އާޝާ ޕަރޭކް.
06 ޑިސެމްބަރ 2019 - 08:28
ބޮލީވުޑްގެ ކުރީގެ ޑައިރެކްޓަރު ނާސިރު ހުސައިން ދެކެ ވަރަށް ލޯބިވި ކަމަށާއި އެއީ މިހާތަނަށް ހިތުގެ އަޑިން އެންމެ ބޮޑަށް ލޯބިވެވުނު މީހާ ކަމަށް ކުރީގެ ބަތަލާ އާޝާ ޕަރޭކް ބުނެފި އެވެ.
ހިންދީ ސިނަމާގައި 50 އާއި 60 ގެ އަހަރުތަކުގައި "ދަ ހިޓް ގާލް" ގެ ނަމުން މަޝްހޫރުވެގެން ދިޔަ ކާމިޔާބު ބަތަލާ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ނާސިރު ދެކެ ލޯބިވެވުނީ އެއީ ކުރިން މީހެއްގެ ފިރިއެއްކަން ނޭނގި ކަމަށެވެ. އަދި އެކަން އެނގުނު ހިސާބުން އެކަމާ ވަރަށް ދެރަވި ކަމަށާއި އެކަމަކު އާއިލާއެއް ރޫޅާލައިލަން ބޭނުން ނުވުމުން އެ ގުޅުން ނިމުމަކަށް ގެނައީ ކަމަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 77 އަހަރުގެ ބަތަލާ ބުންޏެވެ. .
"ނާސިރުގެ އަންބަކަށް ނުވެވުނަސް އޭނަގެ އާއިލާގެ ލޯތްބާއި އިހުތިރާމު އަބަދު ވެސް އަހަންނަށް އޮވޭ،" މިހާތަނަށް ކައިވެންޏެއްކޮށްފައި ނުވާ އާޝާ ބުންޏެވެ.
ދެހާސް ދޭއްގައި މަރުވެފައިވާ ނާސިރު ހުސައިނަކީ އެކްޓަރު އާމިރު ޚާންގެ ބައްޕަ އަދި ޑައިރެކްޓަރު/ޕްރޮޑިއުސަރު ތާހިރު ހުސައިންގެ ކޮއްކޮ އެވެ. އޭނާގެ ދެވަނަ ފިލްމު ދިލް ދެކެ ދޭކޯ (1957) ގެ އިތުރުން ޑައިރެކްޓްކުރި ގިނަ ފިލްމުތަކެއްގެ ބަތަލާގެ ރޯލް އާޝާ ކުޅެފައިވެ އެވެ.
އޭގެ ތެރޭގައި "ޖަބް ޕިޔާރު ކިސީ ސޭ ހޯތާ ހޭ" އާއި "ޕިރް ވޮހީ ދިލް ލާޔާ ހޫ" އާއި "ބަހާރޯން ކޭ ސަޕްނޭ" އަދި "ކެރަވަން" ހިމެނެ އެވެ.
އާޝާ ބުނިގޮތުގައި ނާސިރާ ވަކިވުމަށް ފަހު، އެމެރިކާގެ ޕްރޮފެސަރަކާ ވެސް ކައިވެނިކުރަން އުޅުނެވެ. އެކަމަކު ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް، އޭނާގެ ލޯބިވެރިއެއް ހުންނަ ވާހަކަ ބުނި ހިސާބުން، އެ ގުޅުން ނިމުމަކަށް ގެނެސް، ކައިވެންޏާ ދޭތެރޭ ހުވަފެން ދެކުން ހުއްޓައިލި ކަމަށް އާޝާ ބުންޏެވެ.
ހިންދީ ސިނަމާ އަށް ކޮށް ދީފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް އިންޑިއާ ސަރުކާރުން 1992 ގައި ޕަދުމާ ޝްރީ އެވޯޑް ވެސް އަރުވާފައިވާ އާޝާ އަކީ މުމްބާއީގައި އަމިއްލަ ނަމުގައި ހޮސްޕިޓަލެއް ހިންގަމުން އަންނަ ފަންނާނެކެވެ. އަދި ކަރާ ބަވަންގެ ނަމުގައި ޑާންސް އެކެޑެމީއެއް ވެސް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނުހުންނަ މީހާ1
06 December 2019
އާމިރު ޚާނު ބުނީ ދޮން މަންމަ ކިޔާފަ ގޮވާލިޔަސް އޯކޭހޯ
ޢަހުމަދު1417
08 December 2019
އާޝާ ޕާރެކްގެ ބައޮގްރަފީ "ދަ ހިޓް ގާލް"ގައި ވެސް އޭނާ ވަނީ ކުރީގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ޑައިރެކްޓަރު ނާސިރު ހުސެއިން ދެކެ އޭނާ ވީ ލޯބީގެ ވާހަކަ ކިޔައިދީފަ އެވެ. ނާސިރު ހުސެއިން އަކީ ފިލްމީ ބަތަލު އިމްރާން ޚާންގެ ކާފަ އެވެ. އަދި އާމިރު ޚާންގެ ބޮޑުބޭބެ އެވެ
ހުންނައްޗޭ
06 December 2019
މަމެން ހީކުރަމޭ ތަމެން ވެސް މިގޮތުގައި ތިބޭނެ ކަމަށް މަމެން އުއްމީދު ކުރަމޭ ކޮންމެ ވެސް ދުވަހަކުން ތަމެންނާއި ބައްދަލުވާނޭ ކަމަށް...
ނާސިރު ހުސެއިން
06 December 2019
މިހާރު ތަ އެގުނީ ތިހެން ބުނަން، ދެން ހެޔޮ
ޕަރެކް
06 December 2019
ޢަދިވެސް ރީތި.. އޭރު ހާދަ ރީއްޗެވެ
ީގިމި
06 December 2019
ޟ މިޒަމާނުގަ ރަގަޅުވަނީ އެކަނި ދުނިޔޭގަ އުޅެ މަރުވެ ދިއުން
ނޮޓްއެލޯން
06 December 2019
ލަވް އިޒް ބްލައިންޑް ދޯ ލޯތްބަކީ އެއީ އަނދިރި އެއްޗަކީ ޔޫއާރ ނޮޓް އެލޯން އައި އޭމް ހިއަރ ވިދް ޔޫ ދޯ ޔޫއާރ ފާރ އަޕާރޓް ޔޫއާރ ނޮޓް އެލޯން ނޮޓް އެލޯން ނޮޓް އެލޯން...