13 ފެބުރުއަރީ 2020 - 07:37
ސަލްމާން ޚާންގެ ފިލްމު ކުންފުނި އެސްކޭއެފުން ޕްރޮޑިއުސްކުރާ އާ ފިލްމު "ބުލްބުލް މެރިޖް ހޯލް" ގެ ކާސްޓުން އިއުލާންކޮށްފި އެވެ.
ރޯހިތު ނައްޔަރް ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންނަކީ ސަލްމާނާ ގާތް ގުޅުމެއް އޮންނަ ޕުލްކިތު ސަމްރާޓާއި އޭނާގެ މިހާރުގެ ލޯބިވެރިޔާ ކްރިތީ ކަރްބަންދާ އާއި އަލީ ފަޒަލާއި ސަލްމާނާ އެކު ފިލްމު "ޖޭ ހޯ" އިން ބޮލީވުޑަށް ތައާރަފުކުރި ބަތަލާ ޑެއިޒީ ޝާހެވެ.
"ބުލްބުލް މެރިޖް ހޯލް" އަކީ ލަކްނޫގެ އާއިލާއެއްގެ ތެރޭގައި ބާއްވާ ކައިވެނީގެ ބޮޑު ހަފުލާއަކަށް ބިނާކޮށް ހަދާ ރޮމޭންޓިކް ކޮމެޑީއެކެވެ.
މި އަހަރުހެ މެދުތެރޭގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޑްރީމް ގާލް" ގެ ޑައިރެކްޓަރު ރާޖް ޝާންޑަލިޔާ އެވެ.
ސަލްމާން މިދިޔަ އަހަރު ޕްރޮޑިއުސްކޮށް ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ އޭނާގެ ގާތް ދެ ރައްޓެއްސެއްގެ ދަރިންތަކެއް ބޮލީވުޑަށް ތައާރަފުކުރި "ނޯޓްބުކް" އެވެ.
އެ ފިލްމުގެ ތަރިންނަކީ އެކްޓަރު މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ޕްރަނޫޓާން ބޭލް އާއި ސަލްމާންގެ ކުޑައިރުގެ އެކުވެރިޔާ އިގްބާލް ރަތުނާސީގެ ދަރިފުޅު ޒަހީރު އިގްބާލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލްމާން ޚާން
13 February 2020
އަސްލުވެސް ސަޅި...