ނިކްޔަންކާ ވެޑިން އެނިވަސަރީ
02 ޑިސެމްބަރ 2019 - 07:23
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުރަތަމަ ދުވަހު ކުރި ކައިވެންޏަށް އަހަރުވީ އިރު އެ ކައިވެންޏާއި އެ ދެ މީހުންގެ ވާހަކަ ދެއްކުން އަދިވެސް ނުހުއްޓެ އެވެ.
ޖޯދްޕޫރްގެ އުމައިދް ބަވަންގައި ބޭއްވި މި ކައިވެންޏަކީ އެ އަހަރު އޮތް އިނގިރޭސި ޝާހީ ކައިވެންޏަށް ފަހު އެ އަހަރު ބޭއްވި އެންމެ ބޮޑު ކައިވެންޏެވެ. ޒުވާން އެތައް ޖޯޑެއް މިސާލެއްގެ ގޮތުގައި ބަލާ މި ޖޯޑަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި ވެސް މިހާރު އެންމެ މަޝްހޫރު އެއްޖޯޑެވެ.
ކައިވެންޏަށް އަހަރު ފުރުމާ ދިމާކޮށް "އީ އޮންލައިން" އާ ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ ކޮންމެ ދުވަހަކު ހެނދުނު ހޭލާފައި ނިކް ފެނުމުން ރައްކާތެތިކަމުގެ އިހްސާސްވާ ކަމާއި އެ ހިމާޔަތް ލިބެނީ ފިރިމީހާ ނިކްގެ ސަބަބުންކަން ކޮންމެ ދުވަހަކު ހިތަށް އަރަ އެވެ. އަދި މީގެކުރިން އަމިއްލަ މައިންބަފައިން ފިޔަވައި އިތުރު އެއްވެސް ބަޔަކާ ގުޅިގެން އެފަދަ އަމިއްލަވަންތަކަމެއް އިހްސާސްވެފައި ނުވިޔަސް މިއަދު ފިރިމީހާ އާއިލާ އެއީ އޭނަ އިހްތިޔާރުކުރި އޭނާގެ އަމިއްލަ އާއިލާކަން އިހްސާސްކުރެވޭ ކުރެވޭ ކަމަށް ބުންޏެވެ.
ކައިވެންޏަށް ފަހު މި ޖޯޑު އެކުގައި ހާއްސަ އެތައް ދުވަހެއް ފާހަގަކޮށް އުފާވެރިކަން ހޯދާފައިވެ އެވެ. މަޔާމީގައި ބޭއްވި ޕްރިޔަންކާގެ އުފަންދުވަހުން ފެށިގެން ޝިކާގޯ ސޯލްޑާ ފީލްޑްގައި ފާހަގަކުރި ނިކްގެ އުފަންދުވަސް މީގެތެރެއިން ފާހަގަކޮށްލެވެ އެވެ.
އަމިއްލަ ގެއެއް ގަތުމާއި ދަރިއަކު ހޯދުން ޓުޑޫ ލިސްޓްގައި ހިމެނޭ ކަމަށް މީގެ ކުރިން ވެސް ބުނެފައިވާ ޕްރިންޔާ، ކައިވެންޏަށް އަހަރުވުމާ ގުޅިގެން ދެއްކި ވާހަކާގައި ވެސް މި ވާހަކަތައް ތަކުރާރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭޓޫ
02 December 2019
އެންމެ ލޯބި ކަޕްލް އަކީ ދީޕްވީރު