"ދައުވަތު" އަށް ފަހު ވީމީޑިއާ އިން "ކޮސް ގިނަ މިސްޓޭކް"

ދާދި ފަހުން ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ބިރުވެރި ފިލްމު "ދައުވަތު" އަށް ފަހު ވީމީޑިއާ އިން "ކޮސް ގިނަ މިސްޓޭކް" ގެ ނަމުގައި އާ ފިލްމެއް އިއުލާންކޮށްފި އެވެ.


ވީމީޑިއާގެ އޮރިޖިނަލްގެ ދަށުން ގެނެސްދޭ ދެވަނަ ފިލްމުގެ ޝޫޓިން މި މަހުގެ 25 ގައި ފެންފުށީފައި ފަށަން ތައްޔާރުވަމުން އަންނަ އިރު، މީގެ ކާސްޓުން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

"ކޮސް ގިނަ މިސްޓޭކް" ގެ މައިގަނޑު ކާސްޓުންނަކީ ޔޫސުފް (ޔޫއްޕެ) ޝަފީއު، އަލީ ސީޒަން، ނުޒުހަތު (ނުޒޫ) ޝުއައިބް، އަލީ (ދޮންއައްޔަ) އާޒިމް، މަރިޔަމް އައްޒަ، އިރުފާނާ އިބްރާހީމް، އަހުމަދު ސައީދު، އަހުމަދު ނިމާލު، އަހުމަދު (އާނަންދު) އީސަ އަދި ހާމިދު އަލީ އެވެ.

އަހަރުގެ އެންމެ ވަރުގަގަ ރޮމޭންޓިކް ކޮމެޑީގެ ގޮތުގައި ޕްރޮމޯޓް ކުރާ އަދި ޔޫއްޕެ ލިޔެ، ޑައިރެކްޓް ކުރާ "ކޮސް ގިނަ މިސްޓޭކް" އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާ އަށް ގެންނަން ވަނީ ނިންމައިފަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

މި ފިލްމުވެގެން ދާނީ މި އަހަރު ޔޫއްޕެ ޑައިރެކްޓްކޮށް ގެނެސްދޭ ހަތަރު ވަނަ ފިލްމަށެވެ. "ދައުވަތު" ގެ އިތުރުން މި އަހަރު އޭނާ ވަނީ "40+" އާއި "ނަފުރަތުވުމުން" ވެސް ގެނެސް ދީފަ އެވެ.