19 ޖެނުއަރީ 2020 - 06:35
މިދިޔަ މަހު ރިލީޒްކުރި، ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު ފިލްމު "ދަ ބޮޑީ" އަށް ފަހު، އިމްރާން ހާޝިމީ އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
"މާޑާ" އާއި "ޖަންނަތު" އަދި "ރާޒް" ގެ ސީރީޒްތައް ކުޅެފައިވާ އެކްޓަރު މި ފަހަރު ސޮއިކޮށްފައި ވަނީ "ހަރާމީ: ދަ ބާސްޓަޑް" އެވެ. މި ފިލްމަކީ އަންހެން ދަރިފުޅު ކިޑްނެޕްކުރުމުން ބައްޕައަކު ކުރިމަތިލާން ޖެހޭ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.
"ހަރާމީ" ގެ ޑައިރެކްޓަރަކީ 2014 ގައި "އީޑެން" ކިޔާ ފިލްމެއް ގެނެސްދިން ޝާމް މަދިރާޖޫ އެވެ. މިހާރު ޝޫޓިން ވެސް ފަށާފައިވާ ފިލްމުގެ މަސައްކަތް އަންނަ މަހު ނިންމައިލަން ތާވަލުކޮށްފައިވާ އިރު، "ހަރާމީ" ޕްރޮޑިއުސްކުރަނީ މޯހިތު ރަސްޓޯގީ އާއި ޕަރްވޭޝް ކުމާރު ސިންގްގެ ކުންފުނި ގޮބްސްމެކް އެންޓަޓައިންމަންޓުންނެވެ.
މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
އިމްރާން ދެން އެންމެ އަވަހަށް ފެންނާނީ އެޕްރީލް 24 ގައި ރިލީޒްކުރާ "ޗެހެރޭ" އިންނެވެ.
މި އަހަރު ރިލީޒްކުރާ އަޖޭ ދޭވްގަންގެ ކުޅިވަރު ފިލްމު "މައިދާން" ގެ ބަތަލާ ކީރްތީ ސުރޭޝް ތާރީހުގެ މައްސަލަތަކަކާ ހުރެ، ފިލްމު ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ފިލްމުގެ ޓީމުގެ މީހަކާ ހަވާލާދީ މީޑިއާތަކުން ބުނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ފިލްމު ދޫކޮށްލުމާ ގުޅޭ ގޮތުން އަންނަ ހަފުތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. ކީރުތީ އަކީ މިދިޔަ އަހަރުގެ ނެޝަނަލް އެވޯޑްގެ މޮޅު ބަތަލާގެ މަގާމު ލިބުނު ބަތަލާ އެވެ.
"މައިދާން" އަކީ އޭނާ ސޮއިކުރި ފުރަތަމަ ހިންދީ ފިލްމެވެ.
މިދިޔަ އަހަރު "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ ޑައިރެކްޓްކުރާ "މައިދާން" އަކީ އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަ ސައިދު އަބްދުއްރަހީމްގެ ވާހަކަކިޔައިދޭ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 27 ގަ އެވެ.
މަޝްހޫރު ޓީވީ ބަތަލާ ހީނާ ޚާން ބޮލީވުޑަށް ތައާރަފުވާ ފިލްމު "ހެކްޑް" ގެ ޓްރެއިލާ ހޯމަ ދުވަހު ދައްކައިލަން ނިންމައިފި އެވެ.
Privacy is a myth. There is #NowhereToHide! You will be #Hacked on 07.02.20@TheVikramBhatt @ZeeStudios_ @Rohaan_@mohitmalhotra9#SidMakkar @amarthakkarca@krishnavbhatt #NowhereToHide #JatinSethi pic.twitter.com/AQ4bAu3cHQ
— HINA KHAN (@eyehinakhan) January 17, 2020
ވިކްރަމް ބަޓް ޑައިރެކްޓްކޮށްފައުިވާ މި ފިލްމަކީ އިންޓަނެޓް ޒަރީރާ އިން ކުރިމަތިވާ ފުރައްސާރަތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ތުރިލާއެކެވެ. "ހެކްޑް" ގައި ހީނާއާ އެކު ފެންނާނެ ބަތަލުންނަކީ ރޯހަން ޝާހާއި މޯހިތު މަލްއުތުރާގެ އިތުރުން ސިދު މައްކަރެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 7 ގަ އެވެ.
އަންނަ މަހު ކަލާޒުން ދައްކަން ތައްޔާރުވަމުން އަންނަ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 10 ވަނަ ސީޒަނުގެ ޕްރޮމޯ ދައްކާލައިފި އެވެ.
Aa gaye hai professor #RohitShetty Darr ki University lekar. Dekhiye inhe #KKK10 mein, jald hi #Colors par.@MSArenaOfficial @MountainDewIn @KARISHMAK_TANNA @TheKaranPatel @shivin7 @mymalishka @BalrajSyal @adaa1nonly @AmrutaOfficial @dthevirus31 #TejaswwiPrakash #RaniChatterjee pic.twitter.com/FutJPKk6Ip
— COLORS (@ColorsTV) January 16, 2020
އޭގައި ޝޯގެ ހޯސްޓް އަދި މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީއާ އެކު ޝޯގެ ބައިވެރިން ދައްކާލާފައިވެ އެވެ.
އަންނަ މަހުގެ 22 ގައި ދައްކަން ފަށާނެ ކަމަށް ބެލެވޭ "ހަތުރޯން ކޭ ކިލާޅީ 10" ގެ ބައިވެރިންނަކީ ކަރިޝްމާ ތައްނާ، ސޮނީން މިހާރު ދައްކާ ސިލްސިލާ "ބޭހަދު 2" ގެ ބަތަލު ޝިވިންގް ނަރަންގް، އެކްޓަރު ކަރަން ޕަޓޭލް، ބަތަލާ އަދާ ޚާން، ބަތަލާ އަމްރުތާ ޚާންވިލްކަރް، ބޯޖްޕޫރީ ބަތަލާ ރާނީ ޗެޓަޖީ، ބަތަލާ ތޭޖާސްވީ ޕްރަކާޝް، ކޮމީޑިއަން ބަލްރާޖް ސިއަލް، ނެށުންތެރިޔާ ދަރުމޭޝް ޔެލަންޑޭ އަދި ރޭޑިއޯ ޖޮކީ (އާރްޖޭ) މަލިޝްކާ އެވެ.
މި ޝޯ ދައްކަން ފަށާނީ ކަލާޒުން މިހާރު ދައްކާ "ބިގް ބޮސް" ގެ ސީޒަން 13 ނިންމައިލުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy