އުރްވަޝީ 2017 ގައި ރާއްޖެ އަށް ކުރި ދަތުރުގެ ތެރެއިން.
28 ފެބުރުއަރީ 2020 - 21:22
ބޮލީވުޑްގެ ބަތަލާ އުރްވަޝީ ރޮޓޭލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މީގެ ތިން އަހަރު ކުރިން މޯލްޑިވްސް ޓްރެވެލް އެވޯޑްސްގައި ވެސް ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވި ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. އެ ފޮޓޯގައި ފެންނަނީ އޭނާ ޓީއެމްއޭގެ ސީޕްލޭނެއްގެ ސިޑިމަތީގައި އިށީނދެގެން އިންނަ ތަނެވެ. ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައިކަމެއް ނުބުނެ އެވެ.
"ހޭޓް ސްޓޯރީ 4" އާއި "ގްރޭޓް ގްރޭންޑް މަސްތީ" އަދި "ސަނަމް ރޭ" ފަދަ ފިލްމުތައް ކުޅުނު އުރްވަޝީ، 26، ގެ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އިންނެވެ.
ސަނީ ޑިއޯލާ އެކު 2013 ގައި ފިލްމު "ސިންގް ސާ ސާބް ދަ ގްރޭޓް" އިން ބޮލީވުޑަށް ނުކުތް އުރްވަޝީ އަކީ މިހާތަނަށް ކުޅޭނެ މާ ރަނގަޅު ފިލްމުތަކެއް ލިބެމުން އަންނަ ބަތަލާއެއް ނޫނެވެ. އެކަމަކު އޭނާ އަކީ ރީތިކަމާއި ހެދުން އަޅާ ގޮތުން ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަރިއެކެވެ.
އުރްވަޝީ އަކީ 2015 ގެ މިސް ޔުނިވާސް މުބާރާތުގައި އިންޑިއާ ތަމްސީލު ވެސް ކުރި ބަތަލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެގެ ރައްޒެ
01 March 2020
އަސުއްތަ ހާދަ ރީއްޗޭ
އިޔެ
29 February 2020
މިތަނުން ކޮބާ ތިބުނާ ކުއްޖަކީ؟ އަހަރެމެން ރަށު ފައިސަލް ގޯތި މަންޖެ ހެންވެސް ހީވޭ.
މޫސަތައްޚާން
29 February 2020
ހައްހައް ދެން އިން މަންޖެ ވައްތަރީ ފިރިހެނަކާ
ބޭހަބަރުން
29 February 2020
ކޮބާތަ އުރުވަޝީއަކީ ރަތްކުލައިގެ ހެދުން ލައިގެން އެހުރީތަ
ކުރުސީ
29 February 2020
މީ ޔަގީން ޓީއެމްއޭ އިން ފައިސާދީގެން ނުވަތަ ހިލޭދަތުރު ދީގެން ކޮއްފާވާ ސްޕޮންސާޑް ޕޯސްޓެއް.
ރިޝް
29 February 2020
36 އަހަރު ވައްތަރު ޖަހަނީ ކިތައްމެ ރީއްޗަސް.. ދެން އެހާ އެސްޓަބުލިޝްޑް ނުވަންޏާ އުމުރު ޅަ ކުރާނެ! އެސްތަބުލިޝް ވަންދެން އެިރަށް ތާ ގިނަ ދުވަހު ބަތަލާ ބައި ލިބޭނީ!
ދޭދޭ ޚިޔާލު
28 February 2020
މިކުއްޖާއަކީ އިންޑިއާގެ އެންމެ ރީތި އަންހެންކުދިން އުޅޭ އުތުރާކަން އަށް ނިސްބަތްވާ ކުއްޖެއް.
ސަންޓާ
01 March 2020
އެހެންތަ ދޮންކަލޯއަށް ތިއުޅެނީ އަދި ކަޝްމީރު ނުފެނިގެން
ނަޖުމުއްދީން
28 February 2020
މިކުއްޖާއާއެކީ ސެލްފީއެއްނަގާން ކިހިނެއް ހަދާންޖެހޭނީ؟
ގިޔާސް
28 February 2020
އެކުއްޖާއާއެކީ ސެލްފީއެއް ނަގާނީ................އިތުރު ކަމެއް ކުރާކަށް ނުޖެހޭނެ.