މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

"ފަރީ" އަންނަ މަހު ނާޅުވަން ނިންމައިފި

"ފަރީ".

އަންނަ މަހު ސިނަމާ އަށް ގެންނަން ނިންމި ފިލްމު "ފަރީ" ވެސް ކޮވިޑް-19 އާ ހެދި ފަސްކޮށްފި އެވެ.

މަދޮށިޝިޕް ސްޓޫޑިއޯ އިން ގެނެސްދޭން ފުރަތަމަ ފީޗާ ފިލްމު އޮލިމްޕަހަށް ކުރިން ގެންނަން އޮތީ އަންނަ މަހުގެ 2 ގަ އެވެ. ކޮރޯނާވައިރަހާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮލިމްޕަސް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ފިލްމު ދެން ސިނަމާ އަށް ގެންނާނެ ތާރީހެއް އަދި ނުނިންމަ އެވެ.

މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުތް އަހުމަދު ހިޝާމް ސައީދު (އަންދު) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ފަރީ" ގެ ލީޑް ރޯލް ކުޅެފައި ރަވީ ފާރޫގާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. އެކަނިވެރި މައެއްގެ ވާހަކަ ކިޔައިދޭ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އީސަ (އާނަންދު) އާއި ފައުޒިއްޔާ ހަސަނާއި "ބޮސް" އިން ތައާރަފުވި މުހައްމަދު ޔުނާންގެ އިތުރުން "ގޮށްރާޅު" އިން ތައާރަފުވި ބަތަލާ ތަސްނީމާ ހިމެނެ އެވެ.

"ފަރީ" އަކީ މަދޮށިޕާއި ޑައިރެކްޓަރު އަންދުގެ ފިލްމު ކުންފުނި ކުއްނާރު ޕްރޮޑަކްޝަނާއި މި މަހުގެ 4 ގައި އޮލިމްޕަހުގައި އަޅުވާފައި މިހާރު ވަގުތީ ގޮތުން ޝޯތައް މެދުކަނޑާލި ފިލްމު "އަނދިރިކަން" ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ އެއް ކާފު ޕްރޮޑަކްޝަންސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަޤީޤަތް މީ

12 March 2020

ދިވެހި ފިލްމު ތަށް އަދި ވެސް "ސައުދާން އިންޑިއާ" އަށް ވުރެ ކަޑަ އެވެ. އުފެއްދުން ވެސް ދަށެވެ. އުފެއްދުން މަދު ވެސް މެއެވެ.

The name is already taken The name is available. Register?

ސަންމަ

12 March 2020

ރަނގަޅު ފިލްމްތައް އުފައްދަން ނުކުންނަންވީ ނޫންތޯއެވެ. ސައުދާން އިންޑިޔާ ބަލާ އޯޑިއަންސް 1 ބިލިޔަނަށްވުރެ ގިނައެވެ. ދިވެހި ފިލްމް ބަލަން ތިބީ 3 ލައްކަ މީހުންނެވެ. އޭގެތެރެއިން 1 ލައްކަ މީހުން އުޅެނީ ކުލި ދައްކާފަ މަހުގެ ބޮޑުބައި ނުކައެވެ.

The name is already taken The name is available. Register?

ޕެނާލްޑޯ

12 March 2020

ވަރަށް ރަނގަޅު ވާހަކަ އެއް އިނގޭތޯ ، ސުކޫލު ތަކުގެ ޑްރާމާ ތަކަށް ވުރެ ފެންވަރު ދަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454