07 މާޗް 2020 - 08:29
ކުރީގެ ފިލްމު "މިސްޓަ އިންޑިއާ" ގެ ޓްރިލޮޖީއެއް އިއުލާންކުރި ހިސާބުން ޝަކުވާކުރަމުންދާ، އޭގެ އޮރިޖިނަލް ފިލްމުގެ ޑައިރެކްޓަރު ޝޭކަރު ކަޕޫރްގެ މައްސަލައެއް ކުރީގެ އަންހެނުން އަދި ބަތަލާ ސުޗިތުރާ ކްރިޝްނަމުރްތީ ކޯޓަށް ހުށަހަޅައިފި އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޝާހްރުކް ޚާނާ އެކު 1994 ގެ ފިލްމު "ކަބީ ހާ، ކަބީ ނާ" ކުޅުނު 44 އަހަރުގެ ބަތަލާ މުމްބާއީގެ ފެމިލީ ކޯޓަށް ހުށަހެޅީ ޝޭކަރާއި ސުޗިތުރާގެ ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅީ ކަވޭރީ ކަޕޫރް، 19، ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގެއެއް ޝޭކަރު އެހެން މީހަކު ދިރިއުޅެން ކުއްޔަށް ދީފައިވާ މައްސަލައިގަ އެވެ. އެ ގޭގައި ދިރިއުޅެނީ އެކްޓަރު ކަބީރު ބޭދީ ކަމަށް ސުޗިތުރާ ބައެއް މީޑިއާތަކަށް ބުންޏެވެ.
ކަބީރު ބޭދީ އަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ބައްޕަ އެވެ. އަދި އޭނާ އަކީ ދާދި ފަހުން ރިލީޒްކުރި ފިލްމު "ޖަވާނި ޖާނެމަން" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ އަލާޔާ ފަރްނީޗަރުވާލާގެ ކާފަ އެވެ.
ސުޗިތުރާ އާއި ދަރިފުޅު ޝާހްރުކާ އެކު.
ސުޗިތުރާ ބުނީ ދަރިފުޅުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގެއެއް ބަޔަކަށް ކުއްޔަށް ދީފައި ޝޭކަރް އެކަން މާ ބޮޑު ކަމަށް ނަހަދައި ހުއްޓަސް އެއީ ދަރިފުޅުގެ ހައްގަކަށް އަރައިގަތުން ކަމަށެވެ. އެހެންވެ އެ މައްސަލާގައި އިންސާފު ބޭނުންވާ ކަމަށް ބުންޏެވެ. ސުޗިތުރާ ބުނީ އޭނާ މި މައްސަލާގައި ނުކުތީ ދަރިފުޅުގެ މުސްތަގުބަލަށްޓަކައި ކަމަށާއި މަންމަ ނޫން އެހެން މީހަކު ދަރިފުޅުގެ ހައްގުގައި މަސައްކަތްކޮށް ދޭން މި ވަގުތު ނެތް ކަމަށެވެ.
ކަބީރު ބޭދީ.
މި މައްސަލާގައި މީގެ ކުރިން ސުޗިތުރާ އާއި ކަބީރާ ދެމެދު ވެސް ކޯޅުންތަކެއް ހިނގާފައިވެ އެވެ. ނަމަވެސް އެ ތަނަކީ އެއްބަސްވުމެއްގެ ދަށުން ކަބީރު ކުއްޔަށް ހިފާފައިވާ ތަނަކަށްވާތީ، މީގެ އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ ޝޭކަރާ ދެކޮޅަށް ދައުވާކޮށްގެން މައްސަލަ އަށް ހައްލެއް ހޯދުން ކަމަށް ސުޗިތުރާ ބުންޏެވެ.
ޝޭކަރާއި ސުޗިތުރާ 1999 ގައި ކުރި ކައިވެނި ރޫޅިފައި ވަނީ 2007 ގަ އެވެ.
ޝޭކަރު ގޮވައިގެން ކުރީގެ އަންހެނުން ކޯޓަށް ދިޔަ އިރު، "މިސްޓަ އިންޑިއާ" ޓްރިލޮޖީގެ މައްސަލާގައި ދައުވާކުރަން ކޯޓަށް ދާނެކަމުގެ އިޝާރާތެއް ޝޭކަރު ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިޝް
08 March 2020
ޝޭކަރް ކަޕޫރު ޝަބާނާ އަޒުމީ އާ ވެސް އިނޯ ކި ޝަބާނާ ގެ އެއްމެ ޅަ އިރު... ޝޭކަރަކީ ޝަބާނާގެ ފުރަތަމަ ފިލްމް އަންކޫރު 1974 ގެ ބަތަލު