އަންނަ މަހު ބާއްވާ 92 ވަނަ އޮސްކާ އެވޯޑްސްގެ ނޮމިނޭޝަންތައް މިއަދު އިއުލާންކުރުމާ އެކު ބަތަލާ ސްކާލެޓް ޖޮހަންސަނަށް ބޮޑު އުފަލާ އެކު، ތާރީހުގެ ތެރެއިން ހާއްސަ ޖާގައެއް ވެސް ލިބިއްޖެ އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 35 އަހަރުގެ ބަތަލާ ވަނީ އޮސްކާގެ ތާރީހުގައި އެއް އަހަރެއްގައި ދެ ނޮމިނޭޝަނެއް ލިބުނު ތަރިންގެ ތެރެއިން ޖާގަ ހޯދައިފަ އެވެ. އޭނާ ދެ ކެޓަގަރީއަކުން ނޮމިނޭޓްވި އިރު، ފިލްމު "މެރިޖް ސްޓޯރީ" އެންމެ މޮޅު ބަތަލާގެ މަގާމަށް އަދި "ޖޯޖޯ ރެބިޓް" އިން އެންމެ މޮޅު ސަޕޯޓިން ބަތަލާގެ މަގާމަށް ވެސް ނޮމިނޭޓްވެފައިވެ އެވެ.
މިހާތަނަށް އޮސްކާގެ ތާރީހުގައި އެއް އަހަރެއްގައި ދެ ނޮމިނޭޝަން ލިބުނު ތަރިންގެ އަދަދު އުޅެނީ އެންމެ 11 ގަ އެވެ. އެ ޝަރަފު އެންމެ ފަހުން ލިބިފައި ވަނީ ކޭޓް ބްލެންޝެޓަށެވެ.
މި ފަހަރު އެވޯޑް ހަފުލާގެ އެންމެ ޝައުގުވެރި އެއް ކަމަކަށްވާނީ ސްކާލެޓަށް ލިބުނު ދެ ނޮމިނޭޝަނާ އެކު އޭނާ އަށް ދެ ކެޓަގަރީން ވެސް އެވޯޑް ހިއްލައިލެވޭނެތޯ ބެލުމެވެ.
މި އަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ ގިނަ ނޮމިނޭޝަންތައް ލިބިފައި ވަނީ މިހާތަނަށް އާރް-ރޭޓެޑްގައި ނެރެގެން ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމުގެ މަގާމު ހޯދި "ޖޯކާ" އަށެވެ. އެ ފިލްމު ޖުމްލަ 11 ކެޓަގަރީއަކުން ނޮމިނޭޓްވެފައިވެ އެވެ.
* އެންމެ މޮޅު ފިލްމު:
ފޯޑް ވާސަސް ފެރާރީ، ދި އައިރިޝްމޭން، ޖޯޖޯ ރެބިޓް، ޖޯކާ، ލިޓްލް ވިމެން، ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް، މެރިޖް ސްޓޯރީ، ޕެރަސައިޓް، 1917
* މޮޅު އޮރިޖިނަލް ސްކްރީންޕްލޭ:
މެރިޖް ސްޓޯރީ، ވަންސް އަޕޮން، ޕެރަސައިޓް، ނައިވްސް އައުޓް، 1917
* މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ:
ދި އައިރިޝްމޭން، ޖޯޖޯ ރެބިޓް، ލިޓްލް ވިމެން، ދަ ޓޫ ޕޯޕްސް، ޖޯކާ
* މޮޅު ޑައިރެކްޓަރު:
މާޓިން ސްކޮސީ (އައިރިޝްމޭން)، ކްއެންޓަން ޓެރެންޓީނޯ (ވަންސް އަޕޮން...)، ބޮންގް ޖޫން-ހޯ (ޕެރަސައިޓް)، ސޭމް މެންޑޭޒް (1917)، ޓޮޑް ފިލިޕްސް (ޖޯކާ)
* މޮޅު ބަތަލު:
އެންޓޯރިއޯ ބަންޑާރެސް (ޕެއިން އެންޑް ގެއިން)، ލިއޮނާޑޯ ޑި ކެޕްރިއޯ (ވަންސް އަޕޮން...)، އެޑަމް ޑްރައިވާ (މެރިޖް ސްޓޯރީ)، ޖޯކީން ފީނިކްސް (ޖޯކާ)، ޖޮނަތަން ޕްރައިސް (ދަ ޓޫ ޕޯޕްސް)
* މޮޅު ސަޕޯޓިން ބަތަލު:
ޓޮމް ހޭންކްސް (އަ ބިއުޓިފުލް ޑޭ އިން ދަ ނޭބަހުޑް)، އެންތަނީ ހޮޕްކިންސް (ޓޫ ޕޯޕްސް)، އަލް ޕަޗީނޯ (އައިރިޝްމޭން)، ޖޯ ޕެސްކީ (އައިރިޝްމޭން)، ބްރެޑް ޕިޓް (ވަންސް އަޕޮން...)
* މޮޅު ބަތަލާ:
ސިންތިއާ އެރިވޯ (ހެރިއެޓް)، ސްކާލެޓް (މެރިޖް ސްޓޯރީ)، ސަޔޮސް ރޯނަން (ލިޓްލް ވިމެން)، ރެނީ ޒެލްވެގާ (ޖޫޑީ)، ޗާލީޒް ތެރޯން (ބޮމްބްޝެލް)
* މޮޅު ސަޕޯޓިން ބަތަލާ:
ކެތީ ބޭޓްސް (ރިޗަޑް ޖެވެލް)، ލައުރާ ޑާން (މެރިޖް ސްޓޯރީ)، ސްކާލެޓް (ޖޯޖޯ ރެބިޓް)، ފްލޮރެންސް ޕޫގް (ލިޓްލް ވިމެން)، މާގޯ ރޮބީ (ބޮމްބްޝެލް)
* މޮޅު ބޭރު ފިލްމު:
ޕެރަސައިޓް (ދެކުނު ކޮރެއާ)، ޕެއިން އެންޑް ގްލޯރީ (ސްޕެއިން)، ލެޒް މިޒެރެބަލްސް (ފްރާންސް)، ހަނީ ލޭންޑް (އުތުރު މެސެޑޯނިއާ)، ކޯޕަސް ކްރިސްޓީ (ޕޯލަންޑް)
* މޮޅު އެނިމޭޓެޑް ފިލްމު:
ހައު ޓު ޓްރެއިން ޔޯ ޑްރެގެން: ދި ހިޑެން ވޯލްޑް، އައި ލޮސްޓް މައި ބޮޑީ، ކްލޯޒް، މިސިން ލިންކް، ޓޯއި ސްޓޯރީ 4
* މޮޅު ޑޮކިއުމަންޓަރީ ފީޗާ:
އެމެރިކަން ފެކްޓަރީ، ދި އެޖް އޮފް ޑިމޮކްރަސީ، ހަނީލޭންޑް، ފޯ ސަމާ، ދަ ކޭވް
* މޮޅު ޝޯޓް ޑޮކިއުމަންޓަރީ:
އިން ދި އެބްޒެންސް، ލާނިން ޓު ސްކޭޓްބޯޑް އިން އަ ވޯޒޯން (އިފް ޔޫ އަ ގާލް)، ލައިފް އޯވަޓޭކްސް މީ، އެސްޓީ ލުއީ ސުޕަމޭން، ވޯކް ރަން ޗާ-ޗާ
* މޮޅު އޮރިޖިނަލް ލަވަ:
އައި އެމް ސްޓޭންޑިން ވިތު ޔޫ (ބްރޭކްތުރޫ)، އިން ޓު ދި އަންނޯން (ފްރޯޒެން 2)، ސްޓޭންޑަޕް (ހެރިއެޓް)، ގޮނާ ލަވް މީ އެގެއިން (ރޮކެމްޓްމޭން)، އައި ކާންޓް ލެޓް ޔޫ ތުރޯ...(ޓޯއި ސްޓޯރީ 4)
* މޮޅު ސިނަމޮޓޯގްރަފީ:
ވަންސް އަޕޮން، 1917، ދި އައިރިޝްމޭން، ޖޯކާ، ދަ ލައިޓްހައުސް
* މޮޅު ކޮސްޓިއުމް:
ވަންސް އަޕޮން، ލިޓްލް ވިމެން، އައިރިޝްމޭން، ޖޯޖޯ ރެބިޓް، ޖޯކާ
* މޮޅު އޮރިޖިނަލް ސްކޯ:
ޖޯކާ، 1917، ލިޓްލް ވިމެން، މެރިޖް ސްޓޯރީ، ސްޓާ ވޯސް: ދަ ރައިޒް އޮފް ސްކައިވޯކާ
* މޮޅު ވިޝުއަލް އިފެކްޓްސް:
އެވެންޖާޒް: އެންޑްގޭމް، ދަ ލަޔަން ކިންގް، ސްޓާ ވޯސް، އައިރިޝްމޭން، 1917
* މޮޅު އެޑިޓިން:
އައިރިޝްމޭން، ފޯޑް ވާސަސް ފެރާރީ، ޕެރަސައިޓް، ޖޯކާ، ޖޯޖޯ ރެބިޓް
މި އަހަރުގެ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްފެ ޑޮލްބީ ތިއޭޓަރުގަ އވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އެވޯޑް ހަފުލާ ކުރިއަށް ގެންދާނީ ވަކި ހާއްސަ ހޯސްޓަކާ ނުލަ އެވެ.