29 ފެބުރުއަރީ 2020 - 08:00
ބޮލީވުޑްގެ މިހާރުގެ އެންމެ ވަރުގަދަ އެކްޝަން ހީރޯ ޓައިގާ ޝްރޮފް މީގެ ހަ އަހަރު ކުރިން ބޮލީވުޑަށް ތައާރަފުވި ފިލްމު "ހީރޯޕަންތީ" ގެ ދެވަނަ ބައި އަންނަ އަހަރުގެ ޖުލައިގައި ގެނެސްދޭން ނިންމައި، ފިލްމުގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
ސާޖިދު ނަދިއަދުވާ ޕްރޮޑިއުސްކޮށް، އަހުމަދު ޚާން ޑައިރެކްޓްކުރާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖުލައި 16 ގަ އެވެ. އަހުމަދަކީ އަންނަ މަހު 6 ގައި ރިލީޒްކުރާ ޓައިގާގެ "ބާގީ 3" ވެސް ޑައިރެކްޓަރެވެ. ޓައިގާ އާއި އަހުމަދު އެންމެ ފުރަތަމަ އެކީގައި މަސައްކަތްކުރި ފިލްމަކީ 2018 ގެ "ބާގީ 2" އެވެ.
Very excited to continue my association with Sajid Bhai & @NGEMovies 🙏🏼
— Ahmed Khan (@khan_ahmedasas) February 28, 2020
Presenting #SajidNadiadwala’s #Heropanti2 starring @iTIGERSHROFF 🎩
Releasing on 16th July 2021 💥@WardaNadiadwala @shairaahmedkhan pic.twitter.com/ivAag9tPHu
"ހީރޯޕަންތީ" އަކީ 2015 ގެ "ބާގީ" ވެސް ޓައިގާއާ އެކު ގެނެސްދިން ޑައިރެކްޓަރު ސަބީރު ޚާން ހެދި ފިލްމެކެވެ. ނަމަވެސް އޭނާއާ ނުލައި "ބާގީ" އާއި "ހީރޯޕަންތީ" ފްރެންޗައިޒް ކުރިއަށް ގެންދާ އިރު، ސަބީރު މި ވަގުތު އަންނަނީ ޝިލްޕާ ޝެޓީ އަހަރުތަކެއް ފަހުން އެނބުރި އަލުން ސްކްރީނަށް އަންނަ ފިލްމު "ނިކައްމާ" ގެ މަސައްކަތްކުރަމުންނެވެ.
This one is so special to me. Blessed and grateful to be carrying forward another franchise with my mentor sajid sir forward. #Heropanti2 #firstbaby#SajidNadiadwala @khan_ahmedasas @WardaNadiadwala @NGEMovies pic.twitter.com/NYi4pLoBpr
— Tiger Shroff (@iTIGERSHROFF) February 28, 2020
އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 5 ގަ އެވެ.
"ހީރޯޕަންތީ 2" އިއުލާންކުރި ނަމަވެސް ފިލްމުގެ ބަތަލާ އަކީ ކާކުކަން އަދި ކަށަވަރެއްނުވެ އެވެ. "ހީރޯޕަންތީ" ގައި ބަތަލާގެ ރޯލް ކުޅުނީ ކްރިތީ ސެނަނެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ ދެވަނަ ބައިން ވެސް ފެނުމުގެ ފުރުސަތު ބޮޑެވެ.
ފިލްމުގެ ޕޯސްޓަރުތައް ޓްވީޓްކުރަމުން ޓައިގާ ބުނީ "ހީރޯޕަންތީ 2" އަކީ އޭނާ އަށް ވަރަށް ހާއްސަ ފިލްމެއް ކަމަށާއި "ބާގީ" އާ އެކު އިތުރު ފްރެންޗައިޒެއް ކުރިއަށް ގެންދިއުމަކީ ބޮޑު އުފަލެއް ކަމަށެވެ. ފިލްމުގެ ޕޯސްޓަރުގެ ޓެގް ލައިނެއްގެ ގޮތުގައި ހިމަނާފައި ވަނީ "ދަ ވޯލްޑް ވޯންޓްސް ހިމް ޑެޑް" އެވެ. އަދި ޕޯސްޓަރުން ފެންނަ ގޮތުގައި "ހީރޯޕަންތީ 2" ވެސް ވެގެންދާނީ ވަރަށް ވަރުގަދަ އެކްޝަން ފިލްމަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy