27 ޖެނުއަރީ 2020 - 10:12
ރިއަލިޓީ ޝީ "ބިގް ބޮސް" ސީޒަން 13 މިހާރު ނިމުމަކާ ގާތްވަމުން އަންނަ އިރު، މި ހަފުތާގައި އަނެއްކާ ވެސް އިތުރު ބައިވެރިއަކު ކަޓައިގެން ޝޯއާ ވަކިވާން ޖެހިއްޖެ އެވެެ.
ޝޯގެ ހޯސްޓް ސަލްމާން ޚާނާ އެކު ގެނެސްދިން މި ހަފުތާގެ ވީކެންޑް ކާ ވާރުގައި އާދީއްތަ ދުވަހުގެ ރޭ ބެލުންތެރިންގެ ވޯޓް އެންމެ ދަށްކޮށް ލިބިގެން ބިގް ބޮސްގެ ދޫކޮށް ދާން ޖެހުނީ ޝެފާލީ ޖަރީވާލާއަށެވެ. އޭނާ އަކީ ވައިލްޑް ކާޑް އެންޓްރީގެ ދަށުން ޝޯއާ ގުޅި،. އެހެން ބައިވެރިންނާ އެއް ހަމައެއްގައި ހިފަހެއްޓި މީހެކެވެ. އަދި ޝެފާލީ ފާހަގަކުރެވެނީ މި ފަހަރުގެ ސީޒަންގައި ގޭގެ ކެޕްޓަންކަން ކުރަން ލިބުނު ފުރަތަމަ ބައިވެރިޔާގެ ގޮތުގަ އެވެ.
‘Illegal Weapon 2.0’ par ghar mein entry maari hai @Varun_dvn aur @ShraddhaKapoor ne! @Vivo_India @BeingSalmanKhan #BiggBoss13 #BB13 #WeekendKaVaar pic.twitter.com/ZnsfXYXYun
— COLORS (@ColorsTV) January 26, 2020
ޝެފާލީ، 37، އަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ކުޅުނު ވީޑިއޯ ލަވަ "ކާންޓާ ލަގާ" އިން މަޝްހޫރު ފަންނާނެކެވެ. އޭގެ ފަހުން ވެސް އިތުރު ވީޑިއޯ ލަވަތަކެއް ކުޅެފައިވެ އެވެ. އަދި 2005 ގައި ރިލީޒްވި ސަލްމާންގެ ފިލްމު "މުޖޭ ޝާދީ ކަރޯގީ" ވަރަށް ކުޑަކުޑަ ފެނިލުމަކުން ޝެފާލީ ފެނިފައިވެ އެވެ.
އޭނާގެ ފިރިމީހާ ޕަރާގް ތިއާގީ އަކީ މަޝްހޫރު ޓީވީ އެކްޓަރެކެވެ. އަދި ބައެއް ފިލްމުތަކުގައި ވެސް ސަޕޯޓިން ރޯލްތަކެއް ކުޅެފައިވެ އެވެ.
"ބިގް ބޮސް 13" އަންނަ މަހު ނިންމައިލާ އިރު ޝޯގައި މިހާރު ދެމިތިބީ ޝޯ ފެށުނީއްސުރެ ވާދަކުރަމުން އަންނަ ސިދާތު ޝުކްލާ އާއި ޝެހެނާޒް ގިލް (ސަނާ) އާއި ޕާރަސް ޗާބްޅާ އާއި މާހިރާ ޝަރުމާ އާއި އާސިމް ރިއާޒާއި އާރްތީ ސިންގް އާއި ކަޓައިގެން ދިއުމުން ދެވަނަ ފުރުސަތެއް ލިބުނު ރަޝްމީ ދެސާއީގެ އިތުރުން ވައިލްޑް ކާޑްގެ ދަށުން ފުރުސަތު ލިބުނު ވިޝާލް އަދިތިޔާ ސިންގް އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ފަހަރުގެ ސީޒަންގެ ގަދަ ތިނަކަށް ދާނީ ސިދާތާއި ސަނާ އާއި އާސިމެވެ. އަދި "ބިގް ބޮސް" ބަލާ ވަރަށް ގިނަ ބަޔަކު ލަފާކުރާ ގޮތުގައި މި ފަހަރު ޝޯ ކާމިޔާބުކުރުން އެންމެ ގާތީ ޝިދާތާއި ސަނާ އިން ކުރެ ކޮންމެވެސް އެކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗައިލްޑް
27 January 2020
ޝިދާތާ އަށް ނުދޭތި. މިހާރުވެސް މިއުޅެނީ ޝިދާތާ އަކުން ސަލާމަތް ނުވެވިގެން