"ތަލައިވީ" ގެ ޓީމް އެމެރިކާގައި.
23 ސެޕްޓެމްބަރ 2019 - 08:27
ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ތަލައިވީ" ގެ ޕްރޮސްތެޓިކް މޭކްޕްގެ ޓްރަޔަލްއެއް ބަތަލާ ކަންގަނާ ރަވާނަތާ އެކު އެމެރިކާގެ ލޮސް އެންޖެލިސްގައި ކުރިއަށް ގެންގޮސްފި އެވެ.
ހޮލީވުޑްގެ ކުޅަދާނަ މޭކަޕް އާޓިސްޓް ޖޭޒަން ކޮލިންސް މޭކަޕާ ހަވާލުވެފައިވާ ފިލްމުގެ ޓީމުގެ އެމެރިކާ ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. "ތަލައިވީ" އަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގައި އޭނާގެ ގޮތުގައި ކަންގަނާގެ ހަތަރު ލުކެއް ފެންނާނެ އެވެ.
"ތަލައިވީ" އަކީ އޭ އެލް ވިޖޭ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ޓީމުން މިހާރު އަންނަނީ ވަރަށް ބާރަށް ކުރަމުންނެވެ.
#KanganaRanaut going through extensive prosthetic measurements at Jason Collins’s Studio in LosAngeles for #Thalaivi.Jason has previously worked for #CaptainMarvel creating prosthesis for @brielarson.Needless to say, Jayalalithaa's Biopic will definitely be something mind blowing pic.twitter.com/TjUcKBh0oy
— Team Kangana Ranaut (@KanganaTeam) September 20, 2019
"ތަލައިވީ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މި ފިލްމު ހިންދީ، ތެލެގޫ އަދި ތަމަޅަ ބަހުން ނެރޭނެ އެވެ.
ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އަންނަ އަހަރު ގެނެސްދޭ ދެ ފިލްމެއްގެ ތާރީހުތަކަށް ބަދަލު ގެނެސްފި އެވެ.
#Xclusiv: Dinesh Vijan announces release date of next two films...
— taran adarsh (@taran_adarsh) September 19, 2019
⭐ #AngreziMedium: 20 March 2020. Stars Irrfan Khan, Kareena Kapoor, Radhika Madan. Homi Adajania directs.
⭐ #RoohiAfza: 17 April 2020. Stars Rajkummar Rao, Janhvi Kapoor, Varun Sharma. Hardik Mehta directs.
އެގޮތުން ކުރިން އަންނަ އަހަރުގެ އެޕްރީލް 24 ގައި ރިލީޒްކުރަން އޮތް "އަނގްރޭޒީ މީޑިއަމް" މިހާރު ވަނީ މާޗް 20 އަށް އަވަސްކޮށްފަ އެވެ. ހޯމީ އަދަޖާނިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2017 ގެ "ހިންދީ މީޑިއަމް" ގެ ދެވަނަ ބައެވެ.
"އަނގްރޭޒީ މީޑިއަމް" ގެ ތަރިންނަކި އިރުފާން ޚާން، ކަރީނާ ކަޕޫރް އަދި ރާދިކާ މަދަން އެވެ.
ތާރީހު ބަދަލުކުރި އަނެއް ފިލްމަކީ ޖާންވީ ކަޕޫރް ޑަބަލް ރޯލެއް ކުޅޭ ހޮރޯ-ކޮމެޑީ "ރޫހީ އަފްޒާ" އެވެ. ކުރިން މާޗް 20 ގައި ރިލީޒްކުރަން އޮތް އެ ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 17 ގަ އެވެ. ހާޑިކް ޕަންޑިއާ ޑައިރެކްޓްކުރާ "ރޫހީ އަފްޒާ" ގެ ބަތަލުންނަކީ ރާޖްކުމާރު ރާއޯ އާއި ވަރުން ޝަރުމާ އެވެ.
ކާތިކް އާރިޔަން ލީޑް ރޯލް ކުޅޭ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ ބަތަލާއަކަށް ކިއާރާ އަދުވާނީ ސޮއިކުރުކަން އެ ފިލްމު ޕްރޮޑިއުސްކުރާ ޓީ ސީރީޒުން ކަށަވަރުކޮށް ދީފި އެވެ.
Welcome, Kiara.@Advani_Kiara now officially a part of #BhoolBhulaiyaa2 starring @TheAaryanKartik. Directed by @BazmeeAnees. Produced by @itsBhushanKumar, @MuradKhetani & Krishan Kumar.
— TSeries (@TSeries) September 21, 2019
In theatres on 31st July 2020.@Cine1Studios @farhad_samji #AakashKaushik @BhoolBhulaiyaa2 pic.twitter.com/9aiMeIiE2k
މީޑިއާތަކުން ކުރިން ބުނިގޮތުގައި އަނީސް ބަޒްމީ ޑައިރެކްޓްކުރާ ފިލްމުން ފެނުމުގެ ފުރުސަތު ބޮޑީ ޝްރަދާ ކަޕޫރް ނުވަތަ ސާރާ އަލީ ޚާނެވެ. ނަމަވެސް "ބޫލް ބުލައްޔާ 2" އަށް ކިއާރާ ސޮއިކުރިކަން ޓްވީޓްތަކުން އޭނާ އާއި ޓީ ސީރީޒުން ވެސް މި ވަނީ ޔަގީންކޮށް ދީފަ އެވެ.
މި ފިލްމަކީ އަންނަ އަހަރުގެ ޖުލައި 31 ގައި ރިލީޒްކުރާ ފިލްމެކެވެ.
"ބޫލް ބުލައްޔާ" އަކީ އަކްޝޭ ކުމާރާއި ވިދިޔާ ބަލަން، އަމީޝާ ޕަޓޭލް އަދި ޝައިނީ އަހޫޖާ 2007 ގައި ކުޅުނު "ބޫލް ބުލައްޔާ" ގެ ދެވަނަ ބައެވެ.
މާ މަޝްހޫރު ނޫން ތަރިންތަކެއް ހިމަނައިގެން އެކްސެލް އެންޓަޓައިންމަންޓުން ގެނެސްދޭ ކޮމެޑީ ސީރީޒް "ފުކްރޭ" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފްރެންޗައިޒެކެވެ.
.@PulkitSamrat @varunsharma90 @RichaChadha @oyemanjot Are you in for some Fukrapanti? #FukreyBoyzzz @FarOutAkhtar @Ritesh_sid @DiscoveryINhttps://t.co/nTQwdKswdh
— Excel Entertainment (@excelmovies) September 20, 2019
"ފުކްރޭ" ގެ ދެ ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ އިރު، ކުރިއަށް މިއޮތީ މީގެ އެނިމޭޓެޑް ޝޯއެކެވެ. އެކްސެލް އިން ވަނީ އެ ޝޯގެ ޓްރެއިލާއަކާ އެ ގެނެސްދޭ ތާރީހު ވެސް އިއުލާންކޮށްފަ އެވެ. ޑިސްކަވަރީގެ އިންޑިއާ ޗެނެލުން "ފުކްރޭ ބޯއިޒް" ގެ ނަން ދީފައިވާ ޝޯ ގެނެސްދޭން ފަށާނީ އަންނަ މަހުގެ 12 ގަ އެވެ.
"ފުކްރޭ" ގެ މައިގަނޑު ކެރެކްޓާތައް ފެންނަ މި ޝޯއަކީ ފިލްމުތައް ވެސް މަޖާހާ ވަރަށް މަޖާވާނެ ޝޯއެއް ކަމަށް އެކްސެލް އިން ބުންޏެވެ. "ފުކްރޭ" 2013 ގައި ގެނެސްދިނުމަށް ފަހު، "ފުކްރޭ ރިޓާންސް" ގެނެސްދިނީ 2017 ގަ އެވެ. އެ ފިލްމުތަކުގެ މުހިއްމު ރޯލްތައް ކުޅުނީ ޕުލްކިތު ސަމްރާޓް، ވަރުން ޝަރުމާ، އަލީ ފަޒަލް، ރިޗާ ޗައްޑާ، މަންޖޯތު ސިންގް އަދި ޕްރިޔާ އާނަންދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy