ވާނީ.
08 ޖެނުއަރީ 2020 - 07:04
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ވޯ" ގެ ބަތަލާ ވާނީ ކަޕޫރް އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއެއްގައި ވަރަށް ހިކިކޮކޮށް ފެންނާތީ، ރަނގަޅަށް ކާން ނުލިބެނީތޯ އަހައި މީހަކު ކުރި ކޮމެންޓަކަށް ރައްދު ދީފި އެވެ.
"ބެކް ޓް ދަ ގްރައިންޑް" ކެޕްޝަނަކަށް ޖަހާފައި 31 އަހަރުގެ ބަތަލާ ޕޯސްޓްކުރި ފޮޓޯ އަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ރައްދު ދެމުން ބުނީ "އަހަރެން ހުރި ސިފައާ ދޭތެރޭ ހިތްހަމަޖެހޭ'" ކަމަށާއި "ކަލޭ އުފާކުރަން ވަކިކަމެއް ކުރަން ނުޖެހޭ" ކަމަށެވެ.
"މީސްމީހުންނާ ޖައްސާލައިގެން ނޫޅެ އުފެއްދުންތެރި ކޮންމެވެސް ކަމެއް ކުރިއްޔާ ވާނީ ކީއް؟ ހަރުކަށިކަމާއި ނަފުރަތު އުފައްދަން އުޅުމުގެ ބޭނުމެއް ނެތް،" ވާނީ ބުންޏެވެ.
ވާނީ ގެންގުޅެނީ އެންމެ ފަހުގެ އައިފޯނެއް ނޫންކަން ފޮޓޯ އިން އެނގޭތީ ބައެއް މީހުން އެކަމަށް ވެސް ޖޯކް ޖަހައި އައިފޯން 11 ބޭނުންނުކުރަނީ ކީއްވެތޯ ވެސް އަހާފައިވެ އެވެ.
މިހާތަނަށް އެންމެ ހަތަރު ފިލްމެއް ކުޅުނު ބަތަލާ އަކީ ދޭތެރެ ދޭތެރެ އިން ފާޑުކިޔުންތައް އަމާޒުވާ ބަތަލާއެކެވެ. އެގޮތުން ދާދި ފަހުން ހިންދޫ ދީން ރަމްޒުކޮށްދޭ ލަފުޒުތަކެއް ޕްރިންޓްކޮށްފައިވާ ގަޔަށް ބާރު ކުރު ޓޮޕެއް ލައިގެން ނަގާފައިވާ ފޮޓޯއަކާ ގުޅިގެން ވެސް ވަރަށް ގިނަ ބަޔަކު ވާނީ އަށް ފާޑުކިޔާފައިވެ އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއް ނޫނީ ކުޅެން ނުލިބޭ ބަތަލާ މިހާރު އަންނަނީ އެ ސްޓޫޑިއޯ އިން މި އަހަރުގެ ޖުލައި 31 އަށް ތާވަލުކޮށްފައިވާ އެކްޝަން-އެޑްވެންޗާ ފިލްމު "ޝަމްޝޭރާ" ގެ މަސައްކަތްކުރަމުންނެވެ.
ކަރަން މަލްއުތުރާ ޑައިރެކްޓްކުރާ އެ ފިލްމުގެ ބަތަލުންނަކީ ރަންބީރު ކަޕޫރާއި ސަންޖޭ ދަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2020
08 January 2020
ހާދަ އެނގިފަ ތީ ޔާޝްރާޖުގެ ކޮންޓްރެކްޓް ހަދާމީހާތަ؟
ނާނު
08 January 2020
ޔާޝްރާޖް ފިލްމްއިން ބައެއް މީހުނާއެކު އެގްރީމަންޓް ހަދަނީ ވަކި މުއްދަތެއް ވަންދެން އެހެންކުންފުނި ތަކުގެ ފިލްމް މަނާ ކުރާގޮތަށް އެހެންވީމަ އެމުއްދަތު ހަމަވަންދެން ވާނީ އަށް ކުޅެވޭނީ ހަމައެކަނިޔާޝްރާޖް ކޮމްޕެނީގެ ފިލްމް