15 އޮކްޓޯބަރ 2019 - 15:04
މި އަހަރުގެ ފުރަތަމަ ފިލްމަކަށް ގެނެސްދިން ބަތަލާ ނިއުމާ މުހައްމަދު ވަދާއީ ފިލްމު "ނިވައިރޯޅި" ގެނެސްދިނުމަށް ފަހު އޭނާގެ ފިލްމީ ކެރިއަރަށް 25 އަހަރުން ފާހަގަކުރަން ބުރާސްފަތި ދުވަހުގެ ރޭ ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފި އެވެ.
ނިއުމާ ބުނީ އެރޭ ހޮޓެލް ޖެންގައި ބާއްވާ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވަޑައިގަންނަވާ ކަމަށެވެ.
"މި އިވެންޓަކީ އަހަރެންގެ ކެރިއަށް ފަންސަވީސް އަހަރު ފުރޭތީ އެކަން ފާހަގަކުރަން ބާއްވާ ހާއްސަ ޑިނަ ނައިޓެއް. އޭގެ ތެރެއިން ދެތިން ސަޕްރައިޒެއް ވެސް ދޭނަން،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ނިއުމާ ބުންޏެވެ.
އޭނާގެ ކެރިއަރަށް 20 އަހަރު ފުރުން ފާހަގަކުރަން 2017 ގައި ވެސް "ސެލެބްރޭޓިން 20" ގެ ނަމުގައި ހާއްސަ ހަފުލާއެއް ބާއްވައި އޭގައި ނިއުމާގެ ވީޑިއޯ ލަވަ ކަލެކްޝަނެއް ވެސް ނެރެފައިވެ އެވެ. އަދި "ނިވައިރޯޅި" އަކީ ވެސް އެ ހަފުލާގައި އިއުލާންކުރި ފިލްމެކެވެ.
ނިއުމާ ފިލްމީ ދާއިރާ އަށް ނުކުތީ 1994 ގައި ޑްރާމާ ސިލްސިލާ "ހިތި ތަޖުރިބާ" އިންނެވެ.
އޭނާ ބުނީ "ނިވައިރޯޅި" އާ އެކު އެކްޓްކުރުން ހުއްޓައިލި ނަމަވެސް ކެމެރާގެ ފުރަގަހުގައި ފިލްމީ ދާއިރާގެ އެކި މަސައްކަތްތަކުގައި އަބަދުވެސް ހިއްސާވާނެ ކަމަށެވެ. އެގޮތުން ނިއުމާ އަކީ މިހާރު ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި ފިލްމުތަކުގެ ތެރޭގައި "ނިވައިރޯޅި" އާއި "ހައްދު" އަދި "ނޯޓީ 40" ހިމެނެ އެވެ.
"ނިވައިރޯޅި" ޕްރިމިއާކުރަން މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުގެ ރޭ ބޭއްވީ ހަފުލާގައި ވެސް ނިއުމާ ޕްރޮޑިއުސްކުރާ ފިލްމެއް އިއުލާންކުރި އެވެ. އެއީ ރަވީ ފާރޫގް ޑައިރެކްޓްކުރާ "ގޯނާ" އެވެ. އެކަމަކު ފަހުން އެ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އޭގެ ޓީމުން ނުދައްކަ އެވެ.
"ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ހަފުލާގެ ތެރޭގައި އާ ޕްރޮޖެކްޓްތަކެއްގެ މައުލޫމާތު ލިބިގެން ދާނެ. އެރެއަށް އިންތިޒާރިުކޮށްލާށޭ ބުނެވޭމީ،" މޯލްޑިވްސް ފިލްމު އެސޯށިއޭޝަން (އެމްއެފްއޭ) ގެ ވައިސް ޗެއާޕާސަންގެ މަގާމުގައި ވެސް ހުރި ނިއުމާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިލް
16 October 2019
ކިހާދެން ބޮޑުވެއްޖެ ކަމެއްތަމީ، ދެއިރު ދެދަޅައަށް ވަދާއީ ވަދާއީ! ހޮޓެލް ޖެން ކަހަލަ ތަނެއްގައި ޑިނަރނައިޓްތައް ބާއްވަން ފަންޑު ހޯދަނީ ކިހިނަކުން ބާއޭވެސް މަގޭ ހިތަށް އަރާ؟ ކެމެރާގެ ފަހަތަށް ދިޔައީތީ މަށަށް ދެރައީ، މިހާ އެޓެންޝަން ބޭނުންވާއިރު ހަމަ ލަވަޔާ ފިލްމު ކުޅެލަކުޅެލަ ހުރިނަމަ. މީހުން ހާދަ ހަޖޫއެއް ޖަހައޭ ތިއުޅޭ ފާޑަކުން. 25 އަހަރުގެ ކެރިއަރ ރީތިކޮށް ބާއްވާފަ، އުފެއްދުމުގައި އުޅުނީމަ މާ ރީތިވާނެ. މީހުން ބަލައިގަންނާނެ. މީ ބޮޑު ޖޯކެއް ހުވާ
އިދުރީސްނަންބަރު2
15 October 2019
މީ ނިއުމާގެ ވަދާއީ ވަދާއީ ވަދާއީ ޝޯ.
ރާއްޖެ
15 October 2019
ޜައީސް މީހާ ކުރާނެ ކަމެއް ނެތިގެން ދެމީހަކު ކޭކެއް ފެޅިޔަސް އެތަނަށް އެބަދޭ. ޢެހެން ނޫނީ ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ބޮޑުވަޒީރު ކުރައްވަނީތަ؟
ތުލްހާ
15 October 2019
މަޖިލީހުގެ ރައީސް ގައުމުހިންގަނީ..އެކަމު އެބޭފުޅާ ވެރިކަންކުރިއިރު ގައުމު އޮޔާ ދިޔައީ..އޭރު ހުނަރު ނެތީ ..މިހާރު ހުނަރު ހިފައިގެން އައިސް އެއުޅުއްވަނީ..
ބަބުރުކަލޯ
15 October 2019
ބޮޑުވަޒީރަކީ މިހާރު މީހަކީ.
ނަޝީ
15 October 2019
ބޮޑުވަޒީރު ވެސް ކަންކަން އަވަސް ކުރަން މަސައްކަތް ކުރަންޖެހޭ. މަސީހްހެން ކޯޓޭއެއް ހަދާން އިނަކަސް ކަމަކު ނުދާނެ
މުރާސިލް
15 October 2019
މާތްކަލާކޯއެވެ. ދެން ތިޔަ ޖާދޫތައް ދެއްކުން ހުއްޓާާށެވެ. ނިއުމާގެ ޖާދޫ މިހާރު ނިމިއްޖެއެވެ. ނިޢުމާ އުޅޭތީއޭ ހިތާ ނިއުމާގެ ފިލްމެއް ބަލާކަށް މިހާރު މީހަކު ސިނަމާއަކަށް ނުދާނެއެވެ. ތީ ބޭކާރު ހަފްލާތަކެކެވެ. ބޮޑެތި ޚަރަދުތައްކޮށްގެން ތިކަން ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
މައީ
15 October 2019
ނިއުމާ ހަމަ މޮޅީ
ވޯލް
15 October 2019
މިކަހަލަ ތާކުން ތާކު ނުޖެހޭ އިވެންޓް ބޭއްވުމަށް ބޭނުންވާ ފަންޑް ހޯދަނީ ކިހިނެއްތޯވެސް އެބަޖެހޭ ބަލަން. ރިޓަޔަރ ކޮށްފަހުރި މީހުން އިރިއިރު ކޮޅާ އިވެންޓް ބާއްވާތަ؟ މީހުން ރިޓަޔަރ ކުރަނި އެކުރި މަސައްކަތެއް ދެކެ ފޫހިވެގެން ނުނީ އާއިލާއާއި އެކު ވަގުރު ހުސްކޮށް އަމިއްލަ ދިރިއުޅުމެއް އުޅެން.
ރޯނު އެދުރުބޭއަށް،
15 October 2019
މީހުން ރިޓަޔާ ކުރަނި ކީއްވެގެންނޭ؟ ހަހަހަހަ.ލޮލް.. ޔޫގަންޑާއިން އެންމެ ފަހުން ދޫކުރި ސްކޮލަރޝިޕުންތަ ކިޔެވީ ޗަކޮއި.
ވޫޫޫޫ
15 October 2019
ޕުލީޒް .... ސުނީ ބަައިވެރިކުރައްޗެ...އުއީ ހަމަ ބެސްޓް
ސަންޕަ އަހަންމަދު
15 October 2019
އިބޫ އެތަނަށްދަނީ ނިއުމާޔާއެއްކޮށް ސެލްފީއެއް ނެގޭތޯތަ؟
ލޯމާފާނު
15 October 2019
ނަމެއްގަ ހުންނަ ރައީސެއް ވީމާ ނިކަން ހުސް ވަގުތު ގިނަ. ގައުމު އޮތީ އޮޓޯ މޯޑްގަ.
އެމް.ޑީ
15 October 2019
ނިއުމާ ވަރެއް ހަމަނެތް..ހުނަރުގެ ގޮތުންވެސް ރީތިކަމުންވެސް..ނިއުމާ އާއި ކައިރިކުރެވޭ މީހަކުވެސްނަތް..
ބުޅާ
15 October 2019
ހެޔޮނުވާނެ، ތިޔަ ސަޕްރައިސަކަށް އިތުރު ފިލް މެއް ކުޅޭ ވާހަކަ ނުބުނާތި.
Mariyam Maree
16 October 2019
ނިއުމަާ ހަމަމޮޅީ