09 އޮކްޓޯބަރ 2019 - 06:15
ސަލްމާން ޚާން ހޯސްޓްކޮށް، ކަލާޒް ޗެނެލުން މިހާރު ދައްކަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13 އިން ބަލަން ނުކެރޭ ކަހަލަ މަންޒަރުތައް ދައްކާ ކަމަށާއި ސެންސަރުކޮށްގެން ޝޯ ނުދެއްކޭ ނަމަ އެ ޝޯ ހުއްޓުމަކަށް ގެންނަން ކޮންފެޑެރޭޝަން އޮފް އޯލް އިންޑިއާ ޓްރޭޑާޒް (ސީއޭއައިޓީ) އިން އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ޕްރަކާޝް ޖަވާދޭކަރަށް ހުށަހަޅައިފި އެވެ.
މީޑިއާތަކުން ބުނިގޮތުގައި ގޭގެ ސިޓިން ރޫމްގައި އާއިލާގެ އެންމެން ތިބެގެން ބަލަން ނުކެރޭ ޒާތުގެ މަންޒަރުތައް ޝޯ އިން ދަނީ ގެނެސްދެމުންނެވެ. އެހެންވެ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ޝޯ ދައްކާ ނަމަ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބަލަންކެރޭ ކަހަލަ ޝޯއަކަށް ޝޯ ހަދައިދޭން ސީއޭއައިޓީން އެދިފައިވެ އެވެ.
އަދި "ބިގް ބޮސް" އަކީ ޕްރައިމް ގަޑީގައި ގެނެސްދޭ ޝޯއަކަށްވާތީ މިފަދަ ކަންކަމަށް ސަމާލުވާން ޖެހޭ ކަމަށް ވެސް ބުންޏެވެ.
#BiggBoss13 ka mausam ho raha hai rangeen ❤#SiddharthDey aur @shefali_bagga ke beech ho rahi hai baatein haseen!
— COLORS (@ColorsTV) October 7, 2019
Dekhiye inka #LoveDose, tonight at 10:30 PM
Anytime on @justvoot@Vivo_India @BeingSalmanKhan #BiggBoss #BB13 #SalmanKhan pic.twitter.com/67POXZP7N3
"ޓީއާރްޕީ މަތިކުރުމުގެ ބޭނުމުގައި ކަމަށް ވިޔަސް އަހަރެމެންގެ ސަގާފަތާއި އާދަކާދަތަކާއި ނުގުޅޭ ކަހަލަ ބޭއަދަބީ މަންޒަރުތަކާއި ވާހަކަތައް ދައްކާ މަންޒަރުތައް ދެއްކިގެން ނުވާނެ،" ސީއޭއައިޓީގެ ސެކްރެޓަރީ ޖެނެރަލް ޕަރްވީން ކަންޑެލްވާލް ވިދާޅުވި އެވެ.
#ShehnaazGill ko ho rahi hai #MahiraSharma se problem, iska kya effect hoga nominations par? Dekhne ke liye tune-in to #BiggBoss13, tonight at 10.30 PM!
— COLORS (@ColorsTV) October 7, 2019
Anytime on @justvoot@Vivo_India @BeingSalmanKhan #BiggBoss #BB13 #SalmanKhan pic.twitter.com/TJyfrmi7YY
އޭނާ ވިދާޅުވި ގޮތުގައި "ބިގް ބޮސް 13" ގައި ބެޑް ފްރެންޑް ފޯއެވާ (ބީއެފްއެފް) ގެ ނަމުގައި މި ފަހަރު ދެ ޖިންސުގެ ބައިވެރިން އެއް އެނދެއް ހިއްސާކުރާ ގޮތަށް ނިންދެވުމަކީ ވަރަށް ދަށް ފެންވަރުގެ އަދި ނުރަނގަޅު ކަންކަމަށް ދެވޭ ހިތްވަރެކެވެ.
"އެހެންވީމާ މިހިރީ ބަލައިގަނެވޭނެ ކަހަލަ ކަންތައްތަކެއް ނޫން،" ޕަރްވީން ވިދާޅުވި އެވެ. "ގިނަ ބަޔަކު ޓީވީ ބަލާ ގަޑީގައި އެ ޒާތުގެ މަންޒަރުތައް ފެންނަ ޝޯއެއް ދެއްކުމަކީ އަހުލާގީ ގޮތުން ވެސް ވަރަށް ދަށްފެންވަރުގެ ކަމެއް."
ސީއޭއައިޓީން މިނިސްޓަރަށް ހުށަހެޅި މައްސަލައާ ގުޅިގެން ރަސްމީ އެއްވެސް ފަރާތަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީގެ ޝޯތަކުގެ ތެރޭގައި ހިމެނޭ "ބިގް ބޮސް" ގެ މި އަހަރުގެ ސީޒަން ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރެ އެވެ. މި ފަހަރުގެ ޝޯގައި ހިމެނެނީ 13 ސެލެބްރިޓީންނެވެ. އެއީ 5 ފިރިހެނުންނާއި 8 އަންހެނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނެޑީ
09 October 2019
ހެހެހެ އެންމެން އެކީ ބަލަންޏާބަލާ ކާޓޫން ނެޓްވޯކް
ރަބަރު
09 October 2019
ޝޯތައް ބަލަންކެރުމާ ނުކެރުން ގުޅިފައި އޮންނަނީ އެއާއިލާއެއްގެ އާދަކާދައާއި ވިސްނުމާފިކުރާ ޒަމާނަށް އަންނަ ބަދަލުތަކާ އެވެ. އެހެންކަމުން ޝޯ ބަލަން ނެއެދޭ ބައެއް ތިއްބަސް ބަލަންއެދޭ މީހުންވެސް ތިބޭނެއެވެ. ގިނަވާނީވެސް މިބައިމީހުންނެވެ. އިންޑިއާ ގައި އެތައްސަތޭކަ ޗެނަލުން ތަފާތު ޝޯތައް ދައްކައެވެ. ބަލަން ބޭނުން ނުވާމީހުން އެހެން ޗެނަލަކަށް ބަދަލު ކޮށްލާށެވެ.