ކަރަން.
24 ޖެނުއަރީ 2020 - 08:37
އެކްޓަރު އަދި ހޯސްޓް ކަރަން ވާހީ ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.
ލަންޑަނުގައި ދިރިއުޅޭ އުުދިތީ ސިންގްއާ ސީރިއަސް ލޯބީގެ ގުޅުމެއް މިހާރު ބާއްވަމުން އަންނަ 33 އަހަރުގެ އެކްޓަރު ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ވަގުތު ކައިވެނީގެ ޕްލޭނެއް ނެތް ކަމަށެވެ.
"އެކަން ކުރަން ނިންމި އިރަކުން ހިއްސާކުރާނަން. އެއީ ސިއްރުކުރަން ޖެހޭ ކަމެއް ވެސް ނޫން،" ކަރަން ބުންޏެވެ.
ކަރަން އާއި އުދިތީގެ ގުޅުމަކީ މިހާރު ސޯޝަލް މީޑިއާގައި ހަމަ ވަރަށް ހާމަކަން ބޮޑު ގުޅުމެކެވެ. ދެ މީހުންގެ ލޯބީގެ މާ ފޮޅުވުންތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން ގެންދެ އެވެ. އެގޮތުން އެކީގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް ތަފާތު އެކި ކެޕްޝަންތަކާ އެކު ޕޯސްޓްކޮށްފައިވެ އެވެ.
ޓީވީ ސިލްސިލާތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅެފައިވާ ކަރަން އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ގެ "ހޭޓް ސްޓޯރީ 4" އެވެ. ވަރަށް ގިނަ ޓީވީ ސިލްސިލާތައް ވެސް ކުޅެފައިވާ އެކްޓަރު ހޯސްޓްކޮށްފައިވާ ޝޯތަކުގެ ތެރޭގައި އިންޑިއަން އައިޑޮލް ޖޫނިއާ، ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ)، ދަ ވޮއިސް އަދި އިންޑިއާސް ނެކްސްޓް ސުޕަސްޓާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy