެ.
ފަރާގެ ގޭގައި ބޭއްވި މެންދުރު ކެއުމުގައި ބައިވެރިވި މީހުންނާ އެކު ނަގާފައިވާ ފޮޓޯއެއް އޭނާ ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. އެ ފޮޓޯ އިން ވިކާސްގެ އިތުރުން "ސުޕަ 30" ގެ ބަތަލު ރިތިކް ރޯޝަނާއި ދެމަފިރިން ކަމަށްވާ ނޭހާ ދޫޕިއާ އާއި އަންގަދު ބޭދީ، ބަތަލާއިން ކަމަށްވާ ކްރިތީ ސެނަން، ބޫމީ ޕެޑްނޭކަރު، ޑަޔާނާ ޕެންޓީ، އަތިދީ ރާއޯ ހައިދަރީ، އެކްޓަރު ސޯނޫ ސޫދު، އާޔޫޝް ޝަރުމާ، ޓީވީ ހޯސްޓް މަނީޝް ޕޯލް އަދި ޓެނިސް ތަރި ސާނިއާ މިރުޒާ ވެސް ފެނެ އެވެ.
ފަރާ އާދީއްތަ ދުވަހުގެ ކެއުން ބޭއްވީ "ސުޕަ 30" އަށް ހާއްސަކޮށްފަ އެވެ. އަދި އެ ފިލްމުގެ ސްޕެޝަލް ސްކްރީނިން އަށް ފަހު އޭނާ ވަނީ ވިކާސް އާއި ރިތިކް ކޮށްފައި ހުރި މަސައްކަތްތަކަށް ތައުރީފުކޮށް މި މަހުގެ 11 ވަނަ ދުވަހު ޓްވީޓެއް ވެސް ކޮށްފަ އެވެ.
ނަމަވެސް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނު މީހަކު ހިއްސާވާ ގޮތަށް ފަރާ ޕާޓީ ކުރުމުން ހިތްހަމަނުޖެހުން ފާޅު ކުރި ބައެއް މީހުން ބުނީ އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
Director of #Super30 Vikas behl.. WHAT A COMEBACK!Flawless direction with every technician n cast member doing exceptional work.@sanjeevdutta @anaygoswami @AjayAtulOnline @CastingChhabra @mrunal0801 @PankajTripathi_ @NGEMovies @FuhSePhantom n of course the Super30 kids,take a bow
— Farah Khan (@TheFarahKhan) July 11, 2019
އަދި ފަރާގެ ކޮއްކޮ/ޑައިރެކްޓަރު ސާޖިދު ހާންގެ މައްޗަށް ވެސް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި އޭނާ ވެސް ބޮލީވުޑުން އެކަހެރިވެފައި ވިޔަސް، ސާޖިދުގެ ކަންކަން ވެސް ހުންނާނީ ހަމަ މިހެން ކަމަށް ގަބޫލު ކުރެވޭ ކަމަށް ބައެއް މީހުން ބުންޏެވެ. އަދި ތުހުމަތުތައް ކުރެވޭ މީސްމީހުންނާ އެކު މިގޮތަށް އުޅުމަކީ އެފަދަ މީހުންނަށް ދެވޭ ހިތްވަރެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާކޭސް
20 July 2019
މި އަންހެންވެރިން ޝުގަރ ޑެޑީމެން ފަހަތުން އުޅެފަ އެ ޝުގަރ ޑެޑީ އެހެން ޅަ އަންހެންކުއްޖެއް ނަގާއިރަށް ދެން ދުވާނެ ހެރެސްމަންޓޭ ފަޅޮލޭ ކިޔަމުން. އެއީ ކުރިން ލުބުނު ފުނިވަރު ދެން ނުލިބޭނެކަން އެނގޭތީ
ބާބާ
20 July 2019
މިއަންހެން މީހާއަކީ ވަރަށް މީރުކޮށް ކައްކާ މީހެއްކަމަށްވަނީ އަދި ވަރަށް ގިނައިން މިގޮތަށް ކައްކާފަ ދައުވަތު ދޭކަމަށްވަނީ. ހުސްނޫގޭ ބަޖިޔާ ރަހަ އެގިއްޖެއްޔާ އެގޭނޭ އަދި ކެއްކުމާ ބޭހޭ މާބޮޑު އެއްޗެއް ނޭގޭކަން.
އަހްމަދުކަލޯ
20 July 2019
ހޫން ތިކަންތަށް ވަރަށް ބޮޑުވެގެން މިއުޅެނީ