ހީނާ ޗުއްޓީ ހޭދަކުރަނީ ކުރުނބާގައި.
21 ޑިސެމްބަރ 2019 - 18:29
އިންޑިއާގެ ޓީވީ ބަތަލާ ހީނާ ޚާނަކީ ރާއްޖޭގެ ޗުއްޓީ އަށް މިހާރު އެންމެ ފަރިތަ އެއް ބަތަލާ އެވެ. މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. މިހާރު ވެސް ހީނާ ހުރީ ރާއްޖޭގަ އެވެ.
ލޯބިވެރިޔާ ރޮކީ ޖެއިސްވާލާ އެކު މި ފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ ވެރިރަށް މާލެއާ އެންމެ ކައިރި އަށް އެއް ރިސޯޓް ކަމަަށްވާ ކުރުނބާ މޯލްޑިވްސްގަ އެވެ. ހީނާގެ ޗުއްޓީގެ ދަތުރުތަކުގެ އިންސްޓަގްރާމް ފޮޓޯތަކުގެ މި ފަހަރުގެ އުސްއައްޔަކީ ފްލޯޓިން ބްރޭކްފާސްޓެވެ.
ފޮޓޯތަކުގައި ފެންނަނީ ޕޫލެއްގެ ތެރޭގައި ފްލޯޓިން ބްރޭކްފާސްޓް ތައްޔާރަށް ހުރި އިރު، އޭގެ އެކިއެކި އެންގަލްތަކުން ހީނާ ޕޫލް ކައިރީގައި އާއި ޕޫލް ތެރޭގައި އޮއްވަ އެވެ. ފޮޓޯތަކުގައި ހީނާ ރާއްޖެ ސިފަކޮށްފައި ވަނީ ދުނިޔެ މަތީގައި ސުވަރުގެ ވާ ނަމަ އެތަނަކީ ރާއްޖެ ގޮތުގަ އެވެ.
މިފަހަކަށް އައިސް ރާއްޖެ އަށް ޗުއްޓީ އަށް އަންނަ އިންޑިއާގެ ބަތަލާއިންގެ މެދުގައި ރިސޯޓްތަކުން ސާވްކުރާ ފްލޯޓިން ބްރެކްފާސްޓް ވަރަށް މަގުބޫލު އެއްޗަކަށްވެ، ޗުއްޓީ ފޮޓޯތަކޯގެ އެންމެ ހާއްސަ މަންޒަރަކަށް އެކަންވެ އެވެ.
ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން މަޝްހޫރުކަން ހޯދި ހީނާ މިހާރު އަންނަނީ ފީޗާ ފިލްމަކުން ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވަމުންނެވެ. އޭނާގެ އަލަތު ފިލްމަކީ ވިކްރަމް ބަޓް އަންނަ މަހުގެ 31 ގައި ގެނެސްދޭ ތުރިލާ "ހެކްޑް" އެވެ. މީގެ އިތުރުން ވެސް ހީނާގެ އަތުގައި އެހެން ފިލްމެއް އެބަ އޮތެވެ. އެއީ އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާންނުކުރާ "ލައިންސް" އެވެ.
ހީނާ ފިލްމު ކުޅެން ފެށީ ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގެ އާ ސީޒަން ގެ ނެގަޓިވް ރޯލް ކޮމޮލިކާގެ ރޯލް ދޫކޮށްލުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯކަރަ
22 December 2019
މި އިންޑިއާގެ ސްޓާރުންނަށް ހާދަ އާކަމަކަށޭ ފްލޯޓިން ބްރެކްފާސްޓް މިވަނީ. މިކަމެއް ހިނގާތާ ކޮން ޒަމާނެއް. އިންޑިއާ މީހުން އައިސްސަ ރާއްޖޭގެ ޓުއަރިޒަމް ފުނޑާލައިފި. ޓިޕްސް ކޮޅެއްވެސް ދޭން ނުކެރޭ. އެހާވެސް ދަހި ހުވާ.
މުއިޒޒު
22 December 2019
ކޮންމެ ވިޔަފާރި ނުވަތަ އިންޑަސްޓްރީ އަކީ ވެސް ޒަމާން އަދި މާރކެޓް ބަދަލުވާ ގޮތަށް ބަދަލު ގެންނާންޖެހޭ އެއެޗެއް. މިބުނާ ބަދަލު ނުގެނެވެންޏާ އެބަދަލު ގެންނަން ކެރޭ، އަދި އެބަދަލު ގެންނަން ބޭނުން ގައުމު ތައް ކުރި އަރާނެ އެެއްކަލަ ރާއްޖެ މާ ޔޫރަޕް މާކެޓް ވެގެން އުޅެނިކޮށް.
ކޮސް ނުގޮވާ
22 December 2019
ޓިޕްސް ދޭކަށް ނުޖެހެޔޭ ކަލޭމެންނަކަށް، ޔޫރަޕް ދޮންމީހުން ނޫން ބަޔަކު ފެންނަނީ އެއް ނޫން