މޯނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް.
13 ފެބުރުއަރީ 2020 - 13:31
ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، މިހާރު ބޮލީވުޑްގެ ފިލްމުތައް ކުޅޭ ބަތަލާ މޯނީ ރޯއި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ހެރިޓަންސް އާރަށް ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.
މޯނީ، 34، އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ ރާޖްކުމާރު ރާއޯއާ އެކު މިދިޔަ އަހަރު ރިލީޒްކުރި "މޭޑް އިން ޗައިނާ" އިންނެވެ. އަދި މިދިޔަ އަހަރު ރިލީޒްކުރި ޖޯން އަބްރަހަމްގެ ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ ބަތަލާ އަކީ ވެސް އޭނާ އެވެ.
މޯނީގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޑިސެމްބަރު 4 ގައި ރިލީޒްކުރާ އާލިއާ ބަޓާއި ރަންބީރް ކަޕޫރްގެ "ބުރައްމަސްތުރާ" އެވެ.
ރިޕޯޓްތައް ބުނާގޮތުން ބޮލީވުޑްގެ މަޝްހޫރު ފިލްމު/މިއުޒިކް ކުންފުނި ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ބައޮގްރަފިކަލް ޑްރާމާ "މޮގުލް" ގައި އާމިރު ޚާނާ އެކު ބަތަލާގެ ރޯލް ވެސް ކުޅޭނީ މޯނީ އެވެ.
މޯނީ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ނާގިން"، "ދޭވޯން ކާ ދޭވް...މަހާދޭވް" އަދި "ދޯ ސަހޭލިޔާ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުއްޓާ
13 February 2020
އަހަރުމެންމެ ދިވެހި ފިލްމީތަރިން ރިސޯޓްތަކުގަ ތެޅިފޮޅި ފަތަންނޭގޭ މީހުން ފަތަން ދަސްކޮށް ހަނާހުނި ވާއިރުވެސް ނޫހަކަށް ނާރާ.