އަލައިއާ.
05 ޑިސެމްބަރ 2019 - 07:36
ފުރަތަމަ ފިލްމު ރިލީޒް ނުވަނީސް، ޒުވާން ބަތަލާ އަލައިއާ ފަރުނީޗަރުވާލާ ދެވަނަ ފިލްމަކަށް ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން" އިން އަންނަ އަހަރު ބޮލީވުޑަށް ތައާރަފުވާ އަލައިއާ ސޮއިކުރި ދެވަނަ ފިލްމަކީ ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ "ޕްރޮޖެކްޓް 10" އެވެ.
އަނޫރާގް އެންމެ ފަހުން ޑައިރެކްޓްކޮށް ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރުގެ "މަންމަރުޒިޔާ" އެވެ.
ހަންގާމާ އިން ބުނިގޮތުގައި ބޮޑު ކާސްޓެއް ހިމެނޭ އަދި ތަފާތު ލޯބީގެ ވާހަކައެއްކިޔައިދޭ ފިލްމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އަނޫރާގް މިހާރު ވަމުން އަންނަ އިރު، މި ފިލްމުގެ މަންޒަރުތައް ނަގާނީ އިންޑިއާ އާއި އިނގިރޭސިވިލާތުގަ އެވެ. އެގޮތުން އަލައިއާގެ ވަރަށް ވަރުގަދަ ރޯލެއް ވެސް ފިލްމުގައި ހިމެނޭނެ ކަމަށް ބުންޏެވެ.
އަލައިއާ، 22، އަކީ "ޖޯ ޖީތާ ވޮހީ ސިކަންދަރު" ފަދަ ފިލްމުތައް ކުޅުނު ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިފުޅެވެ. އޭނާގެ އަލަތު ފިލްމު "ޖަވާނި ޖާނެމަން" ކުރިން މިދިޔަ މަހުގެ 29 ގައި ރިލީޒްކުރަން ތާވަލުކޮށްފައި ވަނިކޮށް، ފިލްމު މިހާރު ވަނީ އަންނަ އަހަރުގެ ފެެބްރުއަރީ 7 އަށް ފަސްކޮށްފަ އެވެ.
ނިތިން ކައްކަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަލައިއާ ފެނިގެންދާނީ ސައިފްގެ ދަރިއެއްގެ ރޯލުންނެވެ. ތައްބޫ ވެސް މުހިއްމު ރޯލެއް ކުޅެފައިވާ "ޖަވާނި ޖާނެމަން" އަކީ ބައްޕައަކާއި ޒުވާން އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިއްޔާ
05 December 2019
އަލައިލާ އެއް ނޫން އާލިޔާ
ޔުޓެންސިލްވާލާ
05 December 2019
ދެން ފަރުނީޗަރުވާލާ އެއީ ރަނގަޅު ނަމެއްތަ؟
ހައްލުލު
05 December 2019
ފަރުނީޗަރު ވާލާ ރަނގަޅު. އެކަމަކު އަލައިލާއެއް ނޫން. އާލިއ ކިޔަނީ