14 ޑިސެމްބަރ 2019 - 13:54
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ވިދިއާ ބާލަން ޗުއްޓީ އަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
އޭނާއާ އެކު ވެލާނާ އިންޓަނެޝަނަލް އެއާޕޯޓްގައި ދިވެހި ފޭނުންތަކެއް ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. ނަމަވެސް ދަތުރާ ގުޅޭ އެއްވެސް ފޮޓޯއެއް ވިދިޔާ އަދި ސޯޝަލް މީޑިއާގައި ހިއްސާނުކުރާތީ އޭނާ ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.
"ދަ ޑާޓީ ޕިކްޗާ" ކުޅެގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ 40 އަހަރުގެ ބަތަލާ ރާއްޖެ އައީ ފިރިމީހާ އަދި ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރާ އެކީގައި ކަމަށް އެނގިފައިވެ އެވެ. އޭނާ އަކީ "އާޝިގީ 2" ފަދަ ފިލްމުތައް ކުޅުނު އަދިތިޔާ ރޯއި ކަޕޫރްގެ އިތުރުން އެކްޓަރު ކުނާލް ރޯއި ކަޕަޕޫރްގެ ބޭބެ އެވެ.
ވިދިޔާ ރާއްޖެ އައިސްފައި މި ވަނީ ހިއުމަން ކޮމްޕިއުޓަރުގެ ނަމުން މަޝްހޫރުވި އިންޑިއާގެ ކުރީގެ ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ބައޮގްރަފިކަލް ޑްރާމާގެ ޝޫޓިން މި މަހުގެ ކުރީކޮޅު ނިންމާލައި، ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކުރުމަށް ފަހު އެވެ. ވިދިޔާ ޝަކުންތަލާގެ ރޯލު ކުޅޭ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މެއިި 8 ގަ އެވެ.
ވިދިޔާ، ފިރިމީހާއާ އެކު.
ވިދިޔާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ އޮގަސްޓް މަހު ރިލީޒްކުރި "މިޝަން މަންގަލް" އިންނެވެ.
އާ އަހަރަކަށް މަރުހަބާ ކިޔަން ގާތްވަމުން އަންނަ އާ އަހަރާ ދިމާކޮށް ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ރާއްޖެ އަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވެ އެވެ.
ބަތަލާ ނުޝްރަތު ބަރޫޗާ ވެސް މިހާރު އަންނަނީ ސަން ޝިޔާމް އިރުފުށި ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
14 December 2019
ނޫސްވެރިން ތަރިންތަކާ މަޝްހޫރު މީސްމީހުން ރާއްޖެ އައީމަ ލިޔަނީ ރާއްޖެ އިޝްތިހާރުކުރާށެވެ. މިހެން މިލިޔުނީ ކޮމެންޓެއްގައި ލ. ގަ ކޮންމެވެސްމީހަކު ގްރޫޕް ޗުއްޓީ ހަދާވާހަކަލިޔުނީމައެވެ.
ސުނިލް ސެޓީ
14 December 2019
ލ އަތޮޅު އިޝްތިހާރު ކުރުން ވެސް ކޮބާ މައްސަލަ އަކީ؟އިންޑިއާގެ ފިލްމުސުޓާރު "ވިދިޔަ" ރާއްޖެ އައި ވާހަކަ ދިވެހި ބަހުން މިހާރު އޮން ލައިންގައި ލިޔުމުން ބޭރު މީހުނަށް ރާއްޖެ އިޝްތިހާރު ވާގޮތެއް މަށެެެއް ނުދެނަ ހުރީ މެވެ.ދިވެހި ބަހުން ލިޔަނީ ދިވެހިން ކިޔާކަށް ނޫންބާއެވެ
ޓްރިޕްވިގޯ
14 December 2019
އަހަރެމެން މިދަނީ ޗުއްޓީ އަށް ލާމު އަތޮޅަށެވެ.އެތަނުގެ ރީޗި ފަޅު ރަށެއްގައި ޗުއްޓީ ހަދާ ލާށެވެ. އިހި ނަގާ ޑިގާ ނަގާ ބޯވަ ނަގާ ބޮލި ނަގާ މަސް ބާނާ ބާބަކިޔު ހަދާ ލާށެވެ. ބޮޑު ގްރޫޕެކެވެ.
ކިއްލިބާޝާ
14 December 2019
ވިދުޔާއަކަށްނުދެވޭނެ ބޯވަނަގާ، ބޮލިހިލާކަށް، ކަލޭ ދިޔަސް.
ހިބަޅިދޫ
14 December 2019
ވަރަށް ސަޅި ވާނެއެވެ.