26 ޖުލައި 2019 - 08:28
ތިން އަހަރެއްހާ ދުވަސް ފަހުން ޕްރިޔަންކާ ޗޯޕްޅާ ބޮޑު ސްކްރީނުން ފެނިގެން ދާނެ ފުރަތަމަ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" މި އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރިމިއާކުރަން ހަމަޖެހިއްޖެ އެވެ.
އެ ފިލްމު ޕްރޮޑިއުސްކޮށްފައިވާ ސިދާތު ރޯއީ ކަޕޫރްގެ ރޯއި ފިލްމްސް އިން ވަނީ އެ ވާހަކަ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. މި އަހަރު ބާއްވާ 44 ވަނަ ޓީއައިއެފްއެފް އޮންނާނީ ސެޕްޓެމްބަރު މަހުގެ 5-15 އަށެވެ. ފެސްޓިވަލްގައި ފިލްމު ޕްރިމިއާކުރާނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.
ޝޮނާލީ ބޯސް ޑައިރެކްޓްކޮށްފައިވާ "ދަ ސްކައިޒް ޕިންކް" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 11 ގަ އެވެ.
Excited to announce that #TheSkyIsPink is selected to have its Worldwide Gala Premiere at the #TorontoInternationalFilmFestival this year on September 13. See you in theatres worldwide on October 11! pic.twitter.com/WalqdZg4x0
— Roy Kapur Films (@roykapurfilms) July 24, 2019
މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައިވަނީ ޕްރިޔަންކާ އާއި ފަރުހާން އަހްތަރުގެ އިތުރުން ދާދި ފަހުން ފިލްމު ކުޅުން ހުއްޓާލިކަން އިއުލާން ކުރި ޒުވާން ބަތަލާ ޒާއިރާ ވަސީމެވެ.
"ދަ ސްކައިޒް އިޒް ޕިންކް" އަކީ 2015 ގައި މަރުވި އިންޑިއާގެ ކުރީގެ މޯޓިވޭޝަނަލް ސްޕީކާ އަދި ލިޔުންތެރިޔާ އައިޝާގެ ޗައުދަރީގެ ބައޮގްރަފިކަލް ޑްރާމާއެކެވެ. ފިލްމުގައި އައިޝާގެ ރޯލް ކުޅެފައި ވަނީ ޒާއިރާ އެވެ. އަދި ޕްރިޔަންކާ އާއި ފަރުހާން ފެނިގެން ދާނީ އޭނާގެ މައިންބަފައިންގެ ރޯލުންނެވެ.
"ދަ ސްކައި އިޒް ޕިންކް" އަކީ ރޯއި ކަޕޫރް ފިލްމްސްގެ އިތުރުން ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާގެ އާރްއެސްވީޕީ އާއި ޕްރިޔަންކާގެ ޕާޕްލް ޕެބްލް ޕިކްޗާޒް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy