15 ފެބުރުއަރީ 2020 - 08:22
މިހާރު ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ "އަތުރަންގީ ރޭ" ގައި އަކްޝޭ ކުޅެނީ ހާއްސަ ފެނިލުމެއް ނޫން ކަމަށާއީ އޭނާގެ ކެރެކްޓާ އަކީ ވާހަކައިގެ ވަރަށް މުހިއްމު ހިއްސާއެއް ކަމަށް ޑައިރެކްޓަރު އާނަންދު އެލް ރާއީ ބުނެފި އެވެ.
މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި 2018 ގައި "ޒީރޯ" ގެނެސްދިން އާނަންދު ބުނީ އަކްޝޭ ފިލްމަށް އެއްބަސްވީ ސްކްރިޕްޓްގެ އެންމެ 10 މިނިޓް ކިޔައިދިންތަނާ ކަމަށެވެ. އަދި އޭނާ ފިލްމަށް އެއްބަސްވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބުންޏެވެ.
"އަހަރެން ބުނާ ހިތެއް ނެތް އަކްޝޭގެ ރޯލަކީ ހާއްސަ ފެނިލުމެކޭ. އެކަމަކު އޭނާ އަކީ މި ވާހަކައިގެ ވަރަށް މުހިއްމު ކެރެކްޓާއެއް،" އޭނާ ބުންޏެވެ.
Saat rang ishq ke...aathvaan Atrangi Re ♥️
— AANAND L RAI (@aanandlrai) January 30, 2020
Presenting #AtrangiRe
An @arrahman musical.
Releasing on Valentine's 2021
Written by: #HimanshuSharma#SaraAliKhan, @dhanushkraja, @akshaykumar, @TSeries, @cypplOfficial, #CapeOfGoodFilms, @itsBhushanKumar
https://t.co/DRsIwRMIat
އާނަންދު ބުނިގޮތުގައި "އަތުރަންގީ ރޭ" ނަމާ އެއްގޮތަށް ފިލްމުގެ ކެރެކްޓާތަކަކީ ވެސް ވަރަށް މަޖާ ކެރެކްޓާތަކަކަށް ވާނެ އެވެ. އަދި ފިލްމަށް ނެގި ތަފާތު ކާސްޓާ އެކު މިއީ ކިހިނެއްވާ ފިލްމެއްތޯ ބެލުމުގެ ޝައުގުވެރިކަން ވަރަށް ބޮޑުކަން އެނގޭ ކަމަށް ބުންޏެވެ. ސަބަބަކީ އަކްޝޭ ކަހަލަ ދުވަސްވީ ތަޖުރިބާކާރު އެކްޓަރަކާ އެކު، ޒުވާން ބަތަލާ ސާރާ އަލީ ޚާން މުޅިން އަލަށް މަސައްކަތްކުރުމެވެ.
"އަތުރަންގީ ރޭ" ގެ އަނެއް ބަތަލަކީ އާނަންދުގެ 2013 ގެ ފިލްމު "ރާންޖަނާ" ވެސް ކުޅުނު އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލު ދަނޫޝް އެވެ.
މި ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ބިހާރާއި މަދުރާއީގެ އެކި ހިސާބުތަކުގަ އެވެ. އާނަންދު ބުނިގޮތުގައި އެތަންތަނުގައި "އަތުރަންގީ ރޭ" މަންޒަރުތައް ނަގާތީ ފިލްމުން އިންޑިއާގެ ސަގާފަތް ވަރަށް ބޮޑަށް ފެނިގެން ދާނެ އެވެ.
ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy