"ކާކު؟" ގެ ޕޯސްޓަރެއް.
24 ސެޕްޓެމްބަރ 2019 - 10:53
ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) ގެ ބިރުވެރި ފިލްމު "ކާކު؟" މިރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާގައި ކުރަން ތައްޔާރުވެއްޖެ އެވެ.
މި ފިލްމަކީ އޭނާގެ ވާހަކައަކަށް މަހުދީ އަހުމަދު ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.
"ކާކު؟" ގެ ތަރިންނަކީ ކުރިން ވީޑިއޯ ލަވަތަކުން ބެލުންތެރިންގެ ލޯބި ހޯދި އިބްރާހީމް (ކުޑަ ސޮބާ) ސޮބާހް، އިރުފާނާ އިބްރާހީމް، ޝާފިއު މުހައްމަދު، އައިޝަތު ޔާސިރާ އަދި ހާމިދު އަލީ އެވެ. އަދި ފިލްމުގެ ރޯލަކުން މާއެނބޫ ވެސް ފެންނާނެ އެވެ.
ރަށަކަށް ދާ ރައްޓެހިންތަކަކަށް ގެއެއްގެ ތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެއް ދައްކާ މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ހދ. ކުޅުދުއްފުށީގަ އެވެ.
ފިލްމާ ބެހޭ ގޮތުން މާއެނބޫ މިއަދު ބުނީ "ކާކު؟" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށެވެ.
"މަހުދީ ސްކްޕްރީންޕްލޭ ވެސް ހަމަ ވަރަށް ވަރުގަދަ. އަދި އަހަންނާއި ފިލްމުގެ ކާސްޓާއި ޖުމްލަކޮށް މުޅި ފިލްމުގައި މަސައްކަތްކުރި އެންމެންގެ އެހީއާ އެކު ވަރަށް ވެސް ހިތްހަމަޖެހޭ ގޮތަށް ފިލްމު ނިންމާފައި އޮންނާނީ،" އޭނާ ބުންޏެވެ. "އެހެންވީ ބިރުވެރި ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ހަމަ ވަރަށް ކަމުދާ ކަހަލަ ފިލްމަކަށްވާނެ ކަމުގެ އުންމީދު ބޮޑު."
މީގެ ދެ އަހަރު ކުރިން "ނޭދެން ވަކިވާކަށް" ގެނެސްދިން މާއެބޫ ބުނިގޮތުގައި "ކާކު؟" 14 ޝޯ އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވާ އިރު، ފިލްމުގެ ޓިކެޓް މިހާރު ވެސް އަންނަނީ ވިއްކަމުންނެވެ. އަދި ފިލްމު އަޅުވަން ޝައުގުވެރިވާ ރަށްރަށުން "ކާކު؟" ގެ ހޮޓްލައިނަށް ގުޅުމުން އެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.
"ކާކު؟" އަކީ މި އަހަރު އަޅުވާ 9 ވަނަ ފިލްމެވެ.
މި ފިލްމަށް ފަހު ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނާނީ އަންނަ މަހުގެ 22 ގައި އަޅުވާ އަލީ ސީޒަންގެ "އަނދިރިކަން" އެވެ.
އެންމެ ފަހުން އޮލިމްޕަހުގައި ދެއްކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އާ ޑައިރެކްޓަރު އިލްޔާސް ވަހީދުގެ ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗީޑި
24 September 2019
ގައިމު މާއެނބޫ ޓެޑްރީއަށްވުރެ ރަގަޅުދޯ. އެންމެ މޮޅޮ ޑައިރެކްޓަރުކަމަށް ދައުވާކުރާ މީހާ އެންމެ ފިލްމެއް ޑައިރެޓްކޮށްފަ އިތުރު ފިލްމެއް ޑައިރެކްޓް ކުރަން ނުކެރުނު ކާމިޔާބު ތަކުރާރު ނުވެދާނެތީ. މާއެނބު ވެއްޖެއްޔާ ކޮންމެވެސް އެއްޗެއް އެބަހަދައެއްނުން ބެލުންތެރިންނަށް ދެއަހަރުން އެއްއަހަރު.
ދޮންހިޔަލަ
24 September 2019
އެހާ ރީތިހެން ހިއެއްނުވޭ. ވަރަށް ކުރީ ޒަމާނު ސްޓައިލް. ބަވަތި ހަމަ ވަރަށް ހަބޭސް. މިޒަމާނުގެ ވަރުގަދަ އިޝޫއަކަށް ފިލްމު ހެދިފަ އޮތީ. އެކަހަލަ ސަޅި ފިލްމްތައް ހަދާބަ. ޑާކްރެއިންއާ ވާދަކޮށްލެވޭ ވަރުވޭ ބަވަތި.
މާއެބޫ
24 September 2019
ކާކުބާ މި ފިލްމު ބަލަން ދާނީ؟ އަޅެ ފަހެ ކާކު؟ ކާކު؟