07 ފެބުރުއަރީ 2020 - 17:42
ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދަ އެވެ.
ސަންޖޭ އާއި އަންހެނުން މާންޔަތާ ދަތާއި އެ މީހުންގެ އެއްމާބަނޑު ދެ ކުދިން ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓްގެ ނަން ހާމަ ނުކުރި ނަމަވެސް، އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް މާނަޔްތާ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
ސަންޖޭ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ ޑިސެމްބަރު މަހު ރިލީޒްކުރި ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަތު" އިންނެވެ. އޭނާ މި އަހަރު ފެންނާނެ ފިލްމުތަކުގެ ތެރޭގައި މަހޭޝް ބަޓްގެ "ސަޅަކް 2" އާއި އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑި" އާއި ރަންބީރް ކަޕޫރްގެ "ޝަމްޝޭރާ" ގެ އިތުރުން އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" ހިމެނެ އެވެ.
ދެހާސް އަށެއްގައި މާންޔަތާއާ ކައިވެނިކޮށް ސަންޖޭ އަށް ލިބުނު ޝަރްހާން ދަތާއި އިގްރާ ދަތަށް މިހާރު 10 އަހަރެވެ. ސަންޖޭގެ އަލަތު ކައިވެންޏަށް ލިބުނު ދަރިފުޅު ތުރިޝަލާ ދަތަށް މިހާރު 32 އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
08 February 2020
1986 ވަނަ އަހަރުގެ ފަހުކޮޅު، މުމްބައި ޖުހޫ ގެ ސެންޓްރަލް ހޮޓަލުގައި ފިލްމް ކަބްޒާ ގެ ދިލް ކީ އަދާލަތު ޕިޔާރުކާ މުޤައްދަމާ މިލަ ނަގަނިކޮށް، ސަންޖޭ ރާޖް ބައްބަރު އަމްރިތާ ސިންގ ޑިމްޕަލް ކަޕާޑިއާ މިތަރިންނާއި ބައްދަލުވެ ފޮޓޯ ނެގުމުގެ ފުރުސަތު ލިބުނެވެ. އެދުވަހު އަމްރިތާ ސިންގ ބުނި އޭސޭ ޗިޕްކާއޭނގޭ ތޮ ފްލެޝް ނެހީ އާއޭގާ މިބަސް ވަރަށް ހަނދާންހުރޭ. މިހާރު އެއިރު ހުރި ޝަވްޤުނުހުރޭ. މިހާރު އަމިއްލައަށް ހިނިއާދޭ.
ސަމްސު
07 February 2020
ސަންޖޭ ސައްލޫ މިހުރީ ދިވެހިންނާ ގުޅުންބޮޑެތި އިސްޓާރުން.
ކެރެލާ ސިޑި ބަރި
07 February 2020
ހަނދާން ހުރޭ ސަންޖޭދަތު 90 ގެ ކުރީ ކޮޅު މާލޭ ފިޓްނަސް ސެންޓަރު ހުޅުވަން ޝަރަފުވެރި މެހުމާނަކަށް އައި ހަނދާން. ސަންޖޭ އައީ އިންޑިއާގެ ގަމީސްތަށް ހިފައިގެން މިކޮޅުގަ ވިއްކަން. އެކަމަކު ދިވެހި ފިހާރަތަކުން އޭރުވެސް ލިބެން ހުރީ އެއަށްވުރެ މާ ކޮލިޓީ ގަމީސްތަށް.
ކިއްލިބާޝާ
07 February 2020
ސަންޖެމެން ދަނޭ ވިޔަފާރިކުރާން.
އޯ ޕްލީސް
08 February 2020
މައްސަލައެއް ނެތެއްނު ..އޭނާ ގެނައި ގަމީސްކޮޅު ބޮޑުއަގުގައު ވިއްކާލާފައި ދިޔައީކަމަށް ޚަބަރު ލިބިފައިވަނީ!
ނަޖްވާ
09 February 2020
އޭނާ ހުޅުވިއެއްނު ޔުނައިޓެޑް ކަލަރސް އޮފް ބެނެޓަން ކިޔާ ފިހާރައެއް ރާއްޖޭގަ! އޯކޭ އެންނު ހަމަ!