ކާޑީ ބީ.
15 ޖެނުއަރީ 2020 - 06:18
ސިޔާސީ ކަންކަމަށް ލޯބިކުރާ ކަމަށާއި ސިޔާސީ މީހަކަށް ވާން ޝައުގުވެރިވާ ކަމަށް އެމެރިކާގެ މަޝްހޫރު އަންހެން ރެޕާ ކާޑީ ބީ ބުނެފި އެވެ.
އޭނާ ކުރި ޓްވީޓްތަކެއްގައި ބުނީ ސަރުކާރުތައް ހިންގުމުގައި މައްސަލަތަކެއް ހުރި ނަމަވެސް ސަރުކާރު ހިންގުމަށް ލޯބިކުރާ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެހެންވެ ސިޔާސީ މީހަކަށްވުމަކީ މިހާރު ބޭނުންވާ ކަހަލަ ކަމެކެވެ.
އޭނާގެ ޓްވީޓެއްގައި ބުނީ ގައުމީ ލޯބި އުފެދޭނީ ވެސް ގައުމު ދެކެ ލޯބިވެގެން ކަމަށާއި އެކަމަކު ގައުމު ދެކެ ލޯބިވާ ކަމަށް ބައެއް މީހުން ކުރާ ދައުވާތަކާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ.
I think I want to be a politician.I really love government even tho I don’t agree with Goverment
— iamcardib (@iamcardib) January 12, 2020
ކާޑީ ބީގެ އެހެން ޓްވީޓެއްގައި ބުނީ ސިޔާސީ ދާއިރާ އަށް ނުކުތުމުގެ ކުރިން އެ ދާއިރާގެ ވާނުވާ ދަސްކުރުމަކީ ވެސް މުހިއްމު ކަމަކަށްވާނެ ކަމަށާއި ރަނގަޅަށް ކުރިއަށް ދެވޭނީ ސިޔާސީ ގޮތުން މީހާ ތަސައްރަފު ވެސް ފުދިގެން ކަމަށެވެ. އެހެންވެ ސިޔާސީ ދާއިރާ އިން އުނގެނުމަކީ ނެތް ކަމެއް ނޫން ކަމަށް ބުންޏެވެ.
I do feel like if I go back to school and focus up I can be part of Congress.I deadass have sooo much ideas that make sense.I just need a couple of years of school and I can shake the table .
— iamcardib (@iamcardib) January 13, 2020
މީގެ ދެ އަހަރު ކުރިން އަލަތު އަލްބަމް "އިންވޭޝަން އޮފް ޕްރައިވެސީ" ނެރުނު 27 އަހަރުގެ ފަންނާނު މިހާރު އަންނަނީ އާ އަލްބަމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ "ޓައިގަ ވުޑްސް" އެވެ.
ރެޕާ އޮފްސެޓާ ކައިވެނިކޮށްގެން އުޅޭ ކާޑީ ބީ އަކީ އެއް އަހަރުގެ އަންހެން ދަރިއެއްގެ މައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy