13 އޯގަސްޓް 2019 - 20:39
ސްޓާ ޕްލަސްގެ ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގައި ޕްރޭނާގެ ރޯލް ކުޅެގެން މަޝްހޫރުވި ބަތަލާ ޝްވޭތާ ތިވާރީގެ ދެވަނަ ކައިވެނި ވެސް ރޫޅުމަކާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ޝްވޭތާ އާއި އަބިނާވް ކޯލީގެ ދޭތެރޭގައި މައްސަލަތައް ޖެހި، ދެ މީހުންގެ ގުޅުން ގޯސްވެފައިވާ ވާހަކަ މީޑިއާތަކުން ރިޕޯޓް ކުރާތާ ވެސް މިހާރު އަހަރެއްހާ ދުވަސްޖެ އެވެ. އެ ދެ މީހުން ކައިވެނިކުރީ 2013 ގަ އެވެ. އަދި ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވެ އެވެ.
ޕްރޭނާގެ އަލަތު ކައިވެންޏަށް ލިބިފައިވާ އަންހެން ދަރިފުޅު ޕަލަކް ޗައުދަރީ އަށް މިހާރު 19 އަހަރެވެ.
މީޑިއާތަކުން ބުނި ގޮތުގައި ޕްރޭނާ އާއި ދަރިފުޅަށް އަބިނާވް ގެވެށި އަނިޔާކުރާތާ ވެސް މިހާރު ދުވަސްތަކެއްވެއްޖެ އެވެ. އަދި މަސްތުވެގެން ހުރެ ބޭއަދަބީ މަންޒަރުތައް ހިމެނޭ ފޮޓޯތައް ޕަލަކްގެ ފޯނަށް ފޮނުވައި، ޕަލަކްއާ ބެހޭ ގޮތުން ހުތުރު ވާހަކަތައް ދައްކައި، އެ ބާވަތުގެ މެސެޖް ވެސް ފޮނުވާ ކަމަށްވެ އެވެ.
މި މައްސަލާގައި އަބިނާވްގެ މައްސަލަ މިދިޔަ އާދީއްތަ ދުވަހު ޕްރޭނާ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި އެކަމާ ގުޅިގެން އަބިނާވް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް، ބަޔާން ނަގައި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.
އެކަމަކު މިކަމާ ބެހޭ ގޮތުން ޕްރޭނާ މިހާތަނަށް އެއްވެސް ވާހަކައެއް މީޑިއާތަކާ ހިއްސާއެއް ނުކުރެ އެވެ.
ޕްރޭނާ އާއި ކުރީގެ އެކްޓަރު ރާޖާ ޗައުދަރީ 1998 ގައި ކުރި ކައިވެނި ރޫޅުނީ 2007 ގަ އެވެ. އޭނާ އާއި އަބިނާވްގެ ކައިވެނި ރޫޅުމުގެ ފުރުސަތު ބޮޑުވެފައިވާ އިރު އެ ކައިވެންޏަށް ލިބުނު ފިރިހެން ދަރިފުޅު ރެޔަންޝް ކޯލީގެ އުމުރުން މިހާރު ދެ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަ
13 November 2019
މީދިވެހިންގެ ތެރޭވެސް ވަރަަށް އާންމު މައްސަލައެއް. ދުނިޔޭގެ ވަރީގެ ރެކޯޑު ލިބޭނީ ގޭތެރޭގެ ހަމަނުޖެހުން ބޮއްސުންލީމަތާ!
ނޯނީޑު
13 August 2019
މީދިވެހިންގެ ތެރޭވެސް ވަރަަށް އާންމު މައްސަލައެއް. ދުނިޔޭގެ ވަރީގެ ރެކޯޑު ލިބޭނީ ގޭތެރޭގެ ހަމަނުޖެހުން ބޮއްސުންލީމަތާ!