ކެމެރޮން ޑިޔަޒް، ފިރިމީހާއާ އެކު.
05 ޖެނުއަރީ 2020 - 06:20
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ކެމެރޮން ޑިޔަޒަށް މިދިޔަ ހުކުރު ދުވަހު ދަރިއަކު ލިބިއްޖެ އެވެ.
މީގެ ފަސް އަހަރު ކުރިން ގިޓަރިސްޓް ބެންޖީ މެޑެންއާ ކައިވެނިކުރި ބަތަލާ އަށް ދަރިއަކު ލިބުނު ވާހަކަ ދެމަފިރިން ވަނީ ވަކިވަކިން އިންސްޓަގްރާމްގައި އާންމުކޮށްފަ އެވެ. ޑިޔަޒް 47، ބުނީ އޭނާގެ އާ އަހަރުގެ ހަދިޔާ އަކީ އަލަތު އަންހެން ދަރިފުޅު ކަމަށެވެ. ދަރިފުޅުގެ ނަމަކީ ރެޑިޒް މެޑެން އެވެ.
"ޗާލީޒް އެންޖެލްސް" ފަދަ ފިލްމުތައް ކުޅުނު ބަތަލާ އެކްޓިން އިން ރިޓަޔާ ކޮށްފައިވާ އިރު، އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2014 ގެ "އެނީ" އެވެ.
ޑިޔަޒް ކުޅެފައިވާ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ދަ މާސްކް"، "މައި ބެސްޓް ފްރެންޑްސް ވެޑިން"، "ވެނީލާ ސްކައި".، "ގޭންގްސް އޮފް ނިއު ޔޯކް" އަދި "ނައިޓް އެންޑް ޑޭ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓޭ
05 January 2020
ޝްރެކް ކާޓޫނަކީ މަޝްހޫރު ފިލްމެއް ނޫންބާ؟ އޭގަ ޕްރިންސަސް ފިއޯނާގެ އަޑު އަޅާފައިވަނީ ކެމެރޮން ޑިއަޒް... ގްރީން ހޯނެޓްގަ ވެސް އޭނާ އުޅޭ... އެއީވެސް މަޝްހޫރު ފިލްމެއް.
ޓަކޭ
05 January 2020
މަޝްހޫރު ބައެއް ފިލްމު........