24 އޯގަސްޓް 2019 - 12:19
ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ސިލްސިލާ "ކަސޯޓީ: ޒިންދަގީ ކޭ" ގައި އަނޫރާގާއި ޕްރޭނާގެ ރޯލް ކުޅޭ އެރިކާ ފެނަންޑޭޒާއީ ޕާތު ސަމްތާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެ އެވެ.
އެ ދެ ތަރިން ޗުއްޓީ ހޭދަކުރަނީ ކުލަބް މެޑް ކަނިފިނޮޅު ރިސޯޓްގަ އެވެ. ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕާތު ހިއްސާކުރި ނަމަވެސް، އެރިކާ އެއްވެސް ފޮޓޯއެއް ނުލަ އެވެ.
އިންޑިއާގެ ބައެެއް ނޫސްތަކާއި ފޭނުން ހަދާފައިވާ ބައެއް އިންސްޓް އެކައުންޓްތަކުގައި އެރިކާ އާއި ޕާތުގެ ޗުއްޓީ ދަތުރުގެ ފޮޓޯތަކެއް ހިއްސާކޮށްފައިވެ އެވެ.
މިދެ ތަރިން ރާއްޖެ އައި އިރު، ދާދި ފަހުން ވަނީ "ކަސޯޓީ" ގެ ވަރަށް މުހިއްމު މަންޒަރުތަކެއް ސްވިޓްޒަލެންޑްގައި ވެސް ނަގައިފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދައްކަމުން އަންނަ "ކަސޯޓީ" އަކީ އެކްތާ ކަޕޫރް މީގެ އަހަރުތަކެއް ކުރިން ހަމަ އެ ނަމުގައި ގެނެސް ދިން ސިލްސިލާގެ ބައެކެވެ.
މި ފަހަރުގެ ސިލްސިލާގެ ކާސްޓުން އެއްކޮށް ބަދަލުވެފައިވާ އިރު، "ކަސޯޓީ" ގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކަމަށްވާ ބަޖާޖްގެ ރޯލް މި ފަހަރު ކުޅެނީ ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސޯޓީ މާލެ
24 August 2019
ބާއްޖަވެރި ދަތުރަކަށް އެދެން