01 ފެބުރުއަރީ 2020 - 10:26
މީގެ ދެ އަހަރު ކުރިން "ޒީރޯ" ގެނެސްދިން ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އާ ފިލްމުގެ ކާސްޓް ނަމާ އެކު އިއުލާންކޮށްފި އެވެ.
ކުރިން ވެސް މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތަށް މީގެ ކާސްޓުންނަކީ ސާރާ އަލީ ޚާނާއި ދަނޫޝް އާއި އަކްޝޭ ކުމާރެވެ. އަކްޝޭ މި ފިލްމުގައި ފެންނާނީ އެކްސްޓެންޓް ކެމިއޯއަކުންނެވެ.
އިންޑިއާގެ ދެކުނުގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ދަނޫޝް (ކޮލަވަރީ ޑީ) އަކީ މީގެ ކުރިން ވެސް ހިންދީ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ.
IT'S OFFICIAL... #AkshayKumar, #Dhanush and #SaraAliKhan... Presenting the principal cast of Aanand L Rai's new film #AtrangiRe... Produced by Bhushan Kumar and Aanand L Rai... Music by AR Rahman... Written by Himanshu Sharma... Filming starts on 1 March 2020... Four first looks: pic.twitter.com/bT7GK3ACwP
— taran adarsh (@taran_adarsh) January 30, 2020
ރަޖްނީކާންތުގެ ދަނބިދަރިފުޅު ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި ސޯނަމް ކަޕޫރާ އެކު، އާނަންދު 2013 ގައި ގެނެސްދިން "ރާންޖަނާ" އާއި އާރް ބަލްކީ އަމީތާބް ބައްޗަނާ އެކު 2015 ގައި ގެނެސްދިން "ޝަމީތާބް" ހިމެނެ އެވެ.
Saat rang ishq ke...aathvaan Atrangi Re ♥️
— AANAND L RAI (@aanandlrai) January 30, 2020
Presenting #AtrangiRe
An @arrahman musical.
Releasing on Valentine's 2021
Written by: #HimanshuSharma#SaraAliKhan, @dhanushkraja, @akshaykumar, @TSeries, @cypplOfficial, #CapeOfGoodFilms, @itsBhushanKumar
https://t.co/DRsIwRMIat
އަކްޝޭ އާއި ސާރާ އާއި ދަނޫޝް ހިމަނައިގެން ގެނެސްދޭ ފިލްމުގެ ނަމަކީ "އަތުރަންގީ ރޭ" އެވެ. އަރަމުން އަންނަ ޒުވާން ބަތަލާ ސާރާއާ އެކު ފިލްމެއް ކުޅެން އަކްޝޭ އަށް ލިބިގެން ދިޔަ އިރު، ސާރާގެ ބައްޕަ ސައިފް އަލީ ޚާނާ އެކު ވެސް އަކްޝޭ ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ތޫ ކިލާޅީ މޭ އަނާޅީ"، "ޔޭ ދިއްލަގީ" އަދި "ތަޝަން" ހިމެނެ އެވެ.
"އަތުރަންގީ ރޭ" ގެ ޝޫޓިން އަންނަ މާޗް މަހުގެ 1 ގައި ފަށަން ތާވަލުކޮށްފައިވާ އިރު، ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ހިމާންޝޫ ޝަރުމާ އެވެ.
އަންނަ އަހަރުގެ ފެބުރްއަރީ މަހުގެ 14 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމުގެ މިއުޒިކް ތައްޔާރުކޮށް ދެނީ އޮސްކާ އެވޯޑް ހޯދާފައިވާ އޭއާރް ރަހުމާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy