މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

"ނޮވެމްބާ" ގައި ވެސް މަޖޫ އާއި ޖުމަލްގެ ޖޯޑު

"މާމުއި" ބެލުންތެރިންނަށް ގެނެސް ދިނުމަށް ފަހު، ޑާކް ރެއިން އެންޓަޓައިންމަންޓުން އެ ސްޓޫޑިއޯގެ ފެވަރިޓް ޖޯޑް ކަމަށްވާ ޖުމައްޔިލް (ޖުމަލް) ނިމާލާއި މަރިޔަމް (މަޖޫ) މަޖުދާއާ އެކު "ނޮވެމްބާ" ކިޔާ ލޯބީގެ ފިލްމެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ދިވެހި ސިނަމާގެ މިހާރު އެންމެ މަގުބޫލު ޖޯޑުންގެ ތެރޭގައި ހިމެނޭ މަޖޫ އާއި ޖުމަލް އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި "އެންމެ ފަހު ވިންދާ ޖެހެންދެން" އާއި "ވާށޭ މަށާއެކީ" ގެ އިތުރުން "ވަކިން ލޯބިން" ހިމެނެ އެވެ.

"ނޮވެމްބާ" އަކީ އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓް ކުރާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "މާމުއި" ގެ ސްކްރީންޕްލޭ ވެސް ލިޔުނު ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލެވެ.

މަޖޫ އާއި ޖުމަލްގެ އިތުރުން "ނޮވެމްބާ" ގެ ކާސްޓުންގެ ތެރޭގައި، މި ފަހަކަށް އައިސް ޑާކް ރެއިންގެ ފިލްމުތަކުގެ ހާއްސަ ފެނިލުންތަކުން ފެންނަ އަދި ސިންގަޕޫރުގައި ދިރިއުޅޭ ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހް ވެސް ހިމެނެ އެވެ.

ޑާކް ރެއިނުން ކުރިން ބުނެފައިވާ ގޮތުގައި "ނޮވެމްބާ" އަކީ ސިންގަޕޫރްގައި ވެސް މަންޒަރުތަކެއް ނަގާނެ ފިލްމެކެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން ދިޔަ ނަމަބެސް މި ފިލްމު ބެލުންތެރިންނަށް ގެނެސް ދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޑާކް ރެއިނުން މި އަހަރުގެ މިހާތަނަށް ވަނީ ދެ ފިލްމެއް ގެނެސް ދީފަ އެވެ. އެއީ ކޮމެޑީ ފިލްމު "މާމުއި" ގެ އިތުރުން މި އަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި ރާއްޖޭން ވާދަ ކުރި ކްރައިމް ތުރިލާ "ގޮށްރާޅު" އެވެ.

6 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަމެއް

23 July 2019

މިނޫން ޖޯޑެއް ވަތުތައްޓެއް މަގެއް މިއިންޑަސްޓްރީގަ ހަމަނެތީތަ.

ޕިސްޑް

23 July 2019

ތިނޫން ބަޔަކު ނެތްތަ. ފިލްމުގެ ނަން ބަދަލު ވަނީ. ހަމަ އެއް ކެރެކްޓާ އެއް ނެރެން އިނގެނީ ތި ދެމީހުންނަށް ވެސް.

އަލީ ރާޖާ

22 July 2019

ކޮބޭ އަހަރުމެންގެ ނާޖިވެސް ވެޑިންކޮށްފިއެއްނު. އެކަން ޙަބަރަކަށް ނުވޭތަ

ދޮން އާމިރު

22 July 2019

ކެތް މަދުވެފައި.

ފުންއަސަރު

22 July 2019

ތިޔަ ފިލްމު ނިންމުމަށްފަހު ނޮވެންބަރ ގަ އެޅުވީމަ ހުންނާނީ އެންމެ ރަނގަޅަށް. އެހެޔޮ މިއަހަރުވިޔަސް އަންނަ އަހަރުވިޔަސް.

ނަޝްޔާން

22 July 2019

ދިވެހި ފިލްމެއް ނުބަލާތާ 18 އަހަރު ވީފަހުން ދިވެހި ފިލްމެއް (މާމުއި ބަލަން މިދިޔައީ. ކުރީގެ ފިލްމް ތަކާ ބަލާ ވ ތަފާތު މަޖާ ފިލްމެއް އެކްޓިން އިން ފެށިގެން ގޮސް ހުރިހާ ކަމެއް ވެސް ފެންވަރު ރަނގަޅު. ޢޮލިމްޕަސް ސި ނަމާ ގޮނޑިތައް އެއަށް ވުރެން މަދުކޮށްލާ ތަން ވެސް އެއަށް ވުރެން ފިނި ކޮށްފަ ހުރި ނަމަ ވ ފުރިހަމަ ވީސް

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454